އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ސްކޫލްފީ ޖަނަވާރުން

ބަކަރި ނުވަތަ ކަންބަޅިން ސްކޫލް ފީ ދެއްކޭ ގޮތް ޒިމްބާބުވޭގައި ހަދައިފި

  • ފައިސާ ހޯދަން ބޭންކު ދޮށުގައި އެތައް ގަޑީއިރަކު ކިއުގައި ތިބެންޖެހޭ
  • ބަކަރިން ފީ ދެއްކޭ ގޮތް ހެދުމުން އާއްމުން ގެންދަނީ ހަޖޫ ޖަހަމުން

ކ. މާލެ | 19 އޭޕްރިލް 2017 | ބުދަ 18:09 | 4,623

ބަކަރި އެއްގެ ފޮޓޯ - ގޫގުލް

ފައިސާގެ ބަދަލުގައި ސްކޫލް ފީ ބަކަރި ނުވަތަ ކަންބަޅިން ދެއްކޭ ގޮތް ޒިމްބާބުވޭގައި ހަދައިފިއެވެ.

ޒިމްބާބުވޭގެ ތައުލީމާ ބެހޭ ވަޒީރު، ލަޒާރުސް ޑޮކޮރާ ޒިމްބާބުވޭގެ ސަންޑޭ މޭލް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސްކޫލް ފީ ބަލައިގަތުމުގައި ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ބެލެނިވެރިންނަށް ފަސޭހަތަކެއް ސްކޫލްތަކުން ގެންގުޅެން ޖެހޭ ކަމުގައެވެ. އިތުރަށް އޭނާ ވިދާޅުވީ، ފައިސާ ނެތިއްޔާ ބޭނުންތެރި ޖަނަވާރެއް ނުވަތަ އެވަރުވެސް ނެތް ނަމަ ސްކޫލަށް ކޮންމެވެސް ކަމެއް ކޮށްދޭ ގޮތައްވެސް ފީގެ ކަންކަން ހަމަޖެހޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށެވެ.

މިހާރުވެސް ސްކޫލްގެ ފީގެ ގޮތުގައި ބައެއް ބާވަތުގެ ޖަނަވާރު ޒިމްބާބުވޭގެ ސްކޫލްތަކުން ފީ ބަލައިގަންނަ ކަމަށް ސަންޑޭ މެއިލްގައި ވެއެވެ.

ހުސްވި ހަފްތާގައި ޒިމްބާބުވޭގެ ގާނޫނު ހަދާ މަޖިލީހަށް، ބޭންކު ލޯނު ނެގުމަށް ބޭނުންވާ ރަހުނުގެ ގޮތުގައި ޖަނަވާރާއި އުޅަނދު ފަހަރު ބޭނުން ކުރެވޭ ގޮތައް ވަނީ ބިލެއް ހުށަހަޅާފައެވެ.

އިގްތިސާދު ހީނަރުވެފައިވާ ޒިމްބާބުވޭގެ ރައްޔިތުން ފައިސާ ނެގުމަށް ބޭންކުތަކުގައި އެތައް ގަޑީއިރެއްގެ ކިއުގައި މަޑުކުރަން ޖެހުމަކީ އާއްމު ކަމެކެވެ. ޒިމްބާބުވޭގެ ބުލަވެޔޯ ޓުވެންޓީ ފޯ ނިއުސް ޕޯޓަލްގައި ހާމަކޮށްފައިވާ ގޮތުގައި ފައިސާގެ ތާށިކަން ކުރިމަތިވެފައިވަނީ، ގިނަ އަދަދަކަށް ފައިސާ ގައުމުން ބޭރުކުރާތީ ކަމަށް ޒިމްބާބުވޭގެ ސަރުކާރުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ފައިސާ ތާށި ވެގެން އުޅޭ މައްސަލައިގެ ހަގީގަތަކީ އިންވެސްޓްމެންޓްތައް މަދުވުމާއި، ވަޒީފާނެތް މީހުން އިތުރުވުން ކަމަށް ޚަބަރުތައް ބުނެއެވެ.

ޖަނަވާރުން ސްކޫލް ފީ ދެއްކޭ ގޮތް ޒިމްބާބުވޭގެ ސަރުކާރުން ހަމަޖެއްސުމާއެކު އެ ގައުމުގެ އެތައް ބަޔަކު ގެންދަނީ އެކަމަށް ސޯޝަލް މީޑިއާގައި ހަޖޫ ޖަހަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.