ކ. މާލެ
|
2 އޮކްޓޯބަރ 2020 | ހުކުރު 00:14
ސްޓެލްކޯ
ސްޓެލްކޯ
ރާއްޖެއެމްވީ
ސްޓެލްކޯ
ސްޓެލްކޯ އެޕް މެދުވެރިކޮށް ބިލް ދައްކައިގެން ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު
 
ޕްރޮމޯޝަންގެ ގުރު ނެގުން އޮންނާނީ ނޮވެމްބަރު މަހު
 
ބިލް ދައްކައިގެން 10 ކަސްޓަމަރަކަށް -/1،000 ރުފިޔާ ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
 
ޕްރޮމޯޝަން ކުރިޔަށް ދާނީ އޮކްޓޯބަރު މަހުގެ ނިޔަލަށް އެޕް މެދުވެރިކޮށް ބިލްދައްކާ ކަސްޓަމަރުންގެ މެދުގައި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އެޕް މެދުވެރިކޮށް ބިލް ދައްކައިގެން 10 ކަސްޓަމަރަކަށް -/1،000 ރުފިޔާ ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ އޮކްޓޯބަރު މަހުގެ ނިޔަލަށް އެޕްލިކޭޝަން މެދުވެރިކޮށް ބިލްދައްކާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ އިން ބުނީ އެ މުއްދަތުގެ ތެރޭގައި ދައްކާ ބިލަކީ ކޮންމެހެން އެންމެ ފަހުގެ ބިލަށްވާކަށް ނުޖެހޭ ކަމަށާއި އޭގެ ކުރީ މަހުގެ ބިލްތައް ދެއްކިނަމަވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަންގެ ގުރު ނެގުން އޮންނާނީ ނޮވެމްބަރު މަހުގެ ކުރީކޮޅެވެ.

ސްޓެލްކޯ އެޕްލިކޭޝަނުން ފަސޭހަ ކަމާއެކު ބިލް ދައްކާލެވި، ބިލަށް އަރާވަރު އަމިއްލަ އަށް ހިސާބު ކޮށްލެވޭނެއެެވެ.

އަދި އެއް މީޓަރަށްވުރެ ގިނަ މީޓަރު އެޕަށް އެޑްކޮށް ކެޓަގޮރައިޒް ކޮށްލެވޭނެ ކަމަށާއި އެޕުން ފާއިތުވި ހަ މަސް ދުވަހުގެ ކަރަންޓް ބޭނުން ކުރެވިފައި ހުރި ގޮތް ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއެޕް، އެޕް ސްޓޯރާއި, ޕްލޭ ސްޓޯރުން ފަސޭހަކަމާއެކު ޑައުންލޯޑް ކޮށްލެވޭނެ ކަމަށާއި، ފައިލް ސައިޒް ވަރަށް ކުޑަ ވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތަކަށް ކޮންމެ މަހަކުވެސް ބިލް ލިބިގެންދާނެ ކަމަށާއި އަދި ބިލް ޑައުންލޯޑް ވެސް ކުރެއްވޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ސްޓެލްކޯގެ މިޑްލް މެނޭޖްމަންޓުން މަތީގެ އެއްވެސް ފަރާތަކަށް ބައިވެރިނުވެވޭނެއެވެ.

އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށް:onelink.to/bx3eyމި ލިންކް ބޭނުން ކުރެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް