ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 18:37
ކަރަން ޖޯހަރު
ކަރަން ޖޯހަރު
ގޫގުލް
ކަރަން ޖޯހަރު
ކަންގަނާ ދެކެ ރުޅިއެއް ނާދޭ: ކަރަން ޖޯހަރު
 
ކަންގަނާ ދެއްކި ވާހަކަތަކަށް އިހުތިރާމް ކުރަން

ބޮލީވުޑްގެ ފިލްމީ ތަރި ކަންގްނާ ރަނައުތު ދެކެ ރުޅި ނާންނަ ކަމަށް ފިލްމު ޑައިރެކްޓްރ ކަރަން ޖޯހަރު ބުނެފިއެވެ. އަދި ކަރަން ބުނީ ކަންގަނާ ވެސް އޭނާ ދެކެ ރުޅި ނާންނަ ކަމަށެވެ.

ކަރަން މިގޮތަށް ބުނެފައިވަނީ އޭނާ ހޯސްޓް ކުރާ ސެލެބްރިޓީ ޓޯކް ޝޯއެއް ކަމަށްވާ "ކޮފީ ވިތު ކަރަން"ގައި ޝާހިދު ކަޕޫރާއި ސައިފް އަލީ ޚާނާ އެކު ކަންގަނާ ބައިވެރިވެ ކަރަންއަކީ ބޮލީވުޑްގެ ހުރިހާ ކަމަކަށް އެންމެ ނުފޫޒު ފޯރުވާ މީހާ ކަމަށް ބުނެފައި ވަނިކޮށެވެ. ކަންގަނާ ވަނީ އެޝޯގައި ކަރަންއަކީ ހަމައެކަނި ފިލްމީ ތަރިންގެ ދަރިން ނުވަތަ އިންޑަސްޓްރީ އަށް ނިސްބަތްވާ މީހުންގެ ދަރިން ޕްރޮމޯޓްކޮށް އެމީހުންނަށް އެ ދާއިރާއިން ފުރުސަތުތައް ހޯދައިދޭން މަސައްކަތްކުރާ މީހެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ކަރަން އެކަމާ ގުޅޭ ގޮތުން އެ ޝޯގައި ކަންގަނާއަށް އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ. 

ކަރަން ބުނީ ޝޯގެ ތެރެއިން އެކަމުގައި އެއްޗެއް ނުބުނީ ކަންގަނާއަކީ ޝޯގެ މެހެމާނަކަށް ވުމުން ކަމަށެވެ. އަދި އެމީހެއްގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށް ވެސް ކަރަން ބުންޏެވެ.

ކަރަން ބުނީ ކަންގަނާ ދައްކާ ވާހަކަ އެއްވެސް ވަރަކަށް ހަމަނުޖެހޭ ކަމަށާއި އޭނާއަށް ވެސް އެ ކިޔެނީ ކީކޭ ކަން އިނގޭހެން ހީނުވާ ކަމަށެވެ. ކަރަން ބުނީ އޭނާ ބޭނުންނަމަ ޝޯ އިން ކަންގަނާ ދެއްކި ވާހަކަ ކަނޑާ ލެވެން ވެސް އޮތް ކަމަށާއި އެކަމަކު އެގޮތަށް ކަންތައް ނުކުރާ ކަމަށެވެ. އަދި ކަންގަނާ އަށް އަބަދު މީހުން ދެރަދީ އަނިޔާދޭ ވާހަކަ އިވިއިވި އޭނާ ފޫހިވެއްޖެ ކަމަށް ވެސް ކަރަން ބުންޏެވެ.

މީގެ އިތުރުން ބޮލީވުޑްގެ މާފިޔާގެ ގޮތުގައި ކަންގަނާ އޭނާ ސިފަކުރާއިރު މިހާތަނަށް އޭނާ ބޮލީވުޑަށް ނެރެފައި ވަނީ އެންމެ ތިން ތަރިން ކަމަށް ކަރަން ބުންޏެވެ. ބޮލީވުޑަށް ނިސްބަތްނުވާ ކުދިން ވެސް އެހެން ފިލްމު އުފައްދާ ފަރާތްތަކުން މި ދާއިރާ އަށް ނެރޭއިރު އެމީހުންގެ ވާހަކަ ކަންގަނާ ނުދެއްކީ ކީއްވެގެންތޯ ބުނެފައި ވެއެވެ.

ކަރަން ބުނީ އެ ޝޯގައި ކަންގަނާ ބުނެފައި ވަނީ އޭނާ ދެކޭ ގޮތް ކަމަށާއި އެހެންކަމުން އޭނާ ދެއްކި ވާހަކަތަކަށް އޭނާ އިހުތިރާމް ކުރި ކަމަށެވެ. އަދި އޭނާ ކަންގަނާ ދެކެ ރުޅި ނާންނަ ކަމަށާއި ކަންގަނާވެސް އޭނާ ދެކެ ރުޅި ނާންނާނެކަމަށް ގަބޫލު ކުރާ ކަމަށެވެ. ކަންގަނާއަކީ ކުޅަދާނަ އެކްޓަރެއް ކަމަށް ކަރަން ބުންޏެވެ.  އެމީހުންނަކީ ތަންދޮރު ފިލާފައިތިބި ބޮޑެތި މީހުންކމަށާއި އޭނާގެ ގޭގައި ދެން އޮންނަ ޕާޓީއަކަށް ކަންގަނާއަށް ދައުތަތު ދޭނެ ކަމަށް ކަރަން ބުންޏެވެ. އޭނާ ފުރަތަމަ ބޭއްވި ޕާޓީއަށް ގަންގަނާއާށް ދައުވަތު ނުދެވުނީ ހަނދާން ނެތިގެން ކަމަށް ކަރަން ބުންޏެވެ.

ބޮލީވުޑްގައި ކަންގަނާ ސިފަވެފައި ވަނީ އަބަދުވެސް ކޮންމެވެސް ތަރިއަކާ ޒާތީ ގޮތުން ޖައްސާލައި ހިތަށް އަރާ އެއްޗެއް ދުލާހަމައަށް ފަސޭހައިން ބުނެލާ ތަރިއެއްގެ ގޮތުގައެވެ. އެގޮތުން ކަންގަނާ އާއި އެކްޓަރ ރިތިކް ރޯޝަން ވެސް ވަނީ މީގެ ކުރިން ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް