ކ. މާލެ
|
2 އޮކްޓޯބަރ 2020 | ހުކުރު 14:25
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
އިންޑިއާ ޓައިމްސް
އެމެރިކާގެ ހިއްސާގެ ބާޒާރު
ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެމެރިކާގެ ހިއްސާގެ ބާޒާރަށް ބޮޑު ލޮޅުމެއް
 
ޓްރަމްޕްގެ މަސައްކަތްފުޅަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ: ޑޮކްޓަރު
 
ޓްރަމްޕް ހުންނަވާނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ އެންމެ މުހިއްމު ހަފްތާތަކުގައި ކަރަންޓީނުވެވަޑައިގެން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި އެކު އެ ގައުމުގެ ހިިއްސާގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަތުވެއްޖެއެވެ.

އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވި ކަން ހާމަކުރައްވާ ކުރެއްވި ޓުވީޓެއްގައި ވަނީ, އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރައްވާފައެވެ. މިއާއި އެކު އެމެރިކާގެ ހިއްސާގެ ބާޒާރަށް އައި ލޮޅުމުގެ އަސަރު އޭޝިއާ އަދި ޔޫރަޕުގެ އިކުއިޓީ ބާޒާރުތަކަށް ކޮށް، އިކުއިޓީ އަގުތައް ވެސް ވަނީ ދަށަށް ގޮސްފައެވެ.

އެމެރިކާގެ ހިިއްސާގެ ބާޒާރަށް މިވަރުގެ ލޮޅުމެއް އައިސްފައިމިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށައަޅާފައިވާ ސްޓިމިއުލަސް ބިލެއް ފާސްނުކުރުމާއި ގުޅިގެން އިންވެސްޓަރުން ނުރުހުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕް ކޮވިޑަށް ޓެސްޓުކުރެއްވީ އެ މަނިކުފާނުގެ އެޑްވައިޒަރެއް ކަމަށްވާ ހޯޕް ހިކްސް ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ޓްރަމްޕް ކަރަންޓީނުވާން ޖެހިވަޑައިގަތުމާއި ގުޅިގެން، ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވަން ކުރައްވާ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް އެޅޭނެ ކަމަށް ބައެއް މާހިރުން ވަނީ ލަފާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް