އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
އެވެޓާ

"އެވެޓާ"ގެ 4 ފިލްމު ނެރޭ ދުވަސް އިއުލާން ކޮށްފި

  • "އެވެޓާ" ކުރިއަށް ހުރި ފިލްމްތަކުގެ މަސައްކަތް ފަށައިގަތީ މިކަމަށް އޮތް އެންމެ ކުޅަދާނަ ޓީމާ އެކުގައި

ކ. މާލެ | 24 އޭޕްރިލް 2017 | ހޯމަ 16:50 | 5,594

އެވެޓާގެ ޕޯސްޓަރެއް - ގޫގުލް

"އެވެޓާ" ގެ ކުރިއަށް އޮތް 4 ފިލްމު ނެރޭނެ ދުވަސް ޑައިރެކްޓަރ ޖޭމްސް ކެމެރަން އިއުލާންކޮށްފިއެވެ.

އެގޮތުން ދެވަނަ ބައި ގެނެސްދިނުމަށް ހަމަޖެހިފައިވަނީ 2020 ގައެވެ. ތިން ވަނަ ބައި ސިނަމާ އަށް ގެންނާނީ ޑިސެމްބަރު 17، 2021 ގަ އެވެ. ތިން ވަނަ ފިލްމް ޑިސެމްބަރު 20، 2024 ގައި ގެނެސް ދިނުމަށް ފަހު، ހަތަރު ވަނަ ފިލްމް ސިނަމާ އަށް ގެންނާނީ ޑިސެމްބަރު 19، 2025 ގައި ކަމަށް ކެމެރަން ބުންނެވެ.

ޑައިރެކްޓަރު ކެމެރަން ބުނީ "އެވެޓާ" ކުރިއަށް ހުރި ފިލްމްތަކުގެ މަސައްކަތް ފަށައިގަތީ މިކަމަށް އޮތް އެންމެ ކުޅަދާނަ ޓީމާ އެކުގައި ކަމަށެވެ.

"އެވެޓާ" ގެ ކާސްޓުންގެ ތެރޭގައި ޒޯއާ ސަލްދަނާ، ސޭމް ވޯތިންގްޓަން، ސްޓެފެން ލެންގް އަދި މިޝެލް ރޮޑްރިގޭޒް ހިމެނެ އެވެ. "އެވެޓާ " ގެ ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި އޭނާ ބޭނުން ވަނީ ބެލުންތެރިންނާ ހަމައަށް ވަރަށް ރީތި އަދި ތަފާތު ފިލްމެއް ގެނެސްދިނުމަށް ކަމަށެވެ."އެވޭޓާ" ފްރެންޗައިޒްގައި ކުރިއަށް ހުރި ފިލްމްތަކުން ވެސް ފުރަތަމަ ފިލްމުން ފެނިގެން ދިޔަ ފަދަ އާދަޔާ ޚިލާފު އެތަކެއް ކަމެއް ފެނިގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެވޭޓާ" ވަނީ ބޮކްސް އޮފީހުގައި 2.788 ބިލިއަން ޑޮލަރުގެ ބޮޑު ފައިދާއެއް ހޯދާފައެވެ. އެވޭޓާ ޑައިރެކްޓްކުރާ ޖޭމްސް ކެމެރަންއަކީ ފިލްމު ޓައިޓޭނިކްގެ ވެސް ޑައިރެކްޓަރެވެ. އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 2.788 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.