ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 23:01
ބްރެޒިލް ގައި ކުރިޔަށް ގެންދިޔަ ވެކްސިން ޓްރަޔަލް ހުއްޓާލަން ޖެހުނު ސީދާ ސަބަބެއް ހާމައެއް ނުކުރޭ
ބްރެޒިލް ގައި ކުރިޔަށް ގެންދިޔަ ވެކްސިން ޓްރަޔަލް ހުއްޓާލަން ޖެހުނު ސީދާ ސަބަބެއް ހާމައެއް ނުކުރޭ
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން
ބްރެޒިލް ގައި ކުރިއަށް ގެންދިޔަ ޗައިނާގެ ސިނޮވަކް ވެކްސިންގެ ޓްރަޔަލް މެދުކަނޑާލައިފި
 
ޓްރަޔަލްތައް މެދުކަނޑާލަނީ މަދު ފަހަރެއްގައި
 
ހުއްޓާލި ސީދާ ސަބަބެއް ނުބުނޭ

ބްރެޒިލް ގައި ކުރިޔަށް ގެންދިޔަ ޗައިނާގެ ކޮވިޑް-19 ގެ ވެކްސިންގެ ޓްރަޔަލް މެދުކަނޑާލައިފި އެވެ.

ޗައިނާގެ ސިނޮވަކް ބަޔޮޓެކް އިން އުފައްދާ ކޮރޯނާ ވެކް ވެކްސިން ޓްރަޔަލްގެ އެންމެ ފަހު މަރުހަލާ މެދުކަނޑާލާފައި ވަނީ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް އަންގާރަ ދުވަހު ބްރެޒިލްގެ ހެލްތް އެޖެންސީން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އެ ދިރާސާ ހުއްޓާލާފައިވަނީ އެޖެންސީގެ ރެގިއުލައިޒޭޝަން ތަކާއި އެއް ގޮތަށް ކަމަށާއި، ދިރާސާ އިތުރަށް ކުރިޔަށް ގެންދެވޭތޯ އިތުރަށް ބަލަމުންދާ ކަމަށް ބްރެޒިލްގެ ނޫސްތަކުން ރިޕޯޓް ކުރެ އެވެ.

އާއްމު ގޮތެއްގައި ކުރިޔަށް ގެންދާ މިފަދަ ޓްރަޔަލް ގައި ދިމާވާ ސީރިޔަސް މައްސަލަތަކުގެ ތެރޭގައި، މީހަކު މަރުވުމާއި، ކުއްލިއަކަށް މަރުވުމުގެ ބިރު އޮތުމާއި، ނުކުޅެދުންތެރިކަން ދިމާވުމުގެ އިތުރުން ހޮސްޕިޓަލުގައި ފަރުވާދިނުން ހިމެނެ އެވެ. ނަމަވެސް ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދާ ޓްރަޔަލް ތަކުގައި އާއްމު ގޮތެއްގައި މި މައްސަލަތައް ދިމަލެއް ނުވެ އެވެ.

ޗައިނާއިން ވަނީ އެ ގައުމުން އުފައްދާ ކޮރޯނާވެކް ހާހެއްހާ މީހުންނަށް އިމަޖެންސީގައި ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ. މިދިޔަ މަހު ޗައިނާގެ ސައިންސް މިނިސްޓްރީން ބުނީ، ވެކްސިންގެ ފައިނަލް ސްޓޭޖުގެ ޓްރަޔަލް ގައި 60،000 ވޮލަންޓިއަރުންނަށް ވެކްސިން ދޭން ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް މި ފަދަ އެއްވެސް ކަމެއް ހިނގާފައިވާ ކަމެއް ރިޕޯޓް ކުރެވިފައެއް ނުވެ އެވެ. ބްރެޒިލް ގައި ކުރިޔަށްދާ ޓްރަޔަލްއާ ބެހޭ ގޮތުން ސިނޮވެކް ކުންފުނިން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
100%
0%
0%
0%
ކޮމެންޓް