ބުދަ 28 އޮކްޓޯބަރ 2020
11 ހެއި
1442 ރަބީއުލް އައްވަލް 11
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:51
އިޝާ 19:04
ހުކުރު މިސްކިތް ހުޅުވަނީ

މާލޭގެ ހުކުރު މިސްކިތުގައި ބުރާސްފަތި ދުވަހު ނަމާދު ކުރަން ފަށަނީ

  • 1 އޮކްޓޫބަރު ވާ ހުކުރު ދުވަހުގެ ޢަޞުރު ނަމާދުން ފެށިގެން ނަމާދު ކުރުމަށް ހުޅުވާލާނެ
  • މިސްކިތުގައި އަލުން ނަމާދުކުރަށް ފެށުމަށް ވަނީ ތައްޔާރުވެފައި
  • މިސްކިތް ހުޅުވި ނަމަވެސް އަމަލު ކުރަމުންދާނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް

ކ. މާލެ | 1 އޮކްޓޯބަރ 2020 | ބުރާސްފަތި 01:56 | 2,948

މާލޭގެ ހުކުރު މިސްކިތް، ނަމާދުކުރަން ފެށުމަށް ވެފައިވާ ތައްޔާރީތައް މިނިސްޓަރު ޔުމްނާ މައުމޫނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ބައްލަވާލައްވަނީ - ހެރިޓޭޖް މިނިސްޓްރީ

އާބާތުރަ ފިލުވުމަށް ނަމާދު ކުރުން ވަގުތީގޮތުން ހުއްޓާލި ހުކުރު މިސްކިތުގައި ބުރާސްފަތި ދުވަހު ޖަމާއަތުގައި ނަމާދު ކުރުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްއިން ބުނީ މާލޭ ހުކުރު މިސްކިތުގައި އާބާތުރަ ފިލުވައި އަލުން ނަމާދުކުރަށް ފެށުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެ ނިމިފައިވާ ކަމަށެވެ. އެގޮތުން 1 އޮކްޓޫބަރު ވާ ބުރާސްފަތި ދުވަހުގެ ޢަޞުރު ނަމާދުން ފެށިގެން ނަމާދު ކުރުމަށް މިސްކިތް އާންމުންނަށް ހުޅުވާލާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހެރިޓޭޖް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް ނާއިލް ނަޝީދު ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތުގައި މިސްކިތް ހުޅުވި ނަމަވެސް، އަމަލު ކުރަމުންދާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން މިހާރު މިސްކިތުގެ ކާޕެޓު ނަގައި، ކޮލެޓީ ރަނގަޅު ނެވިލޯނު އަޅާފައިވާ ކަމަށް ނާއިލް ވިދާޅުވިއެވެ.

މާލޭ ހުކުރު މިސްކިތް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އާކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާގެ ޚާއްސަ ޓީމަކުންނެވެ. ހުކުރު މިސްކިތް މަރާމާތު ކުރުމަށް ހެރިޓޭޖް މިނިސްޓްރީން ބަންދު ކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 13 ވީ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހުގައެވެ. މިސްކިތް އަލުން ހުޅުވާލުމަށް ނިންމާފައިވަނީ އަހަރެއްހާ ދުވަސް މަރާމާތަށް ބަންދުކޮށްފައި އޮތުމަށް ފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.