ބުރާސްފަތި 01 އޮކްޓޯބަރ 2020
11 އަތަ
1442 ސަފަރު 13
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:00
އިޝާ 19:11
މާރަންދޫ އީދު ކަޕް

މާރަންދޫ އީދު ކަޕްގެ ޗެމްޕިއަންކަން ފެނަކައަށް

  • ފުރިހަމަ ވަގުތުގައި ދެ ޓީމު 2-2 ން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން ފެނަކަ ޗެމްޕިއަންކަން ހޯދީ 5-6 ގެ ނަތީޖާއަކުން
  • ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ހަތް ޓީމު ވާދަކުރި

ކ. މާލެ | 8 އޯގަސްޓް 2020 | ހޮނިހިރު 20:15 | 3,078

މާރަންދޫ އީދު ކަޕްގެ ޗެމްޕިއަންކަން ހޯދި ފެނަކަ ޓީމުގެ ކުޅުންތެރިން - ފޭސްބުކް

ހއ. މާރަންދޫގެ ފެނަކަ ކޯޕަރޭޝަނާއި މާރަންދޫ ކޮމިއުނިޓީ ސެންޓަރުގެ ފަރާތުން އެ ރަށުގައި ކުރިއަށްގެންދިޔަ އީދު ކަޕްގެ ޗެމްޕިއަންކަން ޓީމު ފެނަކަ ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުރިއަށްދިޔަ މި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ފެނަކައިން ކާމިޔާބުކުރީ ޕެނަލްޓީގައި އެފްސީ ލޮކްޑައުން ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމު 2-2 ން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން ފެނަކަ ޗެމްޕިއަންކަން ހޯދީ 5-6 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ މިނެޓާއެކު ފެނަކައިން މެޗުގެ އިތުބާރު ބޮޑު ކުރިއިރު، އެޓީމަށް ލީޑު ނަގައިދިނީ އަލީ ޝަފީއުއެވެ. އިތުބާރާއެކު ކުޅެމުންދިޔަ ފެނަކައިން ވަނީ މެޗުގެ 17 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ޔަގީންކަން ބޮޑުކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މުޙައްމަދު ސާއިދެވެ.

ދެ ލަނޑުގެ ލީޑެއްގައި ކުޅެމުންދިޔަ ފެނަކަ ހާސްކޮށްލީ ހަތަރު މިނެޓު ފަހުން އެފްސީ ލޮކްޑައުންގެ ހަސަން ހުސައިން ޖަހައިދިން ލަނޑުންނެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅު ޖެހި ލަނޑާއެކު ދެވަނަ ހާފަށް އިތުބާރާއެކު ނިކުތް އެފްސީ ކޮލްޑައުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓްގައި ހަސަން ހުސައިންގެ ލަނޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

މި ނަތީޖާއާއެކު ފުރިހަމަ ވަގުތުގެ ކުޅުން ނިމެންދިޔައިރު، މެޗުގައި ކުރި ހޯދުމަށް ދެޓީމަށްވެސް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އެފްސީ ލޮކްޑައުންގެ ފުރަތަމަ ތިން ޕެނަލްޓީ ހަސަން ހުސައިން އާއި، މުއާޒް މުޙައްމަދާއި، އަޙްމަދު ރަމީޒް ކާމިޔާބުކުރިއިރު، ފެނަކައިގެ ފުރަތަމަ ތިން ޕެނަލްޓީ މުޙައްމަދު ސާއިދާއި، އަލީ ޝަފީއު އާއި، އަލީ ޝަހީމް ވަނީ ކާމިޔާބުކޮށްފައެވެ. މުބާރާތުގެ ތަށި އެފްސީ ލޮކްޑައުނަށް ގެއްލިގެންދިޔައީ މުޙައްމަދު ރަމީޒް ފޮނުވާލި ހަތަރުވަނަ ޕެނަލްޓީ ބޭރަށް ދިޔުމާ ގުޅިގެންނެވެ. އެއާއެކު ފެނަކައިގެ އަލީ ޔޫސުފް ވަނީ ހަތަރުވަނަ ޕެނަލްޓީ ކާމިޔާބުކޮށް އެޓީމަށް ޗެމްޕިއަންކަން ހޯދައިދީފައެވެ.

މާރަންދޫ އީދު ކަޕްގެ ފައިނަލް މެޗުގެ ތެރެއިން

ފައިނަލް މެޗު ނިމުމުން އެކި މަގާމުތަކަށް އިނާމު ދެއްވީ މާރަންދޫ ކައުންސިލްގެ ރައީސް ހަސަން އަޙްމަދާއި މުއައްސަސާތަކުގެ އިސްވެރިންނެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ 10 ލަނޑު ޖެހި އެފްސީ ލޮކްޑައުންގެ ހަސަން ހުސައިންއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެނަކައިގެ މުޙައްމަދު ސާޖިދެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ފެނަކައިގެ ޖައިލަމް ހާރޫނާއި، މުޙައްމަދު ސާޖިދާއި، އެފްސީ ލޮކްޑައުންގެ ހުސައިން ހަސަން އާއި، މުޙައްމަދު ރަމީ އަދި އެފްސީ ދި މެޑްރިޑްގެ އަަޙްމަދު ސިމާއުއެވެ.

އަޟްހާ އީދާ ގުޅިގެން ކުރިއަށްގެންދިޔަ ފޯރިގަދަ މި މުބާރާތް އީދު ދުވަހު ހަވީރު ފެށިއިރު، ހަވީރާއި ރޭގަނޑުވެސް ވަނީ މެޗުތައް ކުރިއަށް ގެންގޮސްފައެވެ. ދެ ގްރޫޕްކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ގްރޫޕް އޭގައި ވާދަކުރީ އެފްސީ ލޮކްޑައުން އާއި، އެފްސީ މެޑްރިޑް ޖޫނިއާ އާއި، ބީއެސްއެސްސީއެވެ. ގްރޫޕް ބީގައި ވާދަކުރީ އެފްސީ ދި މެޑްރިޑާއި، ބަނޑޭރި އަދި ފެނަކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އިސްމާޢީލް ޝާހް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.