އާދީއްތަ 20 ސެޕްޓެންބަރ 2020
14 އުތުރަ
1442 ސަފަރު 02
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ރަންދެލި ރިސޯޓުން ޕީޕީއީ ހަދިޔާކުރުން

ރަންދެލި ރިސޯޓުން ނ. އަތޮޅުގެ ރަށްތަކަށް ޕީޕީއީ ހަދިޔާކޮށްފި

  • މިތަކެތި ހަދިޔާ ކޮށްފައިވަނީ ހޮނިހިރު ދުވަހު
  • ނ. އަތޮޅު ހޮސްޕިޓަލަށް 2 ވެންޓިލޭޓަރު ވަނީ ހަދިޔާކޮށްފައި

ކ. މާލެ | 10 އޯގަސްޓް 2020 | ހޯމަ 07:34 | 3,441

ރަންދެލި ރިސޯޓުން ނ އަތޮޅުގެ ރަށްތަކަށް ޕީޕީއީ ހަދިޔާ ކުރުން - ޓްވިޓަރ

ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުން ނ އަތޮޅުގެ ރަށްތަކަށް ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ހަދިޔާ ކޮށްފިއެވެ.

ނ. އަތޮޅު ހޮސްޕިޓަލާއި، ވެލިދޫ ހެލްތް ސެންޓަރ އަދި މާފަރު ހެލްތް ސެންޓަރާއި މިތަކެތި ހަވާލު ކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެގޮތުން ނ. އަތޮޅު ހޮސްޕިޓަލަށް 2 ވެންޓިލޭޓަރ، 2 ޕަލްސް ޗެކަރ، 10 ބީޕީ އެޕްރޭޗަރ، 5 ކާޑިއެކް މޮނީޓަރ ގެ އިތުރުން 1000 ޕީޕީއީ ގުލޯވްސް ވަނީ ހަދިޔާ ކޮށްފައެވެ.

ވެލިދޫ ހެލްތު ސެންޓަރަށް 300 ސާރޖިކަލް ގުލޯވްސް އާއި 4020 ހޭންޑް ސެނެޓައިޒަރ ވަނީ ހަދިޔާ ކޮށްފައެވެ. އަދި މާފަރު ހެލްތު ސެންޓަރަށް ހަދިޔާ ކޮށްފައިވަނީ 170 ގުލޯވްސް އާއި 4000 ހޭންޑް ސެނެޓައިޒަރއެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ހިންގަމުންދާ ބޭރުގެ ކުންފުނިތަކުގެ ރިސޯޓްތަކުން ދަނީ އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްފެމުންނެވެ. ރަންދެލި ރިސޯޓްގެ އިތުރުން ވެސް ނ. އަތޮޅުގައި ހިންގާ ވެލާ ޕްރައިވެޓް އައިލެންޑުން ވެސް ވަނީ ރާއްޖެއަށް ސިއްހީ ގިނަ އާލާތްތަކެއް ހަދިޔާ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.