ކ. މާލެ
|
26 ސެޕްޓެންބަރ 2020 | ހޮނިހިރު 14:02
ކުލާސްރޫމެއްގައި ކުދިންތަކަކަށް ކިޔަވައިދެނީ
ކުލާސްރޫމެއްގައި ކުދިންތަކަކަށް ކިޔަވައިދެނީ
މިނިސްޓްރީ އޮފް އެޑިއުކޭޝަން
މާލެ ސަރަހައްދުތަކުގެ ސްކޫލްތައް
މާލޭ ސިޓީގެ ގްރޭޑް 9-12 ގެ ދަރިވަރުންނަށް ސްކޫލްތަކުގައި ކިޔަވައިދިނުމަށް ނިންމައިފި
 
އޮކްޓޯބަރު 4 ފެށިގެން 9-12 ގެ ދަރިވަރުންނަށް ކިޔަވައިދޭނީ ސްކޫލްގައި
 
އޮގަސްޓް މަހުގެ 4 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށް

މާލޭ ސިޓީގެ ސްކޫލްތަކުގެ ކީ ސްޓޭޖް 4 އަދި 5 ގެ ދަރިވަރުންގެ ކިޔެވުން އަންނަ މަހު ފެށުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ.

އަންނަ އޮކްޓޯބަރު މަހުގެ 4 އިން ފެށިެގން މާލޭ ސިޓީގެ ސްކޫލްތަކުގައި ކީ ސްޓޭޖް 4 އަދި 5 (ގްރޭޑް 9ން 12ށް) ގެ ދަރިވަރުންގެ ކިޔެވުން ފެށުމަށް ނިންމާފައިވަމިވަނީ ކޮވިޑް-19 ގެ ހާލަތަށް ރިޢާޔަތްކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތިން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށް ފަހު ޖުލައި 1 ގައި ވަނީ މާލޭ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް 1ން 12ށް ކިޔަވައިދޭން ފަށާފައެވެ. އަދި މާލެ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ކީ ސްޓޭޖް 4 އަދި 5 އަށެވެ.

މީގެ އިތުރުން ކީ ސްޓޭޖް 3 (ގްރޭޑް 7 އަދި 8) ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލްތަކުގައި އޮގަސްޓު 16 ގައި ފެށުމަށް އިޢުލާން ކުރިއެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވާން ފެށުމުން އޮގަސްޓް މަހުގެ 4 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ސްކޫލްތައް ނުހުޅުވާ ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ. އެގޮތުން ކޮންމެ ދެ ހަފްތާއަކުން ދެ ހަފްތާއަކުން ސްކޫލްތައް ބަންދުކުރުމަށްފަހު އެޑިޔުކޭޝަން މިނިސްޓްރީން އަންނަނީ ހާލަތަށް ބެލުމަށްފަހު އަނެއްކާވެސް އެ ނިންމުން ދަމަހައްޓަމުންނެވެ.

މިނިސްޓްރީން ބުނީ އަބަދުވެސް އެންމެ އިސްކަމެއްދޭނީ ދަރިވަރުންގެ ޞިއްޙަތަށް ކަމުގައިވާތީ، ކޮވިޑް-19ގެ މިހާރުގެ ހާލަތަށް ރިޢާޔަތް ކުރުމަށްފަހު، ދަރިވަރުން އާއިލާއާއެކު ގޭގައި ތިބުމަކީ މިވަގުތަށް އެންމެ ރައްކާތެރިގޮތް ކަމުގައި ދެކޭ ކަމަށެވެ. ގޭގައި ދަރިވަރުން ތިބޭއިރު، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުންދޭ ލަފައާއި އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް ހަނދާކޮށްދޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ބަންދުކުރި ނަމަވެސް ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ރިވިޝަން ކްލާސްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް