އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ޕިންކްފޮންގެ ބޭބީ ޝާކް ލަވަ

ޑެސްޕަސީތޯ ވައްޓާލައި ޔޫޓިއުބްގައި އެންމެ ގިނަ މީހުން ބެލި ވީޑިއޯއަކަށް ބޭބީ ޝާކް

  • މި ލަވައަކީ ކުޑަކުދިންގެ މެދުގައި އިންތިހާއަށް މަގުބޫލުކަން ބޮޑު ލަވައެއް
  • ބޭބީ ޝާކް އަކީ ނާސަރީ ރައިމްއެއް، މި ލަވައިގެ އަސްލު ވެރިފަރާތެއް ނޭނގޭ
  • ބޭބީ ޝާކް ލަވަ ޔޫޓިއުބްއަށް އަޕްލޯޑްކުރީ ދެކުނު ކޮރެއާގެ ޕިންކޮފޮންގް ސްޓޫޑިއޯއިން

ކ. މާލެ | 2 ނޮވެންބަރ 2020 | ހޯމަ 19:00 | 3,798

ބޭބީ ޝާކް ލަވައިގެ ސްކްރީން ގްރޭބެއް - ޔޫޓިއުބް

ޔޫޓިއުބްގައި އެންމެ ގިނަ ވިޔުސް ލިބުނު ވީޑިއޯއަކަށް ކުޑަކުދިންގެ މެދުގައި މަގުބޫލު ބޭބީ ޝާކް ލަވަ ވެއްޖެއެވެ.

7.04 ބިލިއަން ވިއުސްއާއެކު ބޭބީ ޝާކް ލަވަ ވަނީ، 2017 ވަނަ އަހަރު ޕުއޭޓަ ރިކޯގެ ޕޮޕް ލަވަކިޔުންތެރިޔާ ލުއިޒް ފޮންޒީ ކިޔާފައިވާ ''ދެސްޕަސީތޯ'' ގެ ރެކޯޑް މުގުރާލާފައެވެ.

ސައުތުކޮރެޔާގެ ޕިންކްފޮންގްއިން ހަދާފައިވާ މި ލަވަޔަށް ޔޫޓިއުބްގެ އެންމެ ގިނަ ވިއުސްގެ ''ތާޖު'' ހޯދިފައި ވަނީ ލަވަ އަޕްލޯޑް ކުރިތާ ހަތަރު އަހަރު ފަހުންނެވެ.

ކުޑަކުދިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި މި ލަވައިގެ ވަރޝަން ރެކޯޑްކުރީ ކޮރެއާ ދަރިފަސްކޮޅުގެ އެމެރިކާގެ ހޯޕް ސިގޮއިންއެވެ. އަދި ފުރަތަމަ ކޮޅު މި ލަވަ އިރުމަތީ އޭޝިއާގައި އެކަނި މަގުބޫލުވެގެން ދިޔަ ނަމަވެސް، ފަހުން އެމެރިކާ އަދި ޔޫރަޕުގެ ޗާޓުތަކުން ވެސް މި ލަވަ ވަނީ ޖާގަ ހޯދާފައެވެ.

މި ލަވައިގެ އަސްލު ވެރިފަރާތާއި މެދު ސުވާލުތަކެއް އުފެދިފައިވާއިރު، ކުޑަކުދިންގެ ލަވަތައް ލިޔާ ޖޮނަތަން ރައިޓް ކިޔާ މީހާކު ވަނީ 2019 ވަނަ އަހަރު ޕިންކްފޮންގްއާ ދެކޮޅަށް ދައުވާއެއް ކޮށްފައެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް ވަކި ގޮތަކަށް ނިންމާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.