ކ. މާލެ
|
27 ޑިސެންބަރ 2020 | އާދީއްތަ 08:57
ކަޝްމީރުގައި ކުރިޔަށްދިޔަ އިންތިހާބުގައި ވޯޓުލާން މީހުން ކިއު ހަދާފައި
ކަޝްމީރުގައި ކުރިޔަށްދިޔަ އިންތިހާބުގައި ވޯޓުލާން މީހުން ކިއު ހަދާފައި
އިންޑިއާ ޓައިމްސް
ކަޝްމީިރު އިންތިހާބު
ކަޝްމީރު އިންތިހާބަށްފަހު 75 މީހަކު ހައްޔަރުކޮށްފި
 
ޑީއޭޖީޑީއިން ވަނީ 280 ގޮނޑީގެ ތެރެއިން 112 ގޮނޑި ކާމިޔާބުކޮށްފަ
 
ވެރިކަން ކުރާ ބާރިތިޔާ ޕާޓީ (ބީޖޭޕީ)އަށް ލިބިފައިވަނީ 74 ގޮނޑި

ކަޝްމީރުގެ އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި ކުރިޔަށްދިޔަ ލޯކަލް ޑިސްޓްރިކްޓް ކައުންސިލް އިންތިހާބަށް ފަހު އެގައުމުގެ 75 މީހަކު ހައްޔަރުކޮށްފިއެވެ.

ކަޝްމީރުގައި ނޮވެމްބަރު މަހުގެ 28 އިން ޑިސެމްބަރު މަހުގެ 19 އާއި ދެމެދު ބޭއްވި ޑިސްޓްރިކްޓް ކައުންސިލް އިންތިހާބަކީ އިންޑިއާއިން އެ ސަރަހައްދަށް ދީފައިވާ ހާއްސަ އިމްތިޔާޒްތައް އުވާލިފަހުން ކަޝްމީރުގައި ބޭއްވި ފުރަތަމަ އިންތިހާބެވެ.

މި އިންތިހާބުގައި ޑިސްޓްރިކްޓް ކައުންސިލްގެ ގިނަ ގޮނޑިތައް ކާމިޔާބު ކޮށްފައިވަނީ ޕީޕަލް އެލަޔަންސް ފޯ ގުޕްކާރު ޑިކްލަރޭޝަން (ޕީއޭޖީޑީ)އިންނެވެ. ޕީއޭޖީޑީއިން ވަނީ ކަޝްމީރަށް އިންޑިއާއިން ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމާއި ދެކޮޅަށް އަޑު އުވާލާފައެވެ. ޑީއޭޖީޑީއިން ވަނީ 280 ގޮނޑީގެ ތެރެއިން 112 ގޮނޑި ކާމިޔާބުކޮށްފައެވެ. އިންޑިއާގެ ވެރިކަން ކުރާ ބާރިތިޔާ ޕާޓީ (ބީޖޭޕީ)އަށް ލިބިފައިވަނީ 74 ގޮނޑިއެވެ.

އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމާއިއެކު އިންޑިއާއިން ވަނީ ކަޝްމީރުގެ ބައެއް ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ހިމެނޭ ގޮތަށް 75 މީހަކު ހައްޔަރުކޮށްފައެވެ. އިންޑިއާ ފުލުހުންގެ އޮފިޝަރަކު ބުނީ 75 މީހުން ހައްޔަރުކުރީ މުޒާހަރާކޮށް ހަމަނުޖެހުން އުފެއްދުމުގެ ބިރު އޮތުމުން ކަމަށާއި އެފަދަ ކަމަކަށް ފުރުސަތު ދެވެން ނެތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް