އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
ނެޓްފްލިކްސް

ނެޓްފްލިކްސްގެ ފިލްމު ވައިޓް ޓައިގަރގެ ފުރަތަމަ ފޮޓޯތައް ބެލުންތެރިންނަށް ދޫކޮށްލައިފި

  • ފިލްމުގެ ފޮޓޯތައް އިންސްޓާގްރާމްގައި ހިއްސާކޮށްފައިވޭ
  • ރަމިން ބަހްރާނީ ލިޔެ، ޑައިރެކްޓްކޮށް ޕްރޮޑިއުސްކޮށްފައިވާ ކަން
  • މި ފިލްމް ނެޓްފްލިކްސިން ފެނިގެން ދާނީ ޑިސެމްބަރ މަހުގަ

ކ. މާލެ | 16 އޮކްޓޯބަރ 2020 | ހުކުރު 23:42 | 4,013

ވައިޓް ޓައިގަރ ގެ ސީން އެއް - އިންސްޓަގްރާމް

ސްޓީރިމިންގ ސަރވިސް ނެޓްފްލިކްސްގެ ފިލްމު ވައިޓް ޓައިގަރގެ ފުރަތަމަ ފޮޓޯތައް ހިއްސާކޮށްފިއެވެ.

ޕްރިޔަންކާ ޗޯޕްރާ، ރާޖްކުމާރު ރާއޯ އަދި އަދާރޝް ގޯރަވް ހަރަކާތްތެރިވާ ފިލްމުގެ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރަކީ ރަމިން ބަހްރާނީއެވެ. މި ފިލްމަކީ ނިއުޔޯކް ޓައިމްސް ބެސްޓް ސެލަރއެއް ކަމަށްވާ އަދި 2008 ވަނަ އަހަރު 'މޭން ބުކް ޕްރައިޒް' ލިބިފައިވާ ފޮތެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.

މިއީ ބަލްރާމް ހަލްވާއީ ކިޔާ މީހެއްގެ އާއިލީގެ ދަތި ދިރިއުޅުމުގެ ހާލަތު ކިޔައިދޭ ފިލްމެކެވެ.

ޕްރޮޑިއުސަރ ރަމިން ބަހްރާނީ ބުނީ މި ރޯލް އަދާކޮށްފައިވާ އަދާރްޝް ގޯރަވްއަކީ އަލަށް ނިކުންނަ ފަންނާނުންގެ ތެރެއިން އެކުގައި މަސައްކަތް ކުރެވުނު އެންމެ ޓެލެންޓް ހުރި އެކަކު ކަމަށެވެ. އަދި އޭނާ މި ފިލްމުގައި ދައްކުވައިދީފައިވާ ޕަރފޯމަންސްއަކީ ވަރަށް ފާހަގަކޮށްލެވޭ ފުރިހަމަ ޕަރފޯމަންސެއް ކަމަށް ބަހްރާނީ ބުނެފައިވެއެވެ.

ފަގީރު އަވަށެއްގެ ރަށްވެއްސަކުން ކާމިޔާބު ވިޔަފާރިވެރިއަކަށް ބަލްރާމް ވެގެންދާގޮތް ދައްކުވައިދޭއިރު ބަނޑުހައި ހޫނުކަމާއި އެކިއެކި ފުރުސަތުތައް ނުލިބުމުގެ ސަބަބުން ދިރިހުރުމަށް ކުރަންޖެހޭ ހިތްވަރާއި ކަންކަން މި ފިލްމުން ދައްކުވައިދެއެވެ. ރާޖްކުމާރު ރާއޯއަކީ އިންޑިޔާގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ މަދު މީހަކަށް ނޫނީ ނުދެއްކޭ ފަދަ ހުނަރު ދައްކުވައިދޭ އެކްޓަރެކެވެ.

ފިލްމުގެ އެއް އެކްޓަރު ކަމަށްވާ ޕްރިޔަންކާ ހިއްސާކޮށްފައިވާ ފޮޓޯތަކުގެ ކެޕްޝަންގައި ބުނެފައިވަނީ މި ފިލްމަކީ ބަލަން އުނދަގޫ ކަންކަން ވެސް ފެނިގެންދާނެ، ނަމަވެސް ޔަގީނުންވެސް މުނިފޫހި ފިލުވައިދޭނެ ބާރު ގަދަ ފިލްމެއް ކަމަށެވެ.

މި ފިލްމަކީ އަރްވިންދް އަދީގާ ލިޔެފައިވާ އަދި 'މޭން ބުކަރ ޕްރައިޒް' ލިބިފައިވާ ފޮތެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ްްްެޕްރިޔަންކާ އިންސްޓަރގްރާމްގައި ހިއްްސާ ކޮށްފއިވާ ޕޯސްޓް

ޕްރިޔަންކާ މި ފިލްމުގައި ފެނިގެންދާނީ ޕިންކީ މެޑަމް ކިޔާ ކެރެކްޓަރ އަކުންނެވެ. އަދި ޕިންކީ މެޑަމްއަކީ އިންޑިޔާއިން އެމެރިކާއަށް ހިޖުރަކޮށްފައިވާ މީހެއްކަމަށާއި އޭނާގެ ފިރިމީހާގެ ވިޔަފާރި ދަތުރެއްގައި އިންޑިއާއަށް އައުމަށްފަހު ދިރިއުޅުން ބަދަލުވެގެންދާ ގޮތް މި ފިލްމުގައި ފެނިގެންދާނެ އެވެ.

ްްްެޕްރިޔަންކާ އިންސްޓަރގްރާމްގައި ހިއްްސާ ކޮށްފއިވާ ޕޯސްޓް

މި ފިލްމުގެ ޑައިރެކްޓަރަކީ ފެރެންހައިޓް 451 އަދި 99 ހޯމްސް ފަދަ ފިމްލުތައް ޑައިރެކްޓްކޮށްފައިވާ ފަރާތެއްކަމަށްވާ ރަމިން ބަހްރާނީއެވެ. މުކުލް ޑިއޯރާއާއެކު ނެޓްފްލިކްސް އިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި ތަރިއެއްގެ އިތުރުން ޕްރިޔަންކާ އަކީ ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްވެސް މެއެވެ.

މި ވާހަކައަކީ ފަގީރު އަވަށެއްގައި ސައި ވިއްކާ މީހަކު ބޮޑު ސިޓީއެއްގައި ކާމިޔާބު ވިޔަފާރިވެރިއަކަށް ބަދަލުވެގެންދާ ގޮތުގެ ވާހަކައެކެވެ.

މި ފިލްމް ނެޓްފްލިކްސިން ފެނިގެން ދާނީ ޑިސެމްބަރ މަހުގަކަން ވަނީ އިއުލާނު ކޮށްފައެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.