ހޯމަ 26 އޮކްޓޯބަރ 2020
09 ހެއި
1442 ރަބީއުލް އައްވަލް 09
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:04
ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން "ޚިތާނީ ޕެކޭޖް 2020" ތަޢާރަފްކޮށްފި

  • ޑިސެމްބަރު 31، ނިޔަލަށް މިޕެކޭޖަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާ

ކ. މާލެ | 2 އޮކްޓޯބަރ 2020 | ހުކުރު 00:19 | 3,009

ޓްރީ ޓޮޕް ހޮސްޕިޓަލް - ރާއްޖެއެމްވީ

ޓްރީ ޓޮޕް ހޮސްޕިޓަލުން ޙިތާނީ ޕެކޭޖް 2020 ތަޢާރަފްކޮށްފި އެވެ.

ޑިސެމްބަރު 31، 2020ގެ ނިޔަލަށް މި ޕެކޭޖަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އަދި މިޕެކޭޖްގެ ދަށުން ޙިތާނީ ކޭމްޕް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 15، 2020 ވަނަ ދުވަހުން ފެށިގެންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޙިތާނީ ކޭމްޕްގައި އިސްކޮށް ހަރަކާތްތެރިވަނީ އޮޕަރޭޝަނަށް ޚާއްސަ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމަށް ޚާއްސަ ޑޮކްޓަރުންނާއި، ހޭނެއްތުން އަދި އައްސި ކުރުމަށް ޚާއްސަ ޑޮކްޓަރުންނާއި ނަރުހުންގެ ޚާއްސަ ޓީމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މިއަހަރުގެ ޙިތާނީ ޕެކޭޖްގައި، ޙިތާނު ކުރާ ޑޮކްޓަރާއި ހޭނައްތާ ޑޮކްޓަރުގެ އެޕޮއިންޓްމަންޓާއި، ލެބް ޓެސްޓުތަކާއި، އޮޕަރޭޝަނަށް ބޭނުންވާ ތަކެއްޗާއި ބޭސް، ޑޭ-ކެއަރ ޔުނިޓްގެ އަގުތަކާއި އަދި އޮޕަރޭޝަނަށްފަހު ޑޮކްޓަރަށް ދެއްކުމުގެ އެޕޮއިންޓްމަންޓް އެކުލަވާލެވިފައިވެއެވެ. އަދި އޮޕަރޭޝަނަށްފަހު ނާސްތާއެއްގެ އިތުރުން، ޙާއްސަ އަގުތަކުގައި ރޫމް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ.

ޙިތާނީ ޕެކޭޖަށް ނަން ނޯޓު ކުރުމަށް 3351610 ގުޅުއްވައިގެން ނަން ނޯޓު ކުރެވޭނެއެވެ. ޙިތާނީ ޕެކޭޖްގެ އަގަކީ އާސަންދައަށް ކެނޑުމަށްފަހު 4000ރ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.