ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 21:51
ރެގިއުލަރައިޒޭޝަން ޕްރޮގުރާމްގެ ދަށުން ބިދޭސީން ރަޖިސްޓަރ ވުމަށް ގަލޮޅު ދަނޑުގައި
ރެގިއުލަރައިޒޭޝަން ޕްރޮގުރާމްގެ ދަށުން ބިދޭސީން ރަޖިސްޓަރ ވުމަށް ގަލޮޅު ދަނޑުގައި
ރާއްޖެއެމްވީ
ބިދޭސީންނަށް އެމްޕޮލޮއިމަންޓް އެޕްރޫވަލް ދޫކުރުން
ބިދޭސީންނަށް އެމްޕޮލޮއިމަންޓް އެޕްރޫވަލް ދޫކުރާނީ ޑިޕޮސިޓް ފައިސާ ދެއްކުމުން: އިކޮނޮމިކް މިނިސްޓްރީ
 
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ދަނީ ގިނަ މަސައްކަތް ކުރަމުން
 
އެމްޕްލޮއިމްންޓް އެޕްރޫވަލްގެ މުއްދަތު ވެސް އިތުރު ކުރެވޭނީ ޑެޕޮސިޓް ފައިސާ ދެއްކުމުން
 
ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ދަނީ ކުރަމުން

ރެގިއުލަރައިޒޭޝަންގެ ދަށުން އެމްޕޮލޮއިމަންޓް އެޕްރޫވަލް ދޫކުރާނީ ބިދޭސީންގެ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުން ގެންދާ ބިދޭސީންގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރުމުގެ ސައްހަ ހުއްދަ (އެމްޕްލޯއިމަންޓް އެޕްރޫވަލް) އެއް ނެތި މަސައްކަތް ކުރަމުންދާ ބިދޭސީ ފަރާތްތައް ގަވާއިދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިނިސްޓްރީން ހިންގަމުންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ވާ ބިދޭސީންނަށް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ރެގިއުލަރައިޒޭޝަން އެމްޕްލޮއިމްންޓް އެޕްރޫވަލް (އާރު.އީއޭ) ދޫކުރެވޭނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބޭހޭ ގަވާއިދު ގެ 21 ވަނަ މާއްދާގައި ބަޔާން ކުރާ ގޮތުގެ މަތީން ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރެގިއުލަރައިޒް ކުރެވި އާރު އީއޭ ދޫކޮށްފައިވާ ބިދޭސީ ފަރާތްތަކުގެ އެމްޕްލޮއިމްންޓް އެޕްރޫވަލްގެ މުއްދަތު އިތުރު ކުރެވޭނީ އެ އެމްޕޮލޮއިމަންޓް އެޕްރޫވަލްއަށް ވާ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވުމާ ގުޅިގެން މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ޙިލާފަށް އުޅޭނީ 62،000 ބިދޭސީން ކަމަށް އިމިގްރޭޝަނުން ލަފާކުރިއަސް، އެ އަދަދު އުޅޭނީ 80،000 އާއި 100،000 އާ ދެމެދުގައި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އެމީހުން ގައުމަށް ފޮނުވުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ތެރޭގައި 20،000 ބިދޭސީން ގައުމަށް ފޮނުވާލުމަކީ އަމާޒެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް