އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
ބޮލީވުޑް

އާމިރް ޚާންގެ ދަރިފުޅު ފިލްމު އޮޑިޝަންއަކުން ނުހޮވުނު!

  • ޖުނައިދު ވަނީ މަޝަހޫރު ފިލްމް "ޕީ.ކޭ" ގެ އެސިސްޓެންޓް ޑައިރެކްޓަރ ކަން ކޮށްފައި
  • ޖުނައިދުއަށް އަދި އެއްވެސް ފިލްމަކުން ޖާގައެއް ނުލިބޭ

ކ. މާލެ | 21 އޮކްޓޯބަރ 2020 | ބުދަ 00:31 | 7,252

ބޮލީވުޑްގެ ބަޠަލް ޢާމިރްޚާނާއި އޭނާގެ ދަރިފުޅު ޖުނައިދު ޚާން - އާކައިވް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ފަންނާނުންގެ ދަރިންވެސް މިހާރު ވަނީ، ފިލްމީ ދާއިރާއަށް ނިކުމެ އާންމުންގެ ވަރަށް ބޮޑު މަޤްބޫލު ކަމެއް ހޯދާފައެވެ.

އެގޮތުން ތަރިންގެ ދަރިންގެ ގޮތުގައި ފާހަގަ ކުރެވޭ ސާރާ އަލީ ޚާން، ޖާންވީ ކަޕޫރޫ، އާލިއާ ބަޓް ފަދަ އެކްޓަރުންނަކީ، ބޮލީވުޑްގައި މިހާރު އެންމެ ގަދަޔަށް ފިޔަ ޖަހަމުންދާ ތަރިންނެވެ.

ދާދި ފަހުން މަލަޔާލަމް ފިލްމު "އިޝްޤު" ގެ ހިންދީ ރީމޭކުން އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން ބޮލީވުޑަށް ތައާރަފް ވާނެ ކަމުގެ އަޑުތަކެއް އަރައިފައެވެ. އެހެން ނަމަވެސް މި ފިލްމުން ޖުނައިދު ފެނިގެން ނުދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނީރަޖް ޕާންޑޭ ޑައިރެކްޓް ކުރާ މި ފިލްމުގެ ލީޑް ރޯލަށް ޖުނައިދު ޚާން އޮޑިޝަން ދީފައިވީ ނަމަވެސް އޮޑިޝަނުން އޭނާ ހޮވިފައި ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި ޖުނައިދު ކާސްޓިން ޑައިރެކްޓަރުންނާ ބައްދަލުކޮށް އޮޑިޝަންތައް ދިން ނަމަވެސް އަދި އެއްވެސް ރޯލެއް އޭނާއަށް ލިބިފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިހާތަނަށް އެއްވެސް ފިލްމުން ޖުނައިދު ޚާން އަށް ފުރުސަތު ލިބިފައި ނުވި ނަމަވެސް އޭނާ ތިއޭޓަރގައި އެކްޓު ކުރަމުން އަންނަތާ 3 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އޭގެ ތެރޭގައި، ޓީވީ ޝޯ 'މާސްޓަރމައިންޑްސް' ހިމެނެއެވެ. މީގެ އިތުރުން އާމިރު ޚާންގެ 'ޕީކޭ' ގައި ރާޖްކުމާރް ހިރާނީގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް ޖުނައިދު ވަނީ މަސައްކަތް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.