ކ. މާލެ
|
18 އޮކްޓޯބަރ 2020 | އާދީއްތަ 02:38
ބެންގކޮކްގެ ޓްރެއިން ސްޓޭޝަނެއްގައި މީހުން މާސްކު އަޅައިގެން
ބެންގކޮކްގެ ޓްރެއިން ސްޓޭޝަނެއްގައި މީހުން މާސްކު އަޅައިގެން
ރޮއިޓަރސް
ކޮވިޑް-19 ތައިލެންޑުގެ ހާލަތު
މަސް ދުވަސް ފަހުން ތައިލެންޑުން ކޮވިޑްގެ ކޮމިއުނިޓީ ޓްރާންސްމިޝަން ކޭސްތަކެއް
 
އެންމެފަހުން ކޮމިއުނިޓީ ޓްރާންމިޝަންއެއް ރިޕޯޓް ކޮށްފައި ވަނީ ސެޕްޓެމްބަރ މަހުގެ ކުރީކޮޅު
 
ވައިރަސްއަށް ޕޮޒިޓިވްވި ދެ މީހުންނަކީ މިޔަންމާއަށް ނިސްބަތްވާ ދެ މީހުން

މަސް ދުވަސް ފަހުން ތައިލެންޑުގެ އެތެރޭގެ ސަރަހައްދަކުން ކޮވިޑް-19 ދެ މީހަކު ފެނިއްޖެއެވެ.

ތައިލެންޑްގެ އޮފިޝަލުން ބުނާ ގޮތުގައި، ދެ މީހުންނަކީ މިޔަންމާއަށް ނިސްބަތްވާ ދެ މީހުންނެވެ. އަދި މި ދެ މީހުން ދިރިއުޅެނީ މިޔަންމާ ބޯޑަރު ކައިރީގައި ކަމަށް ތައިލެންޑްގެ އޮފިޝަލުން ބުނެއެވެ. މިފަހުން މި ސަރަހައްދުން ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ.

މި ދެ މީހުން ޓެސްޓްކޮށްފައިވަނީ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުއެވެ. މި ދެ މީހުންގެ ފުށުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަކަމަށް އޮފިޝަލުން ބުނެއެވެ. އެންމެފަހުން ތައިލެންޑުގައި ކޮމިއުނިޓީ ޓްރާންސްމިޝަން ކޭސްއެއް ރިޕޯޓް ކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ތައިލެންޑަކީ އިރުމަތީ އޭޝިއާ ގައުމުތަކުގެ ތެރެއިން ވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ އެއް ގައުމެވެ. އެގޮތުން އެ ގައުމުގެ އާބާދީއާ އަޅާ ބަލާއިރު ފެނިފައިވާ ކޭސްތަކުގެ އަދަދަކީ އެ ސަރަހައްދުގެ އެންމެ ދަށް އަދަދެވެ. މިހާތަނަށް އައިއިރު އެ ގައުމުން މި ބަލި ޖެހިފައިވަނީ 3679 މީހުންނަށެވެ. އަދި މަރުވެފައިވަނީ 59 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް