ކ. މާލެ
|
6 އޯގަސްޓް 2020 | ބުރާސްފަތި 13:13
ސީރިޔާގައި ހަރަކާތްތެރިވާ ދިވެހިންތަކެއް
ސީރިޔާގައި ހަރަކާތްތެރިވާ ދިވެހިންތަކެއް
ރާއްޖެއެމްވީ
ޔާސިރް ޔަހްޔާގެ މަރު
ޔާސިރުގެ މަރާއެކު ބިލާދު އަލް ޝާމްގެ ވަރުގަދަ އިންޒާރެއް ސަރުކާރަށް!
 
ސަރުކާރަށް ބަހުގެ ހަމަލާތައް ވަނީ ފޮނުވާފައި

ބަނޑުހައިހޫނު ކަމުގެ ހަޅުތާލުކުރަމުން ދަނިކޮށް މަރުވި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރް ޔަހްޔާގެ ދިފާއުގައި ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންތަކެއް ހިންގާ ބިލާދް އަލް ޝާމް މީޑިއާ ގްރޫޕް އިން ބަޔާނެއް ނެެރެފިއެވެ.

ބިލާދް އަލް ޝާމް މީޑިއާއިން އާއްމުކޮށްފައިވާ ބަޔާނުގައި އެ މީޑިއާއިން ވަނީ ޔާސިރުގެ އާއިލާ އަށް ތައުޒިޔާ ފޮނުވާފައެވެ. އެ މީހުން ބުނީ، ޔާސިރަށް ދިމާވީ އެތައް ގޮތުން ދެރަ ކަންތައްތަކެއް ކަމަށެވެ. ތިން އަހަރުވަންދެން އެއްވެސް ދައުވާ އެއްނުކޮށް ޝަރިޔަތް ކުރިޔަށް ނުގެންގޮސް ޔާސިރު ބަންދުކޮށްފައި ބެހެއްޓުމަކީ އިސްލާމް ދީން ދަސްކޮށްދީފައިވާ ކަންތައްތަކާއި ގާނޫނުތަކާއި ހިލާފު ކަމެއް ކަމަށް ބިލާދް އަލްޝާމް މީޑިއާއިން ބުންޏެވެ.

މި ވަގުތަކީ އާންމުންގެ ރުހުން ހޯދަން ސިޔާސީ ފަރާތްތަކުން ކުޅޭ ގޭމް ހުއްޓުވާ، އެކަން ކަމަށް ވިސްނަން ޖެހޭ ވަގުތު ކަމަށް ބިލާދް އަލް ޝާމުގެ ބަޔާނުގައިވެއެވެ. އަދުލުގެ ނިޒާމު ރިފޯމް ކުރާށާއި، އިންސާފު ގާއިމްކުރަން ބުނާ ބުނުމަށް އިތުބާރު ނުކުރުމަށް އެ މީހުން ގޮވާލިއެވެ. ބިލާދް އަލް ޝާމުން ބުނީ، އެކި ފަންތީގެ މީހުންގެ މެދުގައި ތަފާތުކުރުން ގެންގުޅެ ފައިސާވެރިންނަށް އަވަހަށް އިންސާފު ލިބޭ ސިޔާސަތުތައް ގެންގުޅޭ ދައުލަތްތައް އަވަހަށް ރިފޯމްކުރަން ޖެހޭނެ ކަމަށެވެ.

އެއްވެސް ކުށެއް ނެތް މީހުންނާ މެދު އިންސާފުން ބޭރުން، ކަންތައްކުރާ ސަރުކާރުތައް ނިމުމަކަށް ގެންނަން ޖެހޭ.

ގުުރުއާނުގެ އާޔަތްތައް ގެނެސް އެ ބަޔާން ނިންމާލަމުން އެ މީހުން ވަނީ، ސިޔާސީ މީހުންގެ އަމިއްލަ އެޖެންޑާ ނެރެންވެގެން މީޑިއާތަކުން ދައުރުކުރުވާ ރިޕޯޓްތަކަށް ގޮތް ނުކިޔުމަށް އަންގާފައެވެ.

އުމުރުން 45 އަހަރުގެ ޔާސިރު ނިޔާވެފައިވާނީ އާދިއްތަ ދުވަހުގެ ހަވީރު 16:25 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ޔާސިރު ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ އޭނާ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި އުޅެނިކޮށް، ހާލު ދެރަވެގެންނެވެ. ޔާސިރަށް މީގެ ކުރިން ވެސް ވަނީ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދީފައެވެ. ޔާސިރު ނިޔާވިއިރު ނޭވާލަމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ.

ޔާސިރު ވަނީ މީގެ ކުރިން އޭނާގެ މެރިޖް ވިސާ ކެންސަލްކޮށް، ޑީޕޯޓްކުރަން ދިވެހި ސަރުކާރުން ނިންމި ނިންމުން ހުއްޓުވައިދިނުމަށް އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އޭނާ ގޭ ބަންދަށް ބަދަލު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިފައެވެ.

އެގޮތުން ޔާސިރު މިގޮތަށް އެދިފައިވަނީ އޭނާ ބަންދުގައި ބަހައްޓާފައިވާ ގޮޅީގެ މާހައުލުގެ ސަބަބުން އޭނާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުންތަކެއް ލިބި، ސިއްހަތަށް ގެއްލުންވަމުން ދާތީއާއި މައްސަލައަށް ގޮތެއް ނިންމަންދެން ބަންދުގައި ބަހައްޓަން ޖެހިއްޖެ ނަމަ ދައުވާ ކުރާ ފަރާތުގެ ފުރާނައަށް ގެއްލުންވެދާނެ ކަމަށް ބަޔާންކޮށެވެ. އެހެންނަމަވެސް ސިވިލް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް އިމިގްރެޝަނާއި، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އަދި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޔާސިރު ޔަހްޔާ ސާލިހު ރާއްޖެއިން ފުރުވާލުމަށް އެކި ފަހަރުމަތިން ތަކުރާރުކޮށް ކުރެވުނު މަސައްކަތުގައި އޭނާގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ.

ޔާސިރާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ވިދާޅުވެފައިވަނީ އޭނާ އަކީ އެކި ގައުމުތަކުގައި ޓެރަރިޒަމްގެ އަމަލުތަކާއި ގުޅިގެން މީގެކުރިންވެސް ރާއްޖެއިން ބޭރުގެ ޖަލުތަކުގައި އުޅެފައިވާ މީހެއްކަމަށާއި ޓެރަރިޒަމާ ގުޅުންހުރިކަމަށް ބެލެވޭ ފަރާތްތަކާ އޭނާއާ ގުޅުން އޮންނަކަން ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން، ޔާސިރު ޔަހުޔާއަކީ ދުނިޔޭގެ "އޯޕަން މީޑިއާ" ގައި ޓެރަރިސްޓެއްގެ ގޮތުގައި ވާހަކަ ދެކެވޭ ފަރާތެއް ކަމަށާއި، އޭނާއާ ޓެރަރިޒަމާއި ގުޅުން ހުރި ބެކްގްރައުންޑު އޮތްކަން ދުނިޔޭގެ މީޑިއާއިން ވެސް ސާފުކޮށް ފެންނަން އޮތް ކަމަށް ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
12%
8%
39%
24%
4%
13%
ކޮމެންޓް
7 އޯގަސްޓް 2020 | ހުކުރު 14:19
މޯޑް
ކޮބާ އިންޒާރު!
7 އޯގަސްޓް 2020 | ހުކުރު 13:26
އައިޝާ
ކިހ ހާ ދެރަވެއްޖެ ކަމެއް.މީގައި ކޮބާ އިންޒާރެްދެވިފައި. ޙަގީގަތަށް ދައްކާފައި ހުރި ވާ ހަކަ ތަކެއް އެއީ
7 އޯގަސްޓް 2020 | ހުކުރު 00:34
ބަލާއެއްނު
ކޮބާހޭ ؟ އިންޒާރަކީ ؟ މިސުރުހީ ކިޔާފަ ހީވީ ބިލާދުއްސާމް ބޮންއަޅަން ރެޑީވީހެން
6 އޯގަސްޓް 2020 | ބުރާސްފަތި 23:06
ޤުޑު ގުޑާ ބުރި
ފަހުޒަމާނުޤެ އަލާމަަަައް ތަށް ދެން ކީކޭ ކިޔާނީ ދޯ
6 އޯގަސްޓް 2020 | ބުރާސްފަތި 20:31
ބބަރުބާދުއްޝާމް
ރާއްޖޭގަ މިނޫނަސް ބިދޭސީން މަރުވޭ، ބިލާދުއްސާމް އަކުން ހޭވެސް އަހާނުލާ، ކޮންމެ އެއްޗެކޭ ކިޔާފަނަމަވެސް ތިނެރުނު ބަޔާނުން ގުޅުން އެނގިއްޖެ.
6 އޯގަސްޓް 2020 | ބުރާސްފަތި 18:13
ގަންޖާ
ކޮން މަރު ކޮހެއް ލިޔުނު ހަބަރެއް ތަމީ... ބޮޑު ގަމާރު
6 އޯގަސްޓް 2020 | ބުރާސްފަތި 18:03
ހަފުސް. 6 އޮގަސްޓު 2020:17:18
ޔާސިރާ ބެހޭގޮތުން ފާޑުފާޑުގެ ވާހަކަ ހަދައިގެން ތަންތަނުގެ ވެރިންދެއްކިޔަސް ޔާސިރަކި ބަރަހަނާ އަށްހެނުންތަކަކާ އެއްކޮން ނަޝާކޮރުޖެހި މީހަކަށެއްނުވާނެ ޔާސިރަކި ވެރިކަމެއްލިބިގެން ދީންވިއްކާލި ޝޭޚަކަށެއްނުވާނެ ޔާސިރަކި ދެފުއްދެގޮތް މީހަކަށެއްނުވާނެ ޔާސިރު ޔަޙުޔާ ޞާލިޙަކީ اللهގެ رسولى محمدصل الله عليه وسلمގެ سنة ގައިސާބިތުވެ ހުރި مجاهد އް طاغوةންގެ ބައިގަނޑެއް ޔާސިރުގެބޮލުގަ ޖިހާދަށް މީހުން ފުނުވާކަމުގެ ތުހުމަތު އަޅުވާ ހައްޔަރުކޮށް 3 އަހަރާބައި ވަންދެން ބަންދުކޮށްގެން އޭނާގެ އަނބިދަރިންނާއި ދުރުގަ ބަހައްޓާއިން އަނިޔާޔޮށް މައުޞޫމް ކުއްޖަކު ބައްޕަގެ ލޯބިން މަޙުރޫމްކޮއްޅީ ދެމަފިރިން ވަކިކޮށް އެންމެފަހުން ޔާސިރުގެ ދުވަސްދުއްވާލީ ތިބައިގަނޑަންނޭގުނަސް ޖިހާދީންނަކީ اللهގެ حضرةގައި ސުވަރުގެ ވާރުތަވާނެ މީހުން ޖިހާދަށް މީހަކު ފުނުވާދެއްވައިފި މީހަކަށްވެސް مجاهدއްގެ ސަވާބު އެބައޮތް ޔާސިރުގެ ދުވަސްދުއްވާލީ اللهގެ رسولىއަށް تبع ނުވާ رسولىއަށް ހަޖޫޖަހާ ބައިގަނޑެއްގެ މުށުތެރޭގައި إنشاء الله ޔާސިރަކި ޝަހީދެއް ޔާސިރުގެފުރާނަ ކަންމަތީގައި ލައްވާށި طاغوتންގެ ބައިގަނޑު ނިމުން ނަޖިސް ކުރައްވާށި آمين، 18:03
6 އޯގަސްޓް 2020 | ބުރާސްފަތި 17:43
ޢަކުރަމް
މީގަ ސަރުކާރަށްދިން އިންޒާރެއް ކިޔާކިޔާ ނޭނގުނު. ކިނ ބޫ ކޮއްޓެއް އަޅަނީތަ ބިލާދުއް ޝާމުން...
6 އޯގަސްޓް 2020 | ބުރާސްފަތި 16:05
ސިލްސިލާ ޖަޒީރާ
މީގަ އެބައޮތްތަ އިންޒާރެއް؟ އަދިވެސް ތިއުޅެނީ ފިތުނަ އު ފައްދަން.. ޗެނަލް 13 އެކޭ ރާއްޖެޓީވީ އެކޭ އެކައްޗެއް
6 އޯގަސްޓް 2020 | ބުރާސްފަތި 15:47
ދދދދދދދދދދސ
ޖަލުގަ ބާއްވައިގެން މަރާލީމަ ވާނީ ތިހެން. ދެން މުންޖޭ ކިޔާނެ ކަމެއް ނެތް.
6 އޯގަސްޓް 2020 | ބުރާސްފަތި 15:08
ބޭޒާރް
ތީގަ އިންޒާރު ދިން ބައި ކޮބާ؟
6 އޯގަސްޓް 2020 | ބުރާސްފަތި 14:49
ޢާފި
ތި ބުނާ ވަރުގެ ޓރެރިސްޓްއެއް ނަަމައެމެރިކާގެވޯންޓެޑް ލިސްޓްގަ އޮންނާނެނަން. ފޮނުވާނެގައުމެއް ނެތިގެން އުޅެކަށް ނުޖެހޭނެ. ޓެރެރިސްޓުނނޭ ކިޔާފަ އަނިޔާވެރިކަން ހައްދުންނެއްޓުނީމަ ދެންވާގޮތް މިވަނީ.
6 އޯގަސްޓް 2020 | ބުރާސްފަތި 14:30
ކަލޭމެން ތިބެ ސަރުކާރު ދިފާއުކުރަން ދޮގުމަތިން ދޮގުހަދައިގެން
6 އޯގަސްޓް 2020 | ބުރާސްފަތި 14:28
ައަޖައިބު
ހަބަރު ކިޔައިފިން 3 ފަހަރު. ވަރުގަދަ އިންޒާރަކީ ކޮބައިކަން ނުފެނުނު. މަ ގަމާރީ ކަމަށްވާމީ. އެކަކު މަށަށްކިޔާދީބަލަ.
6 އޯގަސްޓް 2020 | ބުރާސްފަތި 14:22
ޔަގީން
މިހާރު ޔަގީން ވެއްޖެ އޭނަ އެއީ ތިޔަ ސީރިޔާ އާ ގުޅުނަ ހުރި މީހެއްކަން
6 އޯގަސްޓް 2020 | ބުރާސްފަތި 13:43
ކެނައިން
ޔާމިނު ސަރުކާރުގައި މިގޮތައް ކިތައް މީހުން ސިޔާސީ މީހުން ކިތައް އާއިލާ؟ މިމީހުން ބިރުން ފިލާތިބެ ކީ ކީކޭ؟ ޔާސިރުވެސް ލީ ޔާމިނު ދޯ. ބާރީ ދޯ އަމުރު ނެރުނީ؟ މާ ގަދަވެފަ ބަސް މިބުނަނީ ހަމަ ފިނޑިން. ދުނިޔެއާ ކުރިމަތިލާން ނުކެރިގެން ފިލައިގެން ގޮސް ޖިހާދޭ ކިޔާފައި އުޅޭ ބުލީން ތަކެއް.
6 އޯގަސްޓް 2020 | ބުރާސްފަތި 13:37
ދި ރޯޔަލް ކިންގޑަމް
ޔާސިރު ޓެރަރިސްޓް ހަމަލާ އެއްގައި ބައިވެރިވުމުގެ ކުށުގައި މީގެކުރިން ހައްޔަރުކުރި. ފިލައިގެން އުޅެން އެހެން ބިދޭސީންނެކޭ އެއްގޮތަށް ފަސޭހައިން އުޅެވެން އޮތީ ރާއްޖޭގައިކަން އެނގުނު ހިސާބުން ޓޫރިސްޓް ވިސާގަ ރާއްޖެ އެތެރެވެ އަވަހަށް މީހަކާ އިނދެލީ “ސިސްޓަމް ތެރެއަށް ވަދެލަން". ފުރުސަތުގެ ބޭނުން ހިފައިގެން ޔަމަނަށް ގޮސް ދެން މިނިވަންވާން މަސައްކަތްނުކުރީ ކީއްވެބާ؟ ޔަމަނަށް ވޯންޓެޑް. އެމެރިކާއަށް ވޯންޓެޑް. ސައުދީއަށް ވޯންޓެޑް.