ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 03:23
ފަރާ ޚާން
ފަރާ ޚާން
ޓްވިޓަރ
ބޮލީވުޑް
ހަ މަސް ދުވަހަށް ފަހު ފަރާ ޚާންގެ މަސައްކަތްތައް ކެމެރާގެ ފުރަގަހުން
 
ފަށާފައިވަނީ 3 އިސްތިހާރުގެ މަސައްކަތް ކިއާރާ އަދްވާނީ އާއި އެކު
 
މެހެބޫބް ސްޓޫޑިއޯ ގައި ކެމެރާގެ ފުރަގަހުން މަސައްކަތް ފަށައިފި
 
6 މަސް ދުވަސްވަންދެން ދަރިން ކައިރީ

އިންޑިޔާގެ ކޮރިއޯގްރާފަރ/ފިލްމް މޭކާރ ގެ ވާހަކަ ދައްކާނަމަ އެންމެ ފުރަތަމަވެސް ހިތަށް އަންނަ ނަމަކީ ފަރާ ޚާން އޭ ބުންނިޔަސް ދޮގަކަށް ނުވާނެއެވެ.

ފަރާ ވަނީ ހަ މަސް ދުވަސް ވަންދެން އޭނާގެ ދަރިންނާއި އެކު ވަގުތު ހޭދަ ކުރުމުގެ ގޮތުން ގޭގައި މަޑުކޮށްފައެވެ. ރިއަލިޓީ ޝޯއެއްގެ މަދު އެޕިސޯޑުތަކެއް އެ ދުވަސްވަރު ޝޫޓް ކުރިނަމަވެސް، ގިނަ ވަގުތު ހޭދަކުރީ ދަރިންނާއި އެކުގައެވެ.

ބަންދްރާގައި ހުންނަ މެހެބޫބް ސްޓޫޑިއޯ ފަރާ ފަށާފައިވަނީ ތިން އިސްތިހާރުގެ މަސައްކަތްކަތެވެ. އަދި މި މަސައްކަތް ފަށާފައިވަނީ ކަބީރު ސިންގ އިން އާމުންގެ ހިތުގެ ތެރޭ ޖާގަ ހޯދި ކިއާރާ އަދްވާނީއެވެ. މި ޝޫޓިންގ އަށް ބްރޭކެއް ނުނަގާ އަށް ގަޑިއިރު ހޭދަވިކަމަށް ފާހަގަކޮށްލެވެއެވެ.

ކިއަރާ އަދްވާނި

ޝޫޓިން ކުރިއަށް ދިޔަ ސެޓްގައި 30 އަދި 40 އަށް ވުރެ ގިނަ ނުވާ އަދަދެއްގެ ކްރޫ މެމްބަރުން ތިބިކަން ފާހަގަކޮށްލެވެއެވެ. މުޅި ޔުނިޓް ސަލާމަތީ ފިޔަވަޅުތައް އަޅާފައި ވެއެވެ.

ޕީޕީއީ ކިޓްތަކާއި މާސްކުތަކާއި އަދި ސްޓޭޝަން ސެޓަޕެއް ކްރޫ މެމްބަރުންގެ ހުން ބެލުމަށް އަދި އޮކްސިޖަން ލެވަލް މޮނީޓަރިން އެއްވެސް ހުރިއެވެ. މީގެ އިތުރުން އެމްބިއުލެންސް އަކާއި ޑޮކްޓަރެއްވެސް ހާޒިރުގައި ތިބިކަން ވެސް ފާހަގަކޮށްލެވެއެވެ.

ފަރާ ޑައިރެކްޓް ކޮށްފައިވާ ފިލްމްތަކުގެ ތެރޭގައި އޯމް ޝާންތި އޯމް، މެއި ހޫނާ، ތީސް މާރު ޚާން، ކުޗްކުޗް ހޯތާހޭ އަދި ކަލް ހޯނަހޯ ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
100%
0%
ކޮމެންޓް