ކ. މާލެ
|
28 ސެޕްޓެންބަރ 2020 | ހޯމަ 19:28
އީޝަލް، ކުރެހުމުގެ މަސައްކަތުގެ ތެރެއިން
އީޝަލް، ކުރެހުމުގެ މަސައްކަތުގެ ތެރެއިން
ރާއްޖެއެމްވީ
ހުނަރުވެރި އީޝަލް ކުރެހުމުގެ ދުނިޔޭގައި
ދުނިޔޭގައި ނަން ހިނގާ ކުރެހުންތެރިއަކަށް ވުމުގެ އުންމީދުގައި އެންމެ 12 އަހަރުގެ އީޝަލް
 
އީޝަލް ހުރީ ކުރެހުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް
 
ހުސްވަގުތު ގިނައިން ހޭދަކުރަނީ ކުރެހުމުގައި
 
އީޝަލްއަކީ ކިޔެވުމަށް މޮޅު ކުއްޖެއް

ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބަލާއިރު ފެންނަމުންދަނީ ތަފާތު ހުނަރު ވެރި ކުދިންނެވެ. ވަކި އުމުރަކަށް ބެލުމެއް ނެތި ކޮންމެ މީހަކުވެސް އެމީހެއްގެ ހުނަރުތަކުން ކުރިއަށް ދެވޭތޯ ބަލައެވެ. އެގޮތަށް ބަލާއިރު ފާތިމަތު އީޝަލް އިނާޔަތު އަކީ ތަފާތު ކުރެހުންތައް ކުރަހާ، ފެމިލީ އިވެންޓްސް އަދި އުފަން ދުވަހުގެ މުނާސަބަތުގައި ކޭކު އަޅާ ހުނަރުވެރި ކުއްޖެކެވެ.

އުމުރުން 12 އަހަރުގެ އީޝަލް އަކީ ވަރަށް ޅަ އުމުރުގައި ކުރެހުމުގެ ޝައުގުވެރިކަން ހުންނަ ކުއްޖެއް ކަމަށް އީޝަލްގެ މަންމަ ބުންޏެވެ. އަދި އީޝަލް އަކީ ފިލާވަޅުތައް ގަޑިން ގަޑިއަށް ނިންމާ ހުސްވަގުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާ އަޚްލާޤް ރަނގަޅު ކުއްޖެއް ކަމަށް ވެސް އޭނާގެ މަންމަ ބުންޏެވެ.

އީޝަލް ކުރަހާފައިވާ ބައެއް ކުރެހުންތައް

ކުރެހުމުގެ ތެރެއަށް އީޝަލްއަށް ވަދެވުނީ ގްރޭޑް 5 ގައި އުޅެނިކޮށް އީޝަލްގެ ބޭބެ ކުރަހާތަން ފެނުމުންނެވެ. އޭގެ ފަހުން އަމިއްލައަށް ކުރަހަން ފަރިތަ ކުރުމާ، ޔޫޓިއުބް މެދުވެރިކޮށް ޓިއުޓޯރިއަލްސް ބަލައިގެން އާއިލާގެ އެންމެންގެ އެހީތެރިކަމާއެކު، ކުރެހުންތައް ކުރަހާ ކަމަށް އީޝަލް ބުންޏެވެ.

އީޝަލް ބެނެފައިވަނީ، އެންމެ ކުރަހަން ޝައުގުވެރިކަން ހުންނަނީ މީހުންގެ ޕޯރޓްރައިޓް އަދި ލޭންޑްސްކޭޕް ކޮށް ކަމަށެވެ. އާންމުކޮށް ކުރަހަން އިންނަނީ މެންދުރު ފަހު ކަމަށާއި އަދި ކުރެހުމަށް އެއްވެސް ކަހަލަ ކޯހެއް ނަހަދާ ކަމަށް އީޝަލް ކިޔައިދިނެވެ. އެގޮތުން ކުރެހުމަށް އީޝަލް އެންމެ ގިނައިން ބޭނުން ކުރަނީ ފަންސޫރު އަދި ގަލަމެވެ.

އީޝަލް އެންމެ ގިނައިން ބޭނުން ކުރަނީ ފަންސޫރު އަދި ގަލަން

މީގެ އިތުރުން އީޝަލް ދަނީ ކުރެހުމުގެ ދުނިޔޭގެ ބޭރުން ވެސް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ފެމިލީ އިވެންޓް އަދި އުފަންދުވަސް ތަކުގައި ތަފާތު ޑިޒައިންތަކަށް ކޭކު ވެސް އަޅައެވެ. އަދި މި ފާއިތުވި ހަތަރު އަހަރު ބްރައިޑް ފެއާރގައި ބައިވެރިވެ، މޮޑެލް ވެސް ވަނީ ކޮށްފައެވެ.

އީޝަލް އަޅާފައިވާ ކޭކެއް،

އީޝަލްގެ މަސައްކަތްތަކާ ބެހޭ ގޮތުން އޭނާ ބުނީ ކުރިއަތް އޮތްތަނުގައި މި މަސައްކަތްތައް އާންމުންނާއި އެކުވެރިންނަށް ޙިއްސާ ކުރުމަށް ޔޫޓިއުބް ޗެނަލް އަދި އިންސްޓްގްރާމް އެކައުންޓެއް ހުޅުވާނެ ކަމަށެވެ. ކުރެހުމުގެ ދާއިރާގެ އިތުރުން މަސައްކަތްތަކުގައި ކުރިޔަށް ދިޔުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ލޯބިވާ މަންމަ އާއި އާއިލާގެ ހުރިހާ މެމްބަރުންނާއި، ޙާއްސަކޮށް އީޝަލްގެ ބޭބެގެ ފަރާތުންކަން އީޝާލް ފާހަގަކުރެއެވެ. އަދި އަބަދުވެސް މަސައްކަތުގައި އިތުރަށް ކުރިއަށް ދިއުމަށް މަގު ދައްކައިދޭނެ ބަޔަކު ތިބިކަމުގައިވާނަމަ މިއީ އުދަނގޫ ކަމެއް ނޫން ކަމަށް އީޝަލް ބުނެއެވެ.

އީޝަލް މޮޑެލްކުރަނީ

ޕޯރޓްރެއިޓް އަދި އެކި ޑިޒައިނަށް ކޭކު އަޅަމުންދާ ކުޅަދާނަ އީޝަލް ބުނާ ގޮތުން، ކޮންމެ ކުއްޖެއް ގައިގައި ވެސް ހުންނަ ހުނަރު ދިރުވުމަށް ހިތްވަރު ދޭނެ ބަޔަކު ތިބޭނަމަ ކާމިޔާބީ ހަމައަށް ވާސިލްވުމަކީ އުދަނގޫ ކަމެއް ނޫނެއެވެ.

އީޝަލްގެ މިހާރު އަމާޒު ހުރީ ދުނިޔޭގައި އެންމެ މޮޅެތި ކުރެހުންތެރިންގެ ތެރެއިން އެކަކަށްވާށެވެ. ''އީޝަލް'' އެހެން ބުނުމުން އެއީ ކުރެހުންތެރިއެއްކަން މުޅި ދުނިޔެއަށް އެނގޭ ބްރޭންޑަކަށް ވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
11%
87%
0%
0%
0%
3%
ކޮމެންޓް
28 ސެޕްޓެންބަރ 2020 | ހޯމަ 22:59
އެމޫ
ޕްރައުޑް އޮފް ޔޫ ބަންބި...