ކ. މާލެ
|
11 އޯގަސްޓް 2020 | އަންގާރަ 23:31
ކޯސްތައް ކުރިއަށް ގެންދަން ނިންނާމާފައިވާނީ މާލޭގެ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގައި
ކޯސްތައް ކުރިއަށް ގެންދަން ނިންނާމާފައިވާނީ މާލޭގެ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގައި
މުހައްމަދު ޝަރުހާން
ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު
ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ހުޅުވާލައިފި
 
ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވޭނެ
 
ސެޓްފިކެޓް ތަކުގެ ކޮޕީއާއެކު [email protected] އަށް މެއިލް ކުރުމަށް ވަނީ އެދިފައި
 
ސެޕްޓެންބަރ 24 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭ

މިއަހަރުގެ ދެވަނަ ސެމިސްޓަރގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ހުޅުވާލައިފިއެވެ.

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުނީ މިއަހަރުގެ ދެވަނަ ސެމިސްޓަރގައި ބައެއް ކޯސްތައް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޤިރާއަތު ސެޓްފިކެޓް 1، ޤިރާއަތު ސެޓްފިކެޓް 2، ޤިރާއަތު ސެޓްފިކެޓް 3 އަދި ޤާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިކޯސްތައް ކުރިއަށް ގެންދަން ނިންނާމާފައިވާނީ މާލޭގެ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގައެވެ.

މިކޯސްތަކުގައި ބައިވެރިވުމަށް އެދޭފޯމު 2020 އޮގަސްޓް 11 ވާ އަންގާރަ ދުވަހުން ފެށިގެން މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2020 ސެޕްޓެންބަރ 24 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއެކުމެއިލްކުރުމަށް ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން އެދިފައިވެއެވެ.

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުނީ އީމެއިލް ކުރާއިރު މެއިލްގެ ސްބަޖެކްޓްގެ ގޮތުގައި “Semester 2, 2020” ޖެހުމަށް އެދޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
86%
14%
0%
0%
0%
ކޮމެންޓް