ކ. މާލެ
|
28 އޮކްޓޯބަރ 2020 | ބުދަ 17:17
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޯއައިސީގެ ސަމިޓުގައި، އަރިހުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޯއައިސީގެ ސަމިޓުގައި، އަރިހުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ރައީސް އޮފީސް
އިސްލާމް ދީނަށް ފުރައްސާރަ ކުރުން
އިސްލާމް ދީނާއި ކީރިތި ރަސޫލާއާ މެދު ނަފްރަތު އުފެއްދުން ސަރުކާރުން ކުށްވެރިކޮށްފި
 
ފަރަންސޭސީ ރައީސް މެކްރަން ވަނީ އިސްލާމް ދީނަށް ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކަވާފައި
 
ރަސޫލާގެ ކާޓޫނު ކުރެހުމަކީ ހިޔާޅު ފާޅުކުރުމުގެ މިނަވަންކަމެއް ނޫން
 
ހައްދު ފަހަނައަޅައި ދިއުމަކާއި ދިވެހި ސަރުކާރުން އަބަދުވެސް ދެކޮޅު ކަމެއް

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި މާތް ވެގެންވާ އިސްލާމް ދީނާއި ކީރިތި ރަސޫލާއާ ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބުދަ ދުވަހު އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ވަނީ އިސްލާމް ދީނާއި ކީރިތި ރަސޫލާއާ ދެކޮޅަށް އެކި ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރި ކުރާކަމާއި އަދި މިނިވަން ކަމުގެ ނަމުގައި މިފަދަ އަމަލުތައް ނުހިންގޭނެ ކަމަށެވެ.

ހުރިހާ ޒާތެއްގެ ހައްދުފަހަނައަޅައި ދިއުމަކާއި ދިވެހި ސަރުކާރުން އަބަދުވެސް ދެކޮޅު ކަމަށް ބަޔާނުގައި ވެއެވެ. އެގޮތުން ކީރިތި ރަސޫލާ އާއި ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަތައް އެއީ ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި ނުފެތޭ އަމަލުތައް ކަމަށް ބުންޏެވެ.

ބަޔާނުގައިވާ ގޮތުގައި އިސްލާމްދީނާއި ނިރުބުވެރިކަމާއި (ޓެރަރިޒަމާއި) ގުޅުވައިގެން އެކި ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކައަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި އަދި މިކަން ހަރު އަޑުން ކުށްވެރި ކުރާ ކަމަށް ވަނީ ބުނެފައެވެ.

ދިވެހި ސަރުކާރުން މި ބަޔާން ނެރުއްވާފައި މި ވަނީ ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން އިސްލާމް ދީނަކީ ހާލުގައި އޮތް ދީނެއް ކަމަށާއި އެ ދީނަކީ ނިރުބަވެރި ހަމަލާތަކަށް މަގުފަހި ކުރާ ދީނެއް ކަމަށް ބުނެ ފުރައްސާރަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި މައްސަލައިގެ ދިފާއުގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ދެއްކެވި ވާހަކަ ކުއްވެރިކޮށް އިސްލާމީ ގައުމުތަކުން ދަނީ ބަޔާންތައް ނެރި ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރަންފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
50%
50%
0%
ކޮމެންޓް