އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
ފެނަކަ ކޯޕަރޭޝަން

ފުރަތަމަ ސާފު އޮޑިޓް ރިޕޯޓާއިއެކު ފެނަކަ ތާރީހުގެ ތެރެއަށް!

  • 35 މިލިޔަން ރުފިޔާގެ ފައިދާއަކާއެކު ފެނަކަ ތާރީޚުގެ ތެރެއަށް
  • ވައްކަމާއި ފަސާދައާއި ކޮރަޕްޝަނާއި އިސްރާފުގެ މުޑުދާރުކަމުން ކުންފުނި ސަލާމަތްކުރެވިއްޖެ
  • ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުންޏާމެދު ނުރަނގަޅު ތަޞައްވުރެއް އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެން މިދިޔައީ ފުރިހަމަ ޖަވާބެއް

ކ. މާލެ | 30 ނޮވެންބަރ 2020 | ހޯމަ 10:18 | 16,190

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަދި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު - ފެނަކަ ކޯޕަރޭޝަން

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ފެނަކަ ކޯޕަރޭޝަންގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެގެންދާނީ އެ ކުންފުނި ހަމަމަގަށް އެޅި، ކޮރަޕްޝަނާއި ދެކޮޅަށް ސަރުކާރުން އަމަލުކުރަމުންދާ ސިޔާސަތުގެ ކާމިޔާބީކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

އޮޑިޓް ރިޕޯޓާއި ގުޅިގެން ފެނަކައިން ނެރުނު ބަޔާނުގައި ވަނީ، 18 ޑިސެމްބަރ 2018 ވަނަ ދުވަހުން ފެށިގެން މިއަދާހަމައަށް، ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދީ، ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރެވުނު ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން، 49 އާ އިންޖީނުގޭގެ މަސައްކަތް މުޅިން އަލަށް ފަށައި، 20 އިންޖީނުގެ އެއްކޮށް ނިންމައި، ކަރަންޓުގެ 77 މެގަވަޓް އިންސްޓޯލްކޮށް، މުޅި ރާއްޖޭގެ ހުރިހާ އިންޖީނުގެއެއް ސިންކްރޮނައިޒް ކުރެވި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރެވި، ޙައްލެއް ނުލިބި ޒަމާންވެ ދިގުލައިގެން ގޮސްފައިވާ ނަރުދަމާ ނިޒާމުތަކަށް ޙައްލު ހޯދައިދީ، ރައްކާތެރި ފެނުގެ ޚިދުމަތް ކަށަވަރު ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެވުނު ކަމަށެވެ. އަދި ސާފު ފައިދާގެ ގޮތުގައި 35 މިލިޔަން ރުފިޔާ ނެރެވުނުކަން 2019 ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ކަށަވަރު ކުރެވިގެން ދިއުމަކީ ކުންފުނި ހިންގުމުގައި އިޚްލާޞްތެރިކަން އިސްކޮށް، އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ހެޔޮ ނިޔަތް ކުރިއަށް ނެރުމުގެ ނަތީޖާކަން ކަށަވަރު ކަމަށެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ވައްކަމާއި ފަސާދައާއި ކޮރަޕްޝަނާއި އިސްރާފުގެ މުޑުދާރުކަމުން ކުންފުނި ސަލާމަތްކުރެވިގެން ގޮސްފައިވާކަމަށާއި ނަތީޖާއިން ދައްކުވައިދެނީ ކުންފުނީގައި ނަޒާޙާތްތެރިކަން އޮތް މިންވަރުކަމަށެވެ. އަދި ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުންޏާމެދު ނުރަނގަޅު ތަޞައްވުރެއް އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެން މިދިޔައީ ނުހަނު ފުރިހަމަ ޖަވާބެއްކަމަށް ސައީދު ވިދާޅުވިއެވެ. ހަމައެހެންމެ ފެނަކައިން، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން އިޢުލާންކޮށް ޢަމަލުކުރަމުންދާ ސިޔާސަތާ އެއްގޮތަށް އެންމެ ފުރިހަމަ ނަތީޖާ ދައްކުވައިދީފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މާޒީގައި ކޮށްފައި ނުވާ ޢަދަދުތަކުން މާލީ ބޮޑެތި ހޭދަތައް ކޮށް، ނަތީޖާ ދައްކުވައިދީ މާލީގޮތުން ފުދުންތެރި، އިޖްތިމާޢީ ގޮތުންނާއި ޢުމްރާނީ ގޮތުން އަދި ޚިދުމަތުގެ ގޮތުން ދުޅަހެޔޮ، ހިންމުގުމުގެ ގޮތުން ހަރުދަނާ ކުންފުންޏެއްގެ ގޮތުގައި ހިންދެމިލެވުމަކީ ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުމަށް ގެނެވުނު އިންޤިލާބީ ބަދަލު ސާބިތުކޮށްދޭ އަސާސީ ހެއްކެއްކަމަށް ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ބަޔާނުގައި އިތުރަށް ވަނީ، ކާމިޔާބުގެ އުފާވެރި މިވަގުތުވެސް ކުންފުނިން ރައްޔިތުންނަށް ދޭނެ ޔަޤީންކަމަކީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، ދެގޮތެއްނުވެ ދެމިތިބޭނެކަމާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރާ މަސައްކަތްތައް މަޑުޖެހުމެއް ފަސްޖެހުމެއްނެތި އަވަސްމިނުގައި ކުރިއަށް ގެންގޮސްދޭނެ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ފެނަކަ ކުންފުނީގެ އިސްބޭފުޅުންނަށް ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކުރެވިފައިވާއިރު، ނިމިދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް ފެނަކައަށް ވަނީ 170 މުއައްޒަފުން ތިން މަސްދުވަހުގެ ތެރޭގައި ވައްދާފައެވެ. އަދި، ހިޔާނާތުގެ އެތައް މައްސަލަތަކެއް އެއިރު ފެންމަތިވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.