ކ. މާލެ
|
12 އޮކްޓޯބަރ 2020 | ހޯމަ 21:20
ބަންގްލަދޭޝްގައި ބޭއްވުނު މުޒާހަރާ ތަކުގެ ތެރެއިން
ބަންގްލަދޭޝްގައި ބޭއްވުނު މުޒާހަރާ ތަކުގެ ތެރެއިން
ރޮއިޓަރސް
ބަންގްލަދޭޝްގައި ރޭޕް ކުރުން އިތުރުވުން
ބަންގްލަދޭޝްގައި ރޭޕް ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެނީ
 
ރޭޕިސްޓުންނަށް ހައްގު އަދަބު ނުދެވޭ ކަމަށް އާންމުން ބުނޭ
 
ބަންގްލަދޭޝްއިން މިދިޔަ އަހަރު އެކަނި ވެސް 5،400 ރޭޕް ކޭސް ރިޕޯޓްކުރި

ބަންގްލަދޭޝްގައި ރޭޕް ކުރުމުގެ ކުށް ސާބިތުވާ މީހުން މަރުގެ ހުކުމް ކުރެވޭނެ ހެން ގާނޫނު ހެދުމަށް ނިންމާފައިވާ ކަމަށް އެ ގައުމުގެ ގާނޫނީ މިނިސްޓަރ އަންސުލް ހައްގު ވިދާޅުވެއްޖެއެވެ.

މި ފަހަކަށް އައިސް ބަންގްލަދޭޝްގައި ރޭޕް ކުރުން އިތުރުވެފައިވާއިރު އެ ގައުމުން އަންނަނީ ރޭޕް ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައެވެ. މިނިސްޓަރ އަންސުލް ހައްގު ވިދާޅުވީ ރޭޕް ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ގޮތުން މަރުގެ އަދަބު އެ މީހުންނަށް ދިނުމަށް ނިންމާފައިވާ ކަމަށާއި، ގާނޫނަށް އެ އިސްލާހު ހުށަހަޅާނެ ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި މި އިސްލާހު މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އަންސުލް ހައްގު ވިދާޅުވިއެވެ.

ރޭޕް އާއި ދެކޮޅަށް ބަންގްލަދޭޝްގެ ރައްޔިތުން އަންނަނީ އެ ގައުމުގައި މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާ ތަކުގައި ބަންގްލަދޭޝްގެ ރައްޔިތުން ގޮވަމުން ދަނީ ރޭޕިސްޓުންނަށް އެންމެ އެކަށޭނެ އަދަބު ނުދެވޭ ކަމަށާއި، ގިނަ ފަހަރު ރޭޕިސްޓުން ހައްޔަރު ކުރުމަށް ފަހު މައްސަލަ ނުބަލާ ކަމަށެވެ.

ބަންގްލަދޭޝްއިން މިދިޔަ އަހަރު އެކަނި ވެސް 5،400 ރޭޕް ކޭސް ރިޕޯޓް ކޮށްފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް