ކ. މާލެ
|
20 ސެޕްޓެންބަރ 2020 | އާދީއްތަ 05:04
ސެނަހިޔާގެ ފްލޫ ކްލިނިކް
ސެނަހިޔާގެ ފްލޫ ކްލިނިކް
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖެ
ފްލޫ ކްލިނިކްތަކުން ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު މަދު ވެއްޖެ
 
ޑރ. ޝީނާ ވިދާޅުވެފައިވަނީ މި މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑް-19 ގެ ކޭސްތައް މަދުވާނެ ކަމަށް
 
މިދިޔަ މަހާ އަޅާ ބަލާއިރު މި ސެޕްޓެމްބަރު މަހު ނެގި ސާމްޕަލް ތަކުގެ އަދަދު ދަށް

ފާއިތުވި އޮގަސްޓް މަހާ އަޅާ ބަލާއިރު، މި މަހުގެ ތެރޭގައި ފްލޫ ކްލިނިކްތަކުން ފެންނަ ކޮވިޑް-19 ގެ ކޭސްތަކުގެ އަދަދު މަދު ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝަހީދު ވިދާޅުވީ ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތައް ޕޮޒިޓިވް ވާ މިންވަރަށް ބަލާއިރު އޮގަސްޓް މަހުގެ ތެރޭގައި އެ އަދަދު އުޅެނީ ގާތްގަނޑަކަށް 18 އާއި 20 ޕަސެންޓާއި ދޭތެރޭގައި ކަމަށް ވިދާޅުވިއެވެ.

އޮގަސްޓް މަހުގެ މި އަދަދުތަކަކީ މަތީ އަދަދެއް ކަން ފާހަގަކުރައްވާ ޑރ. ޝަހީދު ވިދާޅުވީ މިދިޔަ މަހާ އަޅާ ބަލާއިރު މި ސެޕްޓެމްބަރު މަހު ނެގި ސާމްޕަލް ތަކުގެ އަދަދު ދަށް ކުރެވިފައިވާ ކަމަށެވެ.

މިހާރު ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތައް ޕޮޒިޓިވް ވާ މިންވަރަށް ބަލާއިރު އޮގަސްޓް މަހުގެ ތެރޭގައި މި އަދަދުތައް މިއުޅެނީ ގާތްގަނޑަކަށް 18 ޕަސެންޓާއި 20 ޕަސެންޓާއި ދޭތެރޭގައި ވަރަށް މަތީ އަދަދަކަށް މިއުޅެނީ. އެކަމަކު ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދެ ހަފްތާގައި ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށަށް އައިސްފަ މިވަނީ. މިދިޔަ ދެ ހަފްތާގައި ވެސް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު، ފްލޫ ކްލިނިކްތަކުން ނެގިފައިވާ ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވާ އަދަދު މިވަނީ 13 ޕަސެންޓުގައި ހިފެހެއްޓިފައި. އެހެންމަ އޮގަސްތް މަހާ އަޅާބަލާއިރު މި އަދަދު މިވަނީ ދަށަށް އައިސްފަ.
އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ޝަހީދު

ޑރ. ޝަހީދު މިހެން ވިދާޅުވެފައިވާއިރު ޑރ. ޝީނާ މޫސާ ވިދާޅުވެފައިވަނީ މި މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑް-19 ގެ ކޭސްތައް މަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް