ކ. މާލެ
|
14 އޮކްޓޯބަރ 2020 | ބުދަ 13:20
ޗައިނާގެ އެއާޕޯޓެއްގައި ފަސެންޖަރުންތަކެއް ފުރަންގޮސް
ޗައިނާގެ އެއާޕޯޓެއްގައި ފަސެންޖަރުންތަކެއް ފުރަންގޮސް
ޓްވިޓަރ
ޗައިނާ - ސްރީލަންކާ ގުޅުން
ކޮވިޑް-19: ޗައިނާގެ ފަތުރުވެރިން އެންމެ ފުރަތަމަ ޒިޔާރަތް ކުރާ ގައުމަކަށް ވެގެންދާނީ ލަންކާ
 
ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ގިނަ މަޝްވަރާތަކެއް ކުރެވުނު: ޗައިނާ

ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން ބޭރަށް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުން އެ ގައުމުގެ ފަތުރުވެރިން އެންމެ ފުރަތަމަ ޒިޔާރަތް ކުރާ މަންޒިލަކަށް ސްރީލަންކާ ވާނެ ކަމަށް ޗައިނާއިން ބުނެފިއެވެ.

އަންގާރަ ދުވަހު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓި ބިއުރޯގެ މެމްބަރު ޔަންގް ޖައިޗީ އާ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާއާ ދެ ބޭފުޅުން ވަނީ ޗައިނާއާ ލަންކާއާ ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ މަޝްވަރާތައް ކުރައްވާފައެވެ.

ކޮވިޑް-19 ގެ ހާލަތަށް ފަހު ލަންކާ އަށް ދާ ޗައިނާގެ ފަތުރުވެރިން އިތުރުކުރަން ލަންކާ ސަރުކާރުން އެދުނު އެދުމަށް އިޖާބަ ދެއްވާ ޔަންގް ވަނީ، ދެ ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު ކަމެއް ދެއްވާ ކަމަށް ފާހަގަކުރައްވާފައިވާ ކަމަށް ބައްދަލުވުމާއި ގުޅޭ ގޮތުން ލަންކާ ގައި ހުންނަ ޗައިނާގެ އެމްބަސީން ނެރެނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ލަންކާ ގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ، ދެ ގައުމުގެ ޓުއާ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން ޓްރެވަލް ބަބުލް ގާއިމްކުރުމާއި ގުޅޭ މަޝްވަރާތައް ކުރާނެ ކަމަށެވެ. ލަންކާ އަދި ޗައިނާއިން ވެސް ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވިފައިވާއިރު ޗައިނާއިން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމުން އެ ގައުމުގެ ފަތުރުވެރިންގެ ފުރަތަމަ ބެޗް ދަ ލަންކާ އަށް ދަތުރު ކުރުމުގެ ވަރަށް ފުރުސަތު ބޮޑު ކަމަށް ޗައިނާ އެމްބަސީގެ ބަޔާނުގައި ބުންޏެވެ.

ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކް އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަަށް ބަލާއިރު 2018 ވަނަ އަހަރު އެ ގައުމަށް ޗައިނާ އިން 260،000 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. އެކަމަކު 2019 ވަނަ އަހަރު ލަންކާ އަށް ދިން ޓެރަރިސްޓު ހަމަލާގެ ސަބަބުން ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ދަށްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް