ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
ބަޖެޓު 2021

ޕީއެސްއައިޕީ ހޭދައިގެ 33.5 އިންސައްތަ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމަށް

  • ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމަށް 2.78 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވޭ
  • އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކުރަނީ ވައިގެ ބަނދަރު ތަރައްގީ ކުރުމަށާއި، ބްރިޖް އެޅުމަށް އަދި ޕޯޓް އެޅުމަށް
  • އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި އުތުރާއި ދެކުނުގެ އިންޓަރނޭޝަނަލް އެއަރޕޯޓުތައް ތަރައްގީ ކުރުން ހިމެނޭ

ކ. މާލެ | 21 ނޮވެންބަރ 2020 | ހޮނިހިރު 14:11 | 2,818

މާލެއަށް ބަޔަކު ލޯންޗަކުން ފައިބަން މަސައްކަތް ކުރާ މަންޒަރު - ޔޫސުފް ސޮފްވާން ރަޝީދު

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި، ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމަށް 2.78 ބިލިއަން ރުފިޔާ ހޭދަ ކުރަން ހުށައަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ބަޖެޓު ފޮތަށް ބަލާއިރު، ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމަށް ކުރާ ހޭދައިގެ ބޮޑު ބައެއް ހަރަދު ކުރަން ނިންމާފައި ވަނީ ވައިގެ ބަނދަރުތަކަށެވެ. އެގޮތުން ވައިގެ ބަނދަރުތަކަށް 1.35 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅާފައިވާއިރު، އޭގެ ތެރެއިން 1.16 ބިލިއަން ރުފިޔާ ފައިނޭންސް ކުރަނީ ލޯނު އެހީގައެވެ. އަދި ދައުލަތުގެ ޑޮމެސްޓިކް ބަޖެޓުން 131 މިލިއަން ރުފިޔާ ހޭދަ ކުރުމަށް ހުށައަޅާފައިވާއިރު، ބާކީ 50 މިލިއަން ރުފިޔާ އެއީ ހިލޭ އެހީއިން ކުރާ ހޭދައެވެ.

ވައިގެ ބަނދަރުތަކަށް ކުރާ ހޭދައިގެ ތެރެއިން ބޮޑު އިންސައްތައެއް ހޭދަ ކުރާނީ މިހާރު ވެސް ކުރިއަށްދާ ވެލާނާ އިންޓަރނޭޝަނަލް ތަރައްގީ ކުރުމުގެ މަޝްރޫއަށެވެ. މި މަޝްރޫއުއަށް ހިނގާ ހަރަދުތައް ފައިނޭންސް ކުރަމުން ދަނީ އެކުވެރި ގައުމުތަކުންނާއި އޯފިޑް އަދި ޗައިނާ އެގްޒިމް ބޭންކުން ލޯނު ނަގައިގެންނެވެ. މި މަޝްރޫއު ނިންމާލުމަށް އަމާޒު ހިފާފައި ވަނީ 2022 ވަނަ އަހަރަށެވެ.

އަންނަ އަހަރު ލަފާ ފުރުމުގެ ދާއިރާއިން އަލަށް ފަށާ މަސައްކަތްތަކުގެ ތެރޭގައި މާލޭގެ ޕޯޓް ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫއު، ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫއު، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަދި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑް ކުރުމުގެ މަޝްރޫއު، އަދި އުތުރުގެ ސަރަހައްދުގައި ހައި ސްޕީޑް ފެރީ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު ފާހަގަކޮށްލެވެއެވެ.

ލަފާ ފުރުމުގެ ދަތިކަން ހައްލުކުރަން ހުށައަޅާފައިވާ ޕީއެސްއައިޕީ ބަޖެޓު

  • ބަނދަރު ހެދުން - 414 މިލިއަން ރުފިޔާ
  • ބްރިޖް އެޅުން - 469 މިލިއަން ރުފިޔާ
  • ވައިގެ ބަނދަރު - 1.35 ބިލިއަން ރުފިޔާ
  • ދަތުރުފަތުރު - 70 މިލިއަން ރުފިޔާ
  • ޕޯޓު ހެދުން - 476 މިލިއަން ރުފިޔާ

އޭގެ އިތުރުން ގިނަ ރަށްތަކެއް ބަނދަރު ހެދުމާއި، ފެރީ ޓަރމިނަލްތައް ހެދުމާއި، މިހާރު ވެސް ކުރިއަށްދާ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރުއުގެ މަސައްކަތްތައް ނިންމުމަށް ޕީއެސްއައިޕީ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޖަޒީރާ ދިރިއުޅުން ސިޔާސަތުގެ ދަށުން ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަކީ މި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ކުރަން ނިންމާފައިވާ މަސައްކަތެކެވެ.

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.