ކ. މާލެ
|
24 ނޮވެންބަރ 2020 | އަންގާރަ 17:31
އޭސީ މިލާނުގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗަށް އަނިޔާވެފައި ވަނިކޮށް
އޭސީ މިލާނުގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗަށް އަނިޔާވެފައި ވަނިކޮށް
ގެޓީ އިމޭޖަސް
ޒްލަޓާން އިބްރަހިމޮވިޗަށް އަނިޔާވުން
އަނިޔާގެ ސަބަބުން އިބްރަހިމޮވިޗް 10 ދުވަހަށް ކުޅުމާ ދުރަށް
 
އަނިޔާއާ ގުޅިގެން މި މަހު މިލާނުން ކުޅެން އޮތް ދެ މެޗެއް އިބްރަހިމޮވިޗަށް ގެއްލޭނެ
 
އިބްރަހިމޮވިޗަށް އަނިޔާވީ ނާޕޮލީ އަތުން މިލާން މޮޅުވި މެޗުގައި

ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭސީ މިލާނުގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް 10 ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗަށް އަނިޔާވީ އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ނާޕޮލީ އަތުން 3-1 ން މިލާން މޮޅުވި މެޗުގައެވެ. އެ މެޗުގައި އިބްރަހިމޮވިޗް ދެ ލަނޑު ޖެހި ނަމަވެސް، ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގެ 79 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެ މެޗަށްފަހު ހޯމަ ދުވަހު ކުރި ޓެސްޓުން އިބްރަހިމޮވިޗުގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން ވަނީ ހާމަވެފައެވެ. އެކަމަކު އެ އަނިޔާ އެހާ ސީރިއަސް ނޫން ކަމަށާއި، 10 ދުވަސް ފަހުން އިބްރަހިމޮވިޗް އިތުރު ޓެސްޓުތަކެއްވެސް ހަދާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އިބްރަހިމޮވިޗަށް ލިބުނު އަނިޔާއާ ގުޅިގެން މި މަހު މިލާނުން ކުޅެން އޮތް ދެ މެޗެއް އޭނާއަށް ގެއްލޭނެއެވެ. އެއީ އަންނަ ބުދަ ދުވަހުގެރޭ ޔުއެފާ ޔޫރޮޕާ ލީގުގައި މިލާނުން ލިލްއާ ދެކޮޅަށް ކުޅޭ މެޗާއި، ލީގުގައި އަންނަ އާދީއްތަ ދުވަހު ފިއޮރެންޓީނާއާ ދެކޮޅަށް މިލާން ކުޅޭ މެޗެވެ.

އިބްރަހިމޮވިޗަށް އަނިޔާވިއިރު، އޭނާ އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް މި ސީޒަނުގައި އޭނާ ވަނީ ކުޅުނު 10 މެޗުގައި 11 ލަނޑު ޖަހާފައެވެ. މީގެ ތެރެއިން 10 ލަނޑު އިބްރަހިމޮވިޗް ޖަހާފައިވަނީ އިޓާލިއަން ލީގުގައި ކުޅުނު ހަ މެޗުގައެވެ.

މި ސީޒަނުގައި މިލާނުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ ޓީމު އޮތީ އިޓާލިއަން ލީގުގެ އެއްވަނައިގައި ކުޅުނު އަށް މެޗުން ލިބުނު 20 ޕޮއިންޓާއެކުއެވެ. އަދި ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މިލާން ބަލިވެފައެއް ނުވެއެވެ. އެކަމަކު ޔޫރޮޕާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން މިލާން ވަނީ ލިލް އަތުން 3-0 ން ބަލިވެފައެވެ. އެ މެޗުން ބަލިވުމުން މިލާން ވަނީ ގްރޫޕް އެޗުގެ ދެވަނައަށް ވެއްޓިފައެވެ. އެ ޓީމަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް