ކ. މާލެ
|
11 އޮކްޓޯބަރ 2020 | އާދީއްތަ 18:20
ފޮޒިޓިވްވި މީހުންނަށް ފަރުވާދެނީ
ފޮޒިޓިވްވި މީހުންނަށް ފަރުވާދެނީ
ރޮއިޓަރސް
ރަޝިޔާގެ ހާލަތު
ރަޝިޔާއިން އެއްދުވަހާ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވެއްޖެ
 
ިމިއީ ހަތަރު ވަނައަށް އެންމެ ގިނަ ކޭސް ރެކޯޑް ކުރެވިފައިވާ ގައުމު
 
އެއްދުވަސްތެރޭ 149 މީހަކު ވަނީ މަރުވެފައި
 
އެއްދުވަހާ 13،634 މީހަކު ވަނީ ޕޮޒިޓިވް ވެފައި

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރަޝިޔާ އިން ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެގައުމުން 13،634 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

އެއާއި އެކު މިހާތަނަށް ރަޝިޔާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 1،298،718 އަށް އަރާފައެވެ.

އެގައުމުގެ ކޮވިޑް-19 ޓާސްކްފޯސްއިން ހާމަކޮށްފައިވާގޮތުން އެއްދުވަސްތެރޭ 149 މީހުން ވަނީ މަރުވެފައެވެ.

އެއާއި އެކު ކޮވިޑް ޖެހިގެން ރަޝިޔާއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވނީ 22597 އަށް އަރާފައެވެ.

145 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަޝިޔާ ވެގެން ގޮސްފައިވަނީ ހަތަރު ވަނަ އަށް އެންމެ ގިނަ ކޭސްތައް ރެކޯޑް ކުރެވިފައިވާ ގައުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
100%
0%
0%
ކޮމެންޓް