ކ. މާލެ
|
14 އޮކްޓޯބަރ 2020 | ބުދަ 14:01
ޗިލީގެ އަސްކަރިއްޔާއިން މޮނިޓަރ ކުރަމުންދާ ކަނޑުގެ ސަރަހައްދު ދައްކައިލަނީ
ޗިލީގެ އަސްކަރިއްޔާއިން މޮނިޓަރ ކުރަމުންދާ ކަނޑުގެ ސަރަހައްދު ދައްކައިލަނީ
ރޮއިޓަރސް
ޗިލީގެ ކަނޑުގެ ސަރަހައްދު
ޗިލީގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ޗައިނާގެ މަސް ބޯޓުތަކުގެ މޫވްމެންޓްތައް ބަލަނީ
 
300 އެއްހާ އުޅަނދު ދަނީ ހަރަކާތްތެރިވަމުން

ޗިލީގެ ކަނޑުގެ ސަރަހައްދާ ކައިރީގައި ހަރަކާތްތެރިވާ ޗައިނާގެ މަސް ބޯޓުތަކުގެ ހަރަކާތްތައް ބަލަމުންދާ ކަމަށް ޗިލީގެ ހާރިޖީ ވަޒީރު އަންދްރޭ އަލަމާންދް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ޗިލީގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން އެގައުމުގެ ޑިފެންސް މިނިސްޓްރީ އިން ކަނޑުގެ ސިފައިން ޔަގީންކުރާނެ ކަމަށެވެ. 300 އެއްހާ ޗައިނާގެ އުޅަނދުތައް ޕެސިފިކް ކަނޑުގައި، ދެކުނު އެމެރިކާ ސަރަހައްދާ ކައިރީގައި މަސްވެރިކަން ކުރަމުންދާ ކަމަށް ޗީލީ ސަރުކާރުން ވަނީ ބުނެފައެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުގެ މަސްވެރިކަމަށް ޗައިނާއިން މަސްވެރިކަން ކުރާ ގޮތުގެ ސަބަބުން ގެއްލުންވަމުން ދާތީ، އެ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޕެސިފިކް ކަނޑަށް ޗައިނާގެ އުޅަނދުތަކުން ގިނަ އަދަދަކަށް ޕްލާސްޓިކް ކުނި އަޅަމުންދާ ކަމަށް އެމެރިކާ އިން ތުހުމަތު ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
80%
0%
20%
ކޮމެންޓް