ކ. މާލެ
|
29 ސެޕްޓެންބަރ 2020 | އަންގާރަ 03:53
ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ޝެހްބާޒް ޝަރީފް
ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ޝެހްބާޒް ޝަރީފް
ޓްވިޓަރ
ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ހައްޔަރުކުރުން
މަނީ ލޯންޑަރިންގ ތުހުމަތުގައި ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ހައްޔަރުކޮށްފި
 
ޝެހެބާޒް ހައްޔަރުކުރި މައްސަލައިގައި އިދިކޮޅުން އަންނަނީ މަގުތަކަށް އެއްވެ އިހުތިޖާޖުކުރަމުން
 
އޭނާ ހައްޔަރުކުރީ ލާހޯރުގެ ހައިކޯޓުން އޭނާ ކަފާލާތުގެ ދަށުން މިނިވަންކުރަން ދެކޮޅު ހެދުމުން
 
ޝެހެބާޒްގެ މައްޗަށް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގ ތުހުމަތުތައް ކުރެވޭ

މަނީ ލޯންޑަރ ކުރުމުގެ ތުހުމަތު ކުރެވޭ ޕާކިސްތާނުގެ އިދިކޮޅު ލީޑަރު އަދި އިދިކޮޅު މައި ޕާޓީ، ޕާކިސްތާން މުސްލިމް ލީގްގެ ރައީސް ޝެހްބާޒް ޝަރީފް ހައްޔަރުކޮށްފިއެވެ.

ހޯމަ ދުވަހު ޝެހްބާޒް ހައްޔަރު ކޮށްފައިވަނީ ވެރިރަށް ލަހޯރްގެ ހައިކޯޓު ތެރެއިންނެވެ. ޝެހްބާޒްގެ މައްޗަށް ކުރެވޭ މަނީލޯންޑަރިންގ އާއި ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން އޭނާ ވަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށްދޭން ކޯޓުގައި އެދިފައެވެ. ނަމަވެސް އެ މައްސަލަ ބެލި ދެ ޖަޖުންގެ ބެންޗުން ނިންމާފައިވަނީ ޝެހެބާޒް ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށެވެ.

ޝެހްބާޒް ހައްޔަރުކުރުމާ އެކު އިދިކޮޅުން ވަނީ މަގުތަކަށް ނިކުމެ އިހުތިޖާޖުކުރަން ފަށާފައެވެ. ޝެހްބާޒް އަކީ ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވި އަދި ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރުމަށް ފަހު މިހާރު ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ފަހު، "ފިއްލަވައިގެން" އުޅުއްވާ ނަވާޒް ޝަރީފްގެ ބޭބޭފުޅެވެ.

ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ހައްޔަރު ކޮށްފައި ވަނީ މިހާރުގެ ބޮޑު ވަޒީރު އިމްރާން ހާން މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި އިދިކޮޅު ޕާޓީން މަގުތަކަށް ނިކުންނަން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި މިއާއި ވިދިގެން، މި މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް، ޕާކިސްތާނު ސަރުކާރުން ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް