ކ. މާލެ
|
24 ޑިސެންބަރ 2020 | ބުރާސްފަތި 05:54
ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމެންޓާއި ސިންގަޕޫރު ސަރުކާރުން ހަވާލުވަނީ
ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމެންޓާއި ސިންގަޕޫރު ސަރުކާރުން ހަވާލުވަނީ
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން
ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ސިންގަޕޫރަށް ލިބިއްޖެ
 
ވެކްސިން އެހެން ގައުމުތަކަށް ސަޕްލައި ކޮށްދިނުމުގެ މެދުވެރިއަކަށް ސިންގަޕޫރުން ވާން ބޭނުންވޭ
 
މިއީ އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފެއްދި ކޮވިޑް-19ގެ ވެކްސިން

ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ލިބިފައިވާ ކަމަށް ސިންގަޕޫރުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފެއްދި ކޮވިޑް-19ގެ ވެކްސިން ޝިޕްމެންޓާއި ހަވާލުވި ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓަރ އޮންގޭ ޔޭ ކަންގް ވިދާޅުވީ އޭޝިއާ ސަރަހައްދަށް ވެކްސިން ސަޕްލައިކޮށް ޑިސްޓްރިބިއުޓް ކުރުމުގައި ސިންގަޕޫރަށް މުހިންމު ރޯލެއް އަދާ ކުރެވޭނެ ކަމަށާއި، އޭޝިއާ ސަރަހައްދުން ކޮވިޑްގެ ނުރައްކާ އަވަހަށް ފިލައި ދިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އޮންގޭ އިތުރަށް ވިދާޅުވީ ވެކްސިން ހޯދާނެ ދެ ގޮތަކާއި ބެހޭ ގޮތުން ގައުމުތަކުން ވިސްނާ ކަމަށާއި، އެއީ ސީދާ ވެކްސިން އުފައްދާ ގައުމުން ވެކްސިން ގެންދިޔުން ނުވަތަ އެހެން ގައުމެއް މެދުވެރިކޮށް ވެކްސިން ހޯދުން ކަމަށެވެ. އަދި ވެކްސިން އެހެން ގައުމުތަކަށް ސަޕްލައި ކޮށްދިނުމުގެ މެދުވެރިއަކަށް ސިންގަޕޫރުން ވާން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިންގަޕޫރުން ފައިޒާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެއާއިއެކު ސިންގަޕޫރުގެ ބޮޑު ވަޒީރު ލީ ޝިއެން ލޫން ވިދާޅުވީ ސިންގަޕޫރު ރައްޔިތުންނަށް ވެކްސިން ދޭން ފަށާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް