ކ. މާލެ
|
25 ޑިސެންބަރ 2020 | ހުކުރު 05:57
އިންފެކްޝިއަސް ޑިޒީސް އެކްސްޕާޓް ޑރ އެންތަނީ ފައުޗީ- ފައުޗީ ވަނީ ކޮވިޑް-19ށް ވެކްސިން ޖައްސަވާފައި
އިންފެކްޝިއަސް ޑިޒީސް އެކްސްޕާޓް ޑރ އެންތަނީ ފައުޗީ- ފައުޗީ ވަނީ ކޮވިޑް-19ށް ވެކްސިން ޖައްސަވާފައި
ރޮއިޓަރސް
އެމެރިކާގައި ކުރިޔަށްދާ ކޮވިޑް ވެކްސިން ޖެހުމުގެ ޕ
އެމެރިކާ އަށް ހަރޑް އިމިޔުނިޓީ ލިބޭނީ އާބާދީގެ 90 އިންސައްތަ މީހުން ކޮވިޑް ވެކްސިން ޖަހައިގެން
 
ހަރޑް އިމިޔުނިޓީ ލިބޭނީ އާބާދީގެ 70 އިންސައްތަ އާއި 90 އިންސައްތަ މީހުން ވެކްސިން ޖަހައިގެން
 
ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހާ ހަމައަށް އެގައުމުގެ މިލިއަނެއްހާ މީހުންނަށް ވަނީ ވެކްސިން ޖަހާފައި

އެމެރިކާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ އެއް ތަނުން އަނެއްތަނަށް ދަތުރުނުކުރުމަށާއި އެއްތާކަށް ގިނަ މީހުން އެއް ނުވުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެމުން ދަނިކޮށް އެގައުމުގައި ކްރިސްމަސް ފާހަގަކޮށްފިއެވެ.

އަނެއްކޮޅުން ޔޫރަޕްގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސްގެ އައު ސްޓްރެއިން އެމެރިކާގައި ފެތުރިގެން ހިނގައިދާނެކަމުގެ ބިރުވެސް ވަނީ ހީވެފައެވެ. އެމެރިކާގައި މިހާރު މޮޑާނާ އާއި ފައިޒަރގެ ކޮވިޑް-19 ވެކްސިން ޖަހަމުން އަންނައިރު ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހާ ހަމައަށް އެގައުމުގެ މިލިއަނެއްހާ މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. ވެކްސިން ޖަހަމުން އަންނަނަމަވެސް އަދި އެމެރިކާގައި ވައިރަސް ފެތުރެމުންދާ ފެތުރުމަކަށް ބަދަލެއް އައިސްފައެއްނުވެއެވެ.

އެެމެރިކާގެ އިންފެކްޝިއަސް ޑިޒީސް އެކްސްޕާޓް ކަމުގައިވާ ޑރ އެންތަނީ ފައުޗީ ވިދާޅުވީ އެމެރިކާ އަށް ކޮވިޑް-19 ގެ ހަރޑް އިމިޔުނިޓީ ލިބޭނީ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ޖަހައިގެންކަމަށެވެ.

"އަސްލު އަދަދެއް ނޭންގޭ. އެހެންނަމަވެސް ހީވާގޮތުން ހަރޑް އިމިޔުނިޓީ ލިބޭނީ އާބާދީގެ 70 އިންސައްތަ އާއި 90 އިންސައްތަ މީހުން ވެކްސިން ޖަހައިގެން." ޑރ ފައުޗީ ނިއުޔޯރކް ޓައިމްސް އަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވިއެވެ.

މީގެކުރިން ފައުޗީ ވިދާޅުވެފައިވަނީ ހަރޑް އިމިޔުނިޓީ ލިބޭނީ އާބާދީގެ 60 އިންސައްތަ އާއި 70 އިންސައްތަ މީހުންނަށް ވެކްސިންދީގެން ކަމަށެވެ.

ފައުޗީ ވަނީ މޮޑާނާގެެ ވެކްސިން މިހަފްތާގެ ކުރީކޮޅު ޖައްސަވާފައެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ޖެހިޖެހިގެން ދެ ދުވަހު އެގައުމުގައި ވައިރަސް ޖެހިގެން އަދަދު ވަނީ ތިން ހާހަށްވުރެ މަތިވެފައެވެ. އެގައުމުގައި މިހާތަނަށް އައިއިރު މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 326،000ށް އަރާފައެވެ. ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 18 މިލިއަނަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް