ކ. މާލެ
|
18 އޮކްޓޯބަރ 2020 | އާދީއްތަ 23:05
ކޮވިޑް-19 ވެކްސިން [ރެޕްރެޒެންޓޭޝަނަލް ފޮޓޯ]
ކޮވިޑް-19 ވެކްސިން [ރެޕްރެޒެންޓޭޝަނަލް ފޮޓޯ]
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން
ބެއިޖިންގ އިންސްޓިޓިއުޓްގެ ކޮވިޑް ވެކްސިން ރައްކާތެރިކަމަށް ޕްރިލިމިނަރީ ޓެސްޓުތަކުން ދައްކައިފި
 
ވެކްސިންގެ ކްލިނިކަލް ޓްރައިލް ވަރަށް ކާމިޔާބު
 
މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުށަހަޅާނެ

ޗައިނާގެ ބެއިޖިންގ އިންސްޓކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިން ބޭނުން ކުރުމަށް ރައްކާތެރިކަމަށް ދައްކާ ކަމަށް ޕްރިލިމިނަރީ ޓެސްޓުތަކުން ދައްކައިފިއެވެ.

ބެއިޖިންގ އިންސްޓިޓިއުޓްގެ މި ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތައް ނިންމާ 18 އަހަރާއި 80 އަހަރާއި ދެމެދުގެ މީހުންނަށްދީ ޕްރިލިމިނަރީ ޓެސްޓު ކޮށްފައިވާ އިރު، މި ޓެސްޓުތަކުގެ ނަތީޖާ ކާމިޔާބު ކަމަށް ދައްކާ ކަމަށް ޗައިނާގެ ނޫސް އެޖެންސީތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ބެއިޖިންގ އިންސްޓިޓިއުޓްގެ ޕްރޮފެސަރ ޔަންގ ޒިއޮމިންގ ވިދާޅުވީ މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުށަހަޅާނެ ކަމަށާއި، ހުށަހެޅުމުގެ ކުރިން ވެކްސިނަށް ކިޔާނެ ނަމެއް ފައިނަލް ކުރުމަށް ނިންމައިފައިވާ ކަމަށެވެ. އަދި މި ވެކްސިންގެ ކްލިނިކަލް ޓްރައިލް ވަރަށް ކާމިޔާބު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ވެކްސިންގެ ފުރަތަމަ ބެޗް ޑިސެމްބަރު މަހު ބަހަން ނިންމާފައިވާ ކަމަށާއި، އެ ބެޗް ބަހާނީ ހިލޭ ކަމަށް ވެސް ޔަންގ ޒިއޮމިންގ ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ރަޖިސްޓަރ ކޮށް ބޭނުން ކުރަން ފަށާފައި ވަނީ ރަޝިޔާއިންނެވެ. އެ ގައުމުން މިހާތަނަށް އަންނަނީ ދެ ވެކްސިނެއް ރަޖިސްޓަރ ކޮށް ބޭނުން ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް