ހުކުރު 02 އޮކްޓޯބަރ 2020
12 އަތަ
1442 ސަފަރު 14
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:09
އިރުއޮއްސޭ 18:00
އިޝާ 19:11
ސިއްހީ މާހިރުން ކޮމިޓީގައި ދިން މައުލޫމާތު

ކޮމިޓީގައި ސިއްހީ ދާއިރާގެ މާހިރުން ދެއްކި ވާހަކަތަކަށް ހެލްތުން ރައްދުދީފި

  • ފަންނީ ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ މަސައްކަތް ކުރެވޭ: ހެލްތް
  • ތަކެތި ހޯދަނީ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ބުނި
  • މައުލޫމާތު ސައްހަތޯ ބެލުން މުހިއްމު: ހެލްތް

ކ. މާލެ | 10 އޯގަސްޓް 2020 | ހޯމަ 07:17 | 5,762

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން - ހެލްތު މިނިސްޓްރީ

ހެލްތް މިނިސްޓްރީގެ ކަންކަން ގޯސްކަމަށް ބުނެ ސިއްހީ ދާއިރާގެ ބައެއް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ދައްކާފައިވާ ވާހަކަތަކަށް ހެލްތް މިނިސްޓްރީން ރައްދު ދީފީއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ ކަންކަން ގޯހުން ގޯހަށްދާކަމަށް ވިދާޅުވެ، ކޮމެޓީއަށް މައުލޫމާތު ދެއްވާފައިވަނީ، ޑރ. ހުސައިން މާހިރު، ޑރ. އިސްހާގު ޝަފީގު، ޑރ. މުހައްމަދު ޝާފީ މުނީރު، ހަފީޒާ އަލީ އަދި ހަދީޖާ އަބްދުސަމަދު އަބްދުﷲ އެވެ.

އެގޮތުން، ހެލްތުގެ ދާއިރާ ހިންގުމަށް ޕޮލިސީތަކެއް އަދި ގައިޑްލައިންތަކެއް ހަދާފައި ހުންނަކަމަށާއި ނަމަވެސް އެއީ އަމަލު ނުކުރާތަނުގައި އެ ޕޮލިސީތަކާއި ގައިޑްލައިންތައް އެނގޭ މީހަކު ވެސް ހެލްތް މިނިސްޓްރީގައި ނެތް ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

މި ވާހަކަތަކާއި ގުޅިގެން އާދިއްތަ ދުވަހު ހެލްތުން ނެރުނު ބަޔާނެއްގައި ބުނީ، ދާއިރާ އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދުމަށް ސަރުކާރުގެ އިދާރާތަކާ އެހެނިހެން ފަރާތްތަކާއެކު ހުއްޓުމެއް ނެތި މަސައްކަތްތައް ކުރެވޭ ކަމަށެވެ. އަދި މިނިސްޓްރީގެ އެގްޒެކްޓިވް ލެވެލްގެ ބޭފުޅުންގެ ބައްދަލުވުންތައް ގަވާއިދުން ކުރިއަށް ގެންދަވަނީ ރައީސް އައްޔަނު ކުރައްވާފައިވާ ބޭފުޅުންނާއި ސިވިލް ސާރވިސް މުއައްޒަފުންނާއި އެކުގައި ކަމަށް ހެލްތުން ބުންޏެވެ.

އޭގެ އިތުރުން ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް މެދުނުކެނޑި ދިނުމަށް ހޯދާތަކެތި ހޯދަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ބިޑިންގ ޕޮރޮސެސް ތެރެއިން ކަމަށް މިނިސްޓްރީން ބުންޏެވެ.

ހެލްތުގެ ބަޔާނުގައި ބުނީ، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ނިންމާފައިވާ ނިންމުންތަކަކީ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ދާއިރާގެ ފަންނީ މާހިރުންނާއި އަދި ތަޖުރިބާކާރުންގެ ލަފާގެ މަތިން ނިންމާ ނިންމުންތައް ކަމަށެވެ.

އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތަކާއި ބެހޭ ގޮތުން ހެލްތުން ބުނީ، އަތޮޅު ހޮސްޕިޓަލުތަކުން ތަފާތު ސްޕެޝަލިޓީގެ ހިދުމަތްތައް ތަޢާރަފުކުރެވި މާލެއަށް ރިފަކުރުން ކުރިއަށްވުރެ ބޮޑަށް މަދުކުރެވިފައިވާ ކަމަށާއި، ހިދުމަތްތައް އިތުރަށް ހަރުދަނާކުރަން އަތޮޅުތެރޭގެ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.

ކޮމިޓީއަށް މައުލޫމާތު ދިނުމުގެ ކުރިން މިނިސްޓްރީއާ އެއްވެސް ވަރަކަށް މަޝްވަރާ ކޮށްފައިނުވާ ކަމަށް ހެލްތުން ބުންޏެވެ. އެ މައުލޫމާތު ކަށަވަރުކުރުމަކީ މުހިންމުކަމެއް ކަމަށް ދެކޭ ކަމަށް ހެލްތުގެ ބަޔާނު ނިންމާލަމުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.