raajjemv logo
މަގޭ ރިޕޯޓް
އަތޮޅު ތެރެއަށް އަންނަ ތަރައްގީ ހަޖަމް ނުވަނީ ދޫވެހީގަ ހުރެގެން ނުފެންނާތީތޯ؟
 
ރައީސް ޔާމީންގެ ވެރިކަމުގެ 5 އަހަރުގެ ދައުރުގައި ނުހިންގަވާހާ ތަރައްގީގެ ގިނަ މަޝްރޫއުތައް ރައީސް ޞާލިހުގެ ސަރުކާރުގެ މިވީ ދުވަސްތަކުގައިވެސް ރަށްތަކުގައި ހިންގަމުން އެބަދޭ
 
ރަށްރަށުގެ ތަރައްގީއަށް މާބޮޑު މަޝްރޫއުތަކެއް ރައީސް ޔާމީން ނުހިންގަވާ
 
އަމިއްލަ ގެކޮޅުގައި ހުންނަވާ ބޮޑާކަންމަތީ ތަރައްގީ ބައްލަވަން އުޅުއްވި އުޅުއްވުން ނިމުކަމަށް ގެނައީ ދިވެހި ރައްޔިތުންގެ ވޯޓުން
މުހައްމަދު ފަޒީން
14,227
ކ. މާލެ |
28 ސެޕްޓެންބަރ 2020 | ހޯމަ 23:20
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހ. ދޫވެހި ކައިރިން ކާރަށް އަރާވަޑައިގަންނަވަނީ
ޔޫސުފް ސޮފްވާން ރަޝީދު

ހ. ދޫވެއްސަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި، ލާއްޖައްސައިގެން ކަމަށްބުނެ، އެބިމާއިންވެގެން ހުރި އިތުރު ބިންކޮޅެއް ގަނެ، 17 ބުރިއަށް އިމާރާތް ކުރާ މާލޭގެ އެންމެ ހިތްފަސޭހަ ސަރަހައްދުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅެވެ.

އެނގޭ ކަމަކީ، ދޫވެހި 17 ބުރިއަށް އިމާރާތް ކުރަމުންދާ ކުންފުންޏަށް ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑެތި ޕްރޮޖެކްޓްތައް ހަވާލުކޮށް، ބައެއް ޕްރޮޖެކްޓްތަކަށް އެޑްވާންސްކޮށް ފައިސާ ދީފައިވާއިރު، މިއަދާ ހަމައަށް ވެސް އޭގެ ތެރެއިން ބައެއް ޕްރޮޖެކްޓްތައް ނިންމާފައި ނުވާކަމެވެ.

އޭގެ ތެރެއިން އެއް ޕްރޮޖެކްޓަކީ މާލެ ސަރަހައްދުގެ ސިނާއީ ރަށެއް ކަމަށްވާ ކ. ތިލަފުށި މަގު ހެދުމުގެ ޕްރޮޖެކްޓެވެ. ތިލަފުށި މަގު ހެދުމަށް މި ބުނާ ކޮންސްޓްރަކްޝަން ކުންފުންޏަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ކުންފުނިން ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ 58 މިލިއަން ރުފިޔާ އެޑްވާންސަށް ދީފަ އެވެ. އެކަމަކު ފެނުނީ ތިލަފުށީގެ މަގު ހެދުމުގެ ޕްރޮޖެކްޓްގެ ބަދަލުގައި ރައީސް ޔާމީންގެ އަމިއްލަ ގެކޮޅު މަތިމައްޗަށް އަރާ މަންޒަރެވެ. ތިލަފުށި މަގު ހެދުމުގެ ޕްރިޖެކްޓް އޮތީ އޮތް ތަނުގަ އެވެ. އެއްގޮތަކަށްވެސް މިދަންނަވަނީ، ތިލަފުށި މަގު ހެދުމަށް ދިން 58 މިލިއަން ރުފިޔާއިން ރައީސް ޔާމީންގެ އަމިއްލަ ގެކޮޅު އިމާރާތްކުރި ވާހަކައެއް ނޫނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީ ގެންނެވި އެވެ. ނަމަވެސް އެއީ މާލެ ސަރަހައްދެވެ. މާލެ ސަރަހައްދަށް ގެންނަމުން ގެންދެވި ތަރައްގީއާއެކުއެކުހެން، އެމަނިކުފާނުގެ އަމިއްލަ ގެކޮޅަށް ގެންނަވަމުން ގެންދެވި ތަރައްގީއާ އަމިއްލަފުޅު ޖާހަތާއި މިލްކިޔާތު ބޮޑު ކުރައްވަމުން ގެންދެވި ގެންދެވުން، އަމިއްލަފުޅު އެކައުންޓްތަކުގައި ހުރި ފައިސާގެ އަދަދުތަކަށް ބަލާލުމުން ފުދޭ ނޫންތޯ އެވެ. އަދި އެއީ ހަމައެކަނި ރާއްޖޭގައި ހިންގާ ތިން ބޭންކެއްގެ 8 އެކައުންޓެއްގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ. ހިންގާފައިވާ ޖަރީމާތަކަށް ބަލާއިރު، އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުންނާނީ ހަމަ އެކަނި މި 100 މިލިއަން ރުފިޔާ ކަމާމެދު ޝައްކެވެ.

ރައީސް ޔާމީން ވެރިކަމުގައި ގެންނެވިހާ ތަރައްގީއެއް ގެންނަވާފައިވަނީ، ހެންވޭރުކޮޅުގައި އިމާރާތްކޮށްފައިވާ ގޭގައި ހުންނަވައިގެން ބޮޑާ ކަންމަތީ ބައްލަވާލެވޭނެ ތަންތަން ނޫންތޯ އެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބެލިޔަސް، މާލެ-ހުޅުމާލެ ބްރިޖަށް ބެލިޔަސް، ސަލްމާން މިސްކިތަށް ބެލިޔަސް، ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބެލިޔަސް އަދި ހުޅުލެ އެއާރޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓަށް ބެލިޔަސް މިނޫން ތަރައްގީއެއް، ރައީސް ޔާމީންގެ ވެރިކަމުގައި ނެތެވެ.

މިދެންނެ ޕްރޮޖެކްޓްތަކުން ނެންގެވި "ކަޓު" އެނގޭނީ ހަމައެކަނި އެކަން ކުރި މީހުންނަށެވެ. އެނގޭ ހަގީތަތަކީ އައިޖީއެމްއެޗްގެ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ ކުރެހުމުން ކުރިން ފެންނަން އޮތް ތިން ޓަވަރުން ދެ ޓަވަރު "ކަޓުލާލި" ކަމެވެ. އޭގެ ތެރެއިން 25 ބުރީގެ އެއް ޓަވަރު އިމާރާތް ކުރުމަށްފަހު އެޓަވަރު ބަދަލުވީ "ދަރުމަވަންތަ ހޮސްޕިޓަލް"ގެ ނަމަށެވެ. މިބުނާ 25 ބުރީގެ ސިމެންތި އޮނިގަނޑަށް 145 މިލިއަން ޑޮލަރު ޚަރަދު ކުރިއިރު، ކޮންސްޓަރަކްޝަން ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުން އެއީ އެވަރުގެ ތިން ޓަވަރު އިމާރާތް ކުރެވޭނެ ފައިސާ ކަމަށެވެ. ހަމައެކަނި އެ ޕްރޮޖެކްޓް ކުރެހުމަށް އެކަނިވެސް، 30 މިލިއަން ޑޮލަރު ހޭދަ ކުރިއިރު، އެއީ ރާއްޖޭގެ ރިސޯޓެއް ތަރައްގީކުރެވޭނެހާ ފައިސާ އެވެ.

މާލެ-ހުޅުމާލެ ބްރިޖުންވެސް ކޮންމެ ފަރާތަކުން ދެ ލޭނު "ކަޓުވާލާ"ފައި ވެއެވެ. ރިޔާސީ އިންތިހާބު ބޯމަތިވާތީ، އަވަހަށް ނިންމަން ކުރި މަސައްކަތުން ބްރިޖް ހަނިކޮށް، ކޮންމެ ފަރާތަކުން ދެ ލޭނު "ކަޓުވާލި" އިރު އެއީ ވެސް 300 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. ބްރިޖްގެ ޕްރޮޖެކްޓަކީ 100 މިލިއަން ޑޮލަރުން ނިންމާލެވޭނެ ޕްރޮޖެކްޓެއް ކަމަށް ވެއެވެ.

ނޫކުލައިގެ މަގުފުޅާ ޓިނުން، އާންމު މިސްކިތްތަކާ ހިލާފަށް އިސްލާމީ މިސްކިތްތަކުގެ އެއްވެސް އަސަރެއް ފެންނަން ނެތް ގޮތަށް ހެންވޭރު ކޮޅުގައި އިމާރާތްކުރާ ސަލްމާން މިސްކިތް ޕްރޮޖެކްޓުން ފައިސާ ފޮއްޗެއް "ކަޓުވާ" ނުލައޭ ބުނެވޭނެ ޖާގައްނެތެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މިސްކިތްފަންޑާއި ޒަކާތު ފަންޑާއި މިސްކިތް އިމާރާތް ކުރުމުގެ ޕްރޮޖެކްޓްތަކުން ހިޔާނާތާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައި ވެއެވެ. އެހެންވީމާ ސަލްމާން މިސްކިތުގެ ޕްރޮޖެކްޓުން ވެސް އެފަދަ އަމަލެއް ނުހިންގާނެ ކަމަށް ބެލުމުގެ ޖާގައެއް ނެތެއް ނޫންތޯ އެވެ.

ދެން އޮތީ ހުޅުމާލެ ދެވަނަ ފޭސްއާއި ހުޅުލެ އެއާރޕޯޓް ނުވަތަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ، 25 ބުރީގެ 16 ޓަވަރަށް ނެގި 434 މިލިއަން ޑޮލަރުގެ ބޮޑު ލޯނުގެ ވާހަކައެވެ. ސޯސަލް ހައުންސިންނޭ ކިޔާފައި އިމާރާތްކުރި އެޓަވަރުތަކުގެ އެޕާޓްމަންޓްތައް ކުދި ވެފައި މުޅި ޕޮރޮޖެކްޓް ކޮންސެޕްޓް ހަމަ ސުމެކެވެ. ހަމަ ކުދި ފައްކާ ކޮތަރުކޮށި ތަކެކެވެ. މި ޕްރޮޖެކްޓުގެ ދަށުން އެޓަރަވަރު ތަކަށް މީހުން ވަންނައިރު، އެއީ މުޅި ރާއްޖޭގައި އެންމެ ތޮއްޖެހިފައިވާ، ސަރަހައްދަށް ވާނެ އެވެ.

އާރކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސްއިން ބުނެފައިވާ ގޮތުގައި، މި ޕްރޮޖެކްޓަކީ އެ ޢިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭ ޕްރޮޖެކްޓަކަށް ވުން އެކަށީގެންވާ ކަމަށެވެ. އަދި މިއީ ރަނގަޅު ޕްރޮޖެކްޓެއް އެކުލަވައިލުމަށް ގެއްލުނު ފުރުސަތެއް ކަމަށާއި، މި ވަގުތު ގޮސްފައިވާ ހިސާބަށް ބަލާއިރު މި މަޝްރޫޢުގެ ޑެންސިޓީ އާއި ޑިޒައިންއަށް ބަދަލުގެނައުމަކީ މާލީ އަދި ސިޔާސީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް މިހާރު އޮތްގޮތަށް ކުރިއަށް ގެންގޮސްފިނަމަ ފަހުން ދިމާވެދާނެ ޞިއްޙީ، އިޖުތިމާޢީ، އަދި ރައްކާތެރިކަމުގެ މައްސަލަތައް މާބޮޑުވާނެ ކަމަށް އާރކިޓެކްޓްސް އެސޯސިއޭޝަނުން ބުނެފައި ވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްގީ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ނެގި އެވެ. ފަހުން ސަރުކާރުގެ ބައެއް އިސްވެރިންގެ ވާހަކަތަކުން އެއަރޕޯޓް ތަރައްގީ ކުރުމަށް 1.2 ބިލިއަން ޑޮލަރުގެ ލޯނެއް ނަގާފައި ވެއެވެ. މި ލޯނުގެ ދަށުން އެއަރޕޯޓް ތަރައްގީގެ ޕްރޮޖެކްޓް ހިންގިއިރު، ނަގާފައިވާ ފައިސާގެ އަދަދުތަކާއި ކުރަމުންދާ މަސައްކަތް ނުބައްދަލެވެ.

މިދެންނެވި، ހުރިހާ ޕްރޮޖެކްޓްތަކަކީ، ރައީސް ޔާމީން ހެންވޭރުކޮޅުގައި އަލުއްވާފައިވާ ގެކޮޅުގައި އިންނަވައިގެން، ބޮޑާ ކަންމަތީ ބައްލަވާލެވޭ ގޮތަށް ހިންގަވާފައިވާ ތަރައްގީގެ މަޝްރޫއުތަކެވެ. ވެރިކަމުގެ 5 އަހަރުގެ ދައުރު ނިންމާލިއިރު، ދިވެހި ރައްޔިތުން 4 ބިލިއަން ޑޮލަރުން ނުވަތަ 60 ބިލިއަން ރުފިޔާއިން ދަރުވާލިއިރު، ދިވެހި ރައްޔިތުންގެ އިހުސާސްތައް ހަމަ އެއްގޮތަކަށް ވެސް ނޭނގެނީތޯ އެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު ކާގޯ ފެރީ ނިޒާމަކުން ގުޅާލައި، ރައްޖޭގެ އެންމެ އުތުރު ބަނދަރަށް ބޮޑެތި ކުރިއެރުންތަކެއް އައިސް، މުޅި ބޮޑުތިލަދުއްމަތި މެކުހައްޖައި ރައީސް ޞާލިހުގެ ސަރުކާރުން މިގެންނަ ތަރައްގީ، ރައީސް ޔާމީނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުގެ ހިތްތަކަށް ކެންނުވާނެކަމާއި ހަޖަމު ނުވާނެކަން އެނގެއެވެ. އެކަން ހަޖަމު ނުވެގެން، އަދުރޭ ވިދާޅުވަނީ، އެފެރީ ނިޒާމުން ހަތިޔާރާއި ގޮވާތަކެތި ގެންނަން އުޅޭ ވާހަކައެވެ. މުއިއްޒު ވިދާޅުވަނީ ފުރަތަމަ ދަތުރުގައި ގެނައީ ސިމެންތި ކޮޅަކާއި، ބައު ކާރު ތަކެއް ކަމަށެވެ. ސުޖާއު ވިދާޅުވަނީ ދިވެހި އަންހެންވެރިންނަށް ބޮޑެތި މަތިމަސްލީ މީހުން ގެންނަނީ ކަމަށެވެ. އެކަމަކު ބަޔަކަށް ހަޖަމު ނުވިޔަސް މިއީދެން ތަންކޮޅެއް ބޮޑުވަރު ނޫންތޯ އެވެ. ހަޖަމުނުވާނަމަ، ރައީސް ޔާމީން ހެންވޭރުކޮޅުގައި ތަރައްގީ ކޮށްފައިވާ ގެކޮޅަށް އަރާ ވަޑައިގެން، މާލެ ސަރަހައްދަށް ތިބޭފުޅުން ގެންނެވި ތަރައްގީ ބައްލަން ތިއްބެވުންވެސް ތިމާމެންގެ ހިތަށް ފިނިކަމެއް ލިބިދާނެ ނޫންތޯ އެވެ.

ރަށްރަށުގެ ބަނދަރުތައް ހަދާ، ފެނާއި ނަރުދަމާ ގާއިމުކޮށް، ބިމުގެ ދަތިކަން ހުރި ރަށްރަށުގެ ބިން ބޮޑުކޮށް، ހިންގާ ބިޔަ ބޮޑެތި މަޝްރޫއުތަކާއި، ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި މަގު ބައްތި ޖެހުންފަދަ މަޝްރޫތައް މިސަރުކާރުން ހިންގަމުންދާއިރު، ރައީސް ޔާމީންގެ ވެރިކަމުގެ 5 އަހަރުގެ ދައުރު ހިންގެވި މަޝްރޫއުތަކަށްވުރެ، މިސަރުކާރުން ހިންގަމުންދާ މަޝްރޫއުތައް ގިނަ އެެވެ. އަދި ރައީސް ޞާލިހުގެ ވެރިކަމަށް ދެ އަހަރު ވެސް ނުވެއެވެ. އަދި ކުރިއަށް އޮތީއެވެ. ހެންވޭރު ދޫވެހީގައި އިންނަވައިގެނެއް މިސަރުކާރުން ރަށްރަށަށް ގެންނަމުންދާ ތަރައްގީއެއް ނުފެންނާނެ އެވެ. އެމަންޒަރުތައް ފެންނާނީ، ދިވެހި ރައްޔިތުންގެ ތެރެއިން ދިވެހި ރައްޔިތުންގެ އިހުސާތައް ދަންނަ ބަޔަކަށް ނޫންތޯ އެވެ. އަދި އެމަންޒަރު ބަލަން ބޭނުންވާ ބަޔަކަށް ނޫންތޯ އެވެ.

ހަޔާތުގެ ބޮޑުބައި، ގައުމު ހިންގުމުގެ ދާއިރާގައި އުޅުއްވިއިރުވެސް ނުވި ކުޑަކުޑަކަމެއް، ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެން މަދު ދުވަސްކޮޅެއްގެ ތެރޭ ބ. ފެހެންދޫ ސްކޫލް ދަރިވަރުންނަށް ކައިރީގެ އޮންނަ ގޮއިދޫއަށް ދާން ފެރީގެ ނިޒާމެއް ގާއިމު ކޮށްދިނުމުވެސް އެކަމަށް ޖޯކް ޖެހިބަޔަކު ދެން ޖޯކް ނުޖަހާނެ އަދި ހަޖޫނުޖަހާނެ ކަމެއް އޮންނާނެތޯ އެވެ. މިފަދަ ކަންކަމަށް ހަޖޫޖަހާ ޖޯކް ޖަހާނީވެސް ރަށްރަށުގެ ތަރައްގީއަކީ ކިހާ މުހިއްމު ކަމެއްކަން ނޭނގޭތީ ނޫންތޯ އެވެ. ރަށްރަށުގެ ރައްޔިތުންގެ ބޭނުންތަކާއި އެމީހުންގެ އިހުސާސްތައް ނޭނގޭތީ ނޫންތޯ އެވެ. އެހެންނޫނީ ހަމަ ޖާހިލު ކަމުން ނޫންތޯ އެވެ.

ރަށްރަށުގެ ރައްޔިތުންގެ އިހުސާސްތައް ނޭނގުމާއި، އެމީހުންގެ އިހުސާތަކުގައި ކޮޅުފައިން ޖެހުމުގެ ނަތީޖާ އެމީހުން ދެއްކީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުން ނޫންތޯ އެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޔާމީން ވަޑައިގެންނެވި ރަށްތަކުގެ ތެރެއިން، އެރަކަށް ރައީސް ޔާމީން ވަޑައިގެންނަވާއިރަށް ޖަލްސާއަށް އަތުރާފައި ހުންނަ ގޮނޑިތައް ފަޅު ފިލާވަރަށް މީހުން ނުދެއެވެ. ރައީސް ޔާމީން އެރަށަކަށް ވަޑައިގަންނަވާއިރު، ޖަލްސާ ފަޅު ފިލާވަރަށް ގޮނޑިތައް ފުރާލެވެނީ، ކޮންމެ 10 ރަށަކުން އެއްރަށުގަ އެވެ.

މިގޮތަށް ކަންތައްތައް ދިމާވާތީ ރައީސް ޔާމީން ދަތުރު ކުރައްވާ ލޯންޗުކޮޅު ރަށުގެ ފަޅު ތެރެއަށް ނުވަދެ މަޑުކުރަން ޖެހުނު އެތަށް ފަހަރެއް ދިޔަ ނޫންތޯއެވެ. އަދި ރައީސް ޔާމީން ދަތުރުކުރެއްވި ލޯންޗުކޮޅު ކަނޑުމަތީގައި މަޑުކުރެއްވުމަށްފަހު، އެރަށަކަށް ގޮސްތިއްބެވި އެޑްވާންސް ޓީމާއި ރަށުގައި ތިއްބެވި، މަޖިލިސް މެމްބަރުންނާއި އިސް ބޭފުޅުން ގޭގެއަށް ވަދެ، އާދޭސްކޮށްގެން ނުވިތާކަށް ފައިސާ ދީގެން މީހުން ނެރެން ޖެހުނު އެތައް ރަށެއް، އެތަށް ޖަލްސާއެއް ބާއްވަންޖެހުނު ނޫންތޯ އެވެ. މާލެ ސަރަހައްދުގައި ޖަލްސާއެއް ބޭއްވިޔަސް އޮތީ ހަމަ އެހާލަތު ނޫންތޯ އެވެ.

މިގޮތުން، ބޭއްވި ޖަލްސާއަކަށް ދިޔަ މީހުން މަދުކަމުން، އެ ޖަލްސާ ނިންމާލެއްވުމަށްފަހު ގެކޮޅަށް ވަޑައިގަންނަވަމުން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅަކަށް ގުޅުއްވާފައި، "ވަރަށް ފެޑަޕް ވެއްޖެ" އޭ ވިދާޅުވެ، އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމުގެ ވާހަކަފުޅުތަކެއް ދެއްކެވި ކަމަށް ވެއެވެ. އޭރު އެއީ އިންތިހާބުގެ ކެމްޕެއިންގެ އެންމެފަހު ދުވަސްވަރެވެ.

ނަމަވެސް، އިންތިހާބު ގަޑުބަޑުކޮށްގެންވިޔަސް، ރައީސް ކަމުގެ މަގާމުގެ ހުންނަވަން ކުރެއްވި މަސައްކަތް ފެއިލްވީ، ޖުޑީޝަރީއާއި އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން ކުޅުއްވަން އުޅުއްވި ގޭމްޕްލޭން ފެއިލްވުމުން ނޫންތޯ އެވެ. ވެއްޓޭ ފާހަގައޭ، އީސީ ޝަރީފޭ، 94،000 ވޯޓޭ، ވޯޓުން ވައްކަން ކުރިއްޔޭ ބުނިއިރު، މުޅި ދައުލަތް މުށުތެރެއަށް ލައްވައިގެން، ޖެހި ސަރަކާތެއް ޖެއްސެވީ ވެސް ހަމަ ރައީސް ޔާމީނާއި ސަރުކާރުގެ ވެރިންނޫންތޯ އެވެ. ރައްޔިތުންގެ ވެރިޔަކު އިންތިހާބު ކުރަނީ އެމީހުންގެ ރަށްތަށް ތަރައްގީކޮށް، ކުރިއަރާ ދިއުމަށެވެ. ދަރިންނަށް ފުރިހަމަ ސިއްހަތަކާއި، ރަނގަޅު ތައުލީމެއް ލިބުމާއި ވަޒީފާ ލިބި، ހަލާލު މަސައްކަތުން ލިބޭ އާމްދަނީން ޖީބަށް ވަންނަ ފައިސާ އިތުރު ކުރެވޭނެ ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި، އެކަންކަން ތަންފީޒު ކުރުމަށެވެ. ރައްޔިތުންގެ އިހުސާސް ނުދަންނަ، ވެރިޔަކަށް ގެނެވޭނެ ތަރައްގީއެއް އޮންނާނެތޯ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
އަންތަރީސް ވެއްޖެ
63%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
21%
ރުޅި ގަދަ ވެއްޖެ
5%
މޮޔަވެއްޖެ
11%
ލިޔުން ރަނގަޅު
ކޮމެންޓް
29 ސެޕްޓެންބަރ 2020 | އަންގާރަ 19:12
ފުލެޓްދޮންބެ
ރާއްޖެ އެމްވީ އަކީ ލޯދެއްވާ އެލޮލުން ފެނުމުގެ ނަސީބު ނެތްބަޔަކު މަސައްކަތް ކުރާތަނެއްހެން ހާދަހީވޭ. އެހެންވީމާތާ ޙަގީގަތް ނުފެންނަނީ. ރާއްޖެތެރެވެސް ތަރައްގީކުރަންވީ، ހުރިހާ ދިމާލެއް ވެސް ސިންގަޕޫރަށް ބަދަލު ކުރަންވީ. އެކަމަކު އެހުރިހާ މީހުންވެސް ދަތުރުކުރަން މިޖެހެނީ ހުޅުމާލޭ ބުރިޖުން. ހުރިހާ މީހުންވެސް އައިސް ދިރިއުޅެން ބޭނުންވަނީ ހުޅުމާލޭ ފުލެޓުގަ. ދެންކިހިނެއް ހަދާނީ. މިހާރު މިސަރުކާރުން ވައްކަމެއް ނުކުރޭތަ؟ ދެއަހަރުތެރޭ 100 ބިލިއަނަށް ދަރަނި އަރުވައިފި. ނާ މިސަރުކާރަކުން ވައްކަމެއް ނުކުރާނެ.
29 ސެޕްޓެންބަރ 2020 | އަންގާރަ 08:09
މުރާދު
ބަލަ އެސްޓީއޯއަށް ޔާމީން ވެއްދި ކިތައް ލާރިތަ؟ މިއަދު އަހަރެމެންނަށް ކޯއްޗެއް ލިބެނީ؟ މުޅިން ހުލިވެފައ މިތިބީ. ކޮން އެއްޗެއް ކިޔާކަށް، ވައްކަން ކުރިޔަސް ފައިސާ ލިބުނޭ އަހަރެމެންނަށް
29 ސެޕްޓެންބަރ 2020 | އަންގާރަ 00:22
Voice
Varaha dekolu nujehee liyumekE.. Hama.ސުމެކޭ