ކ. މާލެ
|
1 ޑިސެންބަރ 2020 | އަންގާރަ 10:15
ބޭރުގެ ބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންނަނީ
ބޭރުގެ ބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންނަނީ
އެމްއެންޑީއެފް
ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރުން
ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފި
 
މާލެ އަށް ވަދެވޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި
 
ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށުން މި މަސްބޯޓު މިހާރު އަންނަނީ މާލެ އަށް ދަތުރު ކުރަމުން
 
ކޯސްޓްގާޑު ޑޯނިއާ ފްލައިޓް ވައިގެ މަގުން މަސްބޯޓު އޮތް ސަރަޙައްދު ވަނީ ދެނެގަނެފައި
 
ބޯޓު ފެނިގެން ރިޕޯޓުކުރީ "އަސުރުމާ 03" ނަމަކަށް ކިޔާ ދޯންޏަކުން އަންގާރަ ދުވަހުގެ މެންދުރު 11:45 ހާއިރު

ޤަވާއިދާއި ޚިލާފަށް ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޑްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކޮށް އެމްއެންޑީއެފުން ބުނީ، އަންގާރަ ދުވަހު ކ.މާފުށީގެ އިރުން 140 ނޯޓިކަލް މޭލުން، ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03" ނަމަކަށް ކިޔާ ދޯންޏަކުން މެންދުރު 11:45 ހާއިރު ކޯސްޓްގާޑަށް ރިޕޯރޓްކޮށްފައިވާކަމަށެވެ.

އަދި، ރިޕޯރޓް ލިބުމާއި ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ކޯސްޓްގާޑު ޑޯނިއާ ފްލައިޓް ވައިގެ މަގުން މަސްބޯޓު އޮތް ސަރަޙައްދު ދެނެގަނެ، އިންޑިއާއިން ރީފިޓުގެ މަސައްކަތް ނިންމާ ރާއްޖެއަށް ދަތުރު ކުރުމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީ ގެ މިސްރާބު ބޭރުގެ މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ ބޯޓު ކޯސްޓުގާޑް ޝިޕް ހުރަވީ ގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި ބޯޓުގައި 6 ފަޅުވެރިން ތިބިކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ، ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށުން މި މަސްބޯޓު މިހާރު މާލެ އަށް ދަތުރު ކުރަމުން އަންނައިރު ބޯޓަށް މާލެ އަށް ވަދެވޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައިކަމަށެވެ.

އެމްއެންޑީއެފުން ވަނީ، ރާއްޖޭގެ ހިވާގި މަސްވެރިންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަކޮށް ޝުކުރު ދަންނަވައި މަސްބޯޓް ފެނިގެން ރިޕޯރޓް ކުރި "އަސުރުމާ 03" ދޯނީގެ ކެޕްޓަނަށާއި ހީވާގިފަޅުވެރިނާއި އަދި ދޯނީގެ ވެރި ފަރާތުން ކޯސްޓްގާޑަށް ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކޮށްފައެވެ.

އެމްއެންޑީއެފުން ދަނީ މަސްބޯޓުގެ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން ދަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
25%
0%
25%
0%
50%
ކޮމެންޓް
1 ޑިސެންބަރ 2020 | އަންގާރަ 16:07
މަސްވރިއެއް
ހައްތަހާ ވެސް ކޮންމެސް މަސްދޯޏަކައް ފެނިގެން ރިޕޯރޓް ކުރާތީ މި އަޑު އިވެނީ ކޮބައިތަ ރާއްޖޭގެ ސަރަޖހައްދު ބެލެހެއްޓުމައް އިންޑިއާ ގެ އެހީގައި ބެހެއްޓީ ރާޑަރު ތަކުގެ ބޭނުމަކީ ..ތިޔަ ރާދަރު ތަކަކީ ބޭނުންނެތް އެއްޗެއް ނަގާ އުކާލަންވެއްޖެނު، ރާދަރު ތައްބެލެހެއްޓޫމައް ތިބޭ އިންޑިއާ މީހުންފޮނުވާލީމް ބަޖެޓްކުރަންޖެހޭ ޚަރަޑު ކުޑަވާނއ 50 މިލިއަން ރުުފިޔާ..50 މިލިއަން ރުިފިޔާ ބާބޮދުކަމެއް ނުކުރެވުނަސް 50 ހާލުބޮދު ދިވެހިންނައް ބޭސް ފަރުވާ ފޯރުކޮއްދެވޭވަރު ވާނެ ކަމައް ގަބޫލު ކުރަނީ ސިންގަޕޯރ ފަދަ ތަރައްގީ ގައުމަކައް ފޮނުވައިގެންވެސް .. އިންޑިއާ ބެހެއްޓީ ރާދަރު ތަކުން ރާއްޖޭ އިގްތިސާދީ ސަރަހައްދު ނުބަލަހައްޓާ ކުރަނީ ކީއްބާ .. އެ ރާދަރު ތައް ހުރީ ހަލާކުވެފައިތާ