ކ. މާލެ
|
11 ސެޕްޓެންބަރ 2020 | ހުކުރު 13:38
\'މިއަދުގެ ހުކުރު ޚުތުބާ އިއްވާފައިވަނީ \'\'ޒުވާންކަން ހެޔޮގޮތުގައި ހޭދަކުރުން\'\' މިމައުޟޫއަށް
'މިއަދުގެ ހުކުރު ޚުތުބާ އިއްވާފައިވަނީ ''ޒުވާންކަން ހެޔޮގޮތުގައި ހޭދަކުރުން'' މިމައުޟޫއަށް
ރާއްޖެއެމްވީ
ހުކުރު ޚުތުބާ
އިންސާނާ އުމުރުގެ އެންމެ މުހިންމު ބަޔަކީ ޒުވާންކަން، އެ ނިއުމަތާ ސަމާލުވޭ: ޚުތުބާ
 
ޒުވާނުންގެ ހިތްތަކުގައި، ގައުމީ ލޯބި އާލާކޮށް ދިރުވަން ޖެހޭ
 
ގައުމެއް ތަރައްގީވެ، ކުރިއަރައި ދިއުން ބިނާވެފައި ވަނީ، ގައުމުގެ ޒުވާނުންގެ ހުނަރުގެ މައްޗަށް
 
ޒުވާންކަން ހޭދަކުރި ގޮތާބެހޭ ގޮތުން ސުވާލު ކުރެވޭނެ

ޒުވާންކަމަކީ އިންސާނާގެ އުމުރުގެ އެންމެ މުހިންމު ބައި ކަމަށާއި، އެންމެހާ ޒުވާނުން އެ ނިއުމަތާ މެދު ސަމާލުވުމަށް ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ.

''ޒުވާންކަން ހެޔޮގޮތުގައި ހޭދަކުރުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިންސާނާގެ އުމުރުފުރާގެ ތެރެއިން ޒުވާންކަމަކީ ބޮޑުވެގެންވާ ނިއުމަތެއް ކަމަށާއި، އެ ޒުވާންކަން ހޭދަކުރި ގޮތާ ބެހޭގޮތުން ޚާއްސަ ގޮތެއްގައި ސުވާލުވެވޭނެ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ޒުވާންކަން ހޭދަކުރި ގޮތާބެހޭ ގޮތުން ސުވާލު ކުރެވޭނެކަން ބަޔާންކޮށްފައިވާތީ، ޒުވާންކަމަށް ދެވިފައިވާ އަހައްމިއްޔަތާއި، އެކަމުގެ ބޮޑުކަން ވަޒަންވެގެންދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ޒުވާނުންނަކީ ގައުމެއްގެ އެންމެ އަގު ބޮޑު ރައުސްމާލު ކަމަށާއި، ގައުމެއް ތަރައްގީވެ، ކުރިއަރައި ދިއުން ބިނާވެފައި ވަނީ، ގައުމުގެ ޒުވާނުންގެ ހުނަރާއި، ސުލޫކާއި އެ މީހުންގެ ހަރުދަނާ އަގީދާގެ މައްޗަށް ކަމަށެވެ. ގައުމުގެ މުސްތަގުބަލަށް ކުރެވޭ އުއްމީދުތަކުގެ ހަގީގީ މޭސްތިރިންނަކީ އެ ގައުމެއްގެ ޒުވާނުންކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ އިސްލާމް ދީނުގައި ޒުވާނުންނަށް ރަނގަޅު އިސްލާމީ ތަރުބިޔަތެއް ދީ، ހަރުދަނާ ގާބިލު ބަޔަކަށް ހެދުމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވާ ކަމަށެވެ.

ޚުތުބާގައި ބުނީ ހަރުދަނާ އީމާންތެރި ޒުވާނުންނަކީ އެމީހުންގެ ނަފުސާއި މުދަލުން ވެސް ދީނާއި ގައުމަށްޓަކައި ގުރުބާންވާނެ ބައެއް ކަމަށާއި، ﷲ ގެދީން ޙިމާޔަތްކޮށް، އެ ދީނަށް ނަޞްރު ދީ، އަދި ގައުމަށް ދިމާވާ ކޮންމެ ނުރައްކާތެރިވަގުތެއްގައި ގައުމު ދިފާއު ކުރުމުގައި އިސް ސަފުގައި ތިބޭނެ ވަރުގަދަ ފަހުލަވާނުން ކަމަށެވެ. އަދި އިސްލާމީ އުއްމަތް ބިނާކުރުމުގައި ޒުވާނުން އަދާކޮށްފައި ވަނީ، ތާރީޚު ފަޚްރުވެރިވާ ފަދަ ދައުރެއް ކަމަށާއި، އިސްލާމް ދީނުގައި ޒުވާނުންނަށް މަތިވެރި މަގާމެއް ދީފައިވާ ކަމަށެވެ.

ލޮބުވެތި އަޚުންނޭވެ! އިންސާނާގެ ޢުމުރުފުރާގެ ތެރެއިން ޒުވާންކަމަކީ ބޮޑުވެގެންވާ ނިޢުމަތެކެވެ. އެހެންވެ، އެ ޒުވާންކަން ހޭދަކުރި ގޮތާ ބެހޭގޮތުން ޚާއްސަ ގޮތެއްގައި ސުވާލުކުރެވޭނެއެވެ. ފަސް ކަމެއްގެ ކުރިން ފަސްކަމެއްގެ ބޭނުން ކީރިތި ރަސޫލާ ގެ އަމުރުކުރެއްވި ހިނދު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވަނީ މިފަދައިންނެވެ. މާނައީ:"މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! "ހަތަރު ކަމަކާބެހޭ ގޮތުން އަޅާއާ ސުވާލު ކުރެވިއްޖައުމަށް ދާންދެން ޤިޔާމަތް ދުވަހު އޭނާގެ ފައިތިލަ ހުރިތަނުން ގުޑާވެސް ނުލެވޭނެކަން ކީރިތި ރަސޫލާ އެ ބަޔާންކުރެއްވި ހިނދު އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވަނީ މިފަދައިންނެވެ. މާނައީ: "އޭނާގެ ޢުމުރު ފަނާކުރި ގޮތާއި، އޭނާގެ ޒުވާންކަން ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ.
ޚުތުބާ

ޚުތުބާގައި ބުނީ ޒުވާނުންނަކީ ގައުމު އެއުރެންނާ މެދު ފަޚުރުވެރިވާ ބަޔަކަށް ހެދުމުގައި، މައިންބަފައިން އެއުރެންގެ ޒިންމާ ފުރިހަމަ ގޮތުގައި އުފުލަންޖެހޭ ކަމަށާއި، އަދި މިނޫނަސް އެންމެހާ ޒިންމާދާރު ފަރާތްތަކުން އެ ޒިންމާ އުފުލަންޖެހޭ ކަމަށެވެ. އެގޮތުން އެންމެ އިސްކަމެއްގެ ގޮތުގައި ޒުވާނުން އިސްލާމީ އަގީދާ އާއި، މަތިވެރި އަހުލާގެއްގެ މަތީގައި ތަރުބިއްޔަތު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ޒުވާނުން އިސްލާމް ދީނަށް ލޯބި ޖައްސައި، އިސްލާމްދީނުގެ މަތިވެރި އަސާސް ތަކުގެ މަތީގައި ދިރިއުޅޭން ދަސްކޮށްދޭން ޖެހޭ ފަދައިން، ޒުވާނުންގެ ހިތްތަކުގައި، ގައުމީ ލޯބި އާލާކޮށް ދިރުވަން ޖެހޭ ކަމަށެވެ.

ރަސޫލާގެ އަޞްޙާބުންކުރެ، މުހާޖިރުންނަށް މަދީނާގެ މައްޗަށް ލޯބި އިތުރު ކުރެއްވުމަށް އެކަލޭގެފާނު ކުރެއްވެވި ދުޢާފުޅުން ދޭހަވާ ފަދައިން، ވަޒަނުގެ މައްޗަށް ކުލުނާއި ލޯބި އުފައްދަން ޖެހެއެވެ. އަދިއިސްލާމް ދީން ޒުވާނުންނަށް ދީފައިވާ މަތިވެރި މަޤާމާއި ޤަދަރު، މިއަދުގެ ޒުވާނުންނަށް ވިސްނައިދޭން ޖެހެއެވެ. އިސްލާމް ދީނަށްޓަކައި ޤުރްބާންވި ޒުވާނުންގެ އީމާންތެރިކަމާއި، ރިވެތި އަޚްލާޤާއި، ހިތްވަރާއި ފަންވަރަކީ، މިއަދުގެ ޒުވާނުންގެ އަސާސް ކަމުގައި ހަދަންއެބަ ޖެހެއެވެ.
ޚުތުބާ

އިސްލާމީ ގިއުގަނޑުގެ ތެރެއިން އުފާ ފާޅުކުރުމާއި، ދަތުރުދިއުމާއި، ޙަފްލާތައް ބޭއްވުމަކީ ދީން މަނާކުރާ ކަންކަމެއް ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރަސޫލާ ވެސް ބޮޑެތި މީހުންނާއި، ކުޑަކުދީންނާ ސަމާސާ ކުރައްވާ ކަމަށާއި، ހިތްތަކަށް އުފާވެރިކަން ގެނެސް ދެއްވާ ކަމަށެވެ.

އެހެންކަމުން ހުރިހާ ގޮތަކުން ވެސް ޒުވާނުންނަށް ޚާއްސަ އަހަމިއްޔަތުގެ ކަމެއް ދީނުގައި ދީފައިވާކަން ޚުތުބާގައި ފާހަގަކުރައްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް