ކ. މާލެ
|
9 ނޮވެންބަރ 2020 | ހޯމަ 08:02
ކޮވިޑްގެ ނުރައްކާ ބޮޑުވެ ފްރާންސް ވަނީ ލޮކްޑައުންއަކަށް ގޮސްފައި
ކޮވިޑްގެ ނުރައްކާ ބޮޑުވެ ފްރާންސް ވަނީ ލޮކްޑައުންއަކަށް ގޮސްފައި
ރޮއިޓަރސް
ކޮވިޑް-19 ފްރާންސްގެ ހާލަތު
ފްރާންސްގައި ކޮވިޑްގެ ނުރައްކާ ބޮޑު، ފާއިތުވެދިޔަ 24 ގަޑިއިރު އެކަނިވެސް 271 މަރު
 
ފްރާންސްއަކީ މުޅި ދުނިޔެއިން ހަތަރު ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ގައުމު
 
މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން
 
ފާއިތުވެދިޔަ 24 ގަޑިއިރު އެކަނިވެސް އެގައުމުން 38,619 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި

ފްރާންސްގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑު ވަމުން އަންނަ ކަމަށާއި، ފާއިތުވެދިޔަ 24 ގަޑިއިރު އެކަނިވެސް އެގައުމުން 271 މީހުން ކޮވިޑް-19 ގެ ބަލީގައި މަރުވެފައިވާކަމަށް އެ ގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.

ފްރާންސްގެ ސިއްހަތާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން އެގައުމުން ފާއިތުވެދިޔަ 24 ގަޑިއިރު އެކަނިވެސް އެގައުމުން 38,619 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން ފްރާންސްއިން ފާއިތުވެދިޔަ 24 ގަޑިއިރު 271 މީހުން ކޮވިޑްގެ ބަލީގައި މަރުވެފައިވާއިރު، އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން އެގައުމުގައި ކުރިޔަށްދާ ކުޅިވަރު ހަރަކާތްތައް ހުއްޓައިލާން ޖެހިދާނެ ކަމަށެވެ.

ފްރާންސްއަކީ މުޅި ދުނިޔެއިން 4 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ގައުމެވެ. އެގޮތުން އެގައުމުން މިހާތަނަށް 1،787،324 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 40،439 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް