އާދީއްތަ 20 ސެޕްޓެންބަރ 2020
14 އުތުރަ
1442 ސަފަރު 02
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ޚިދުމަތް

ސަރުކާރު ބަންދު ތިން ދުވަހުވެސް އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ޚިދުމަތް ލިބޭނެ

  • ޙިދުމަތްތަކަށް ކޮންމެ ދުވަހަކު 10:00 އިން 14:00 އަށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވޭ
  • އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ޚިދުމަތަކީ ބިދޭސިން ގެނައުމަށް ކުރަންޖެހޭ ރެޖިސްޓްރޭޝަން މަސައްކަތް ކުރާ ސިސްޓަމެއް

ކ. މާލެ | 4 އޯގަސްޓް 2020 | އަންގާރަ 10:55 | 1,763

ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް - ރާއްޖެއެމްވީ

އޯގަސްޓް 04ން އޯގަސްޓް 6 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވިޔަސް އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެކޮނޮމިކް މިނިސްޓްރީން ދެމުން ގެންދާ ޚިދުމަތްތައް ކޮންމެ ދުވަހަކުވެސް ދެމުން ގެންދާނެ ކަމަށް އެމިނިސްޓްރީން ބުނެފި އެވެ.

މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެސިސްޓަމް މެދުވެރިކޮށް މިނިސްޓްރީން ދެމުންދާ ޙިދުމަތްތަކަށް ކޮންމެ ދުވަހަކު 10:00 އިން 14:00 އަށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ޚިދުމަތަކީ ބިދޭސިން ގެނައުމަށް ކުރަންޖެހޭ ރެޖިސްޓްރޭޝަން މަސައްކަތް ކުރާ ސިސްޓަމެކެވެ. އެގޮތުން މިސިސްޓަމްގެ ތެރެއިން ބިދޭސީ މީހުން ގެނައުމުގެ ގޮތުން އެކްސްޕެޓް ސިސްޓަމް ގައި ރަޖިސްޓްރީ ކޮށް އޮންލައިން އެޕްލިކޭޝަން ހުށައަޅައި އަދި ކޯޓާ އާއި އެންޕްލޮއިމަންޓް އެޕްރޫވަލް އަށް އެޕްލައި ކުރެވޭނެ އެވެ.

މީގެއިތުރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ހުށަހެޅުމުން ރަޖިސްޓްރީކުރުމުގެ ކަންކަން އޮންލައިންކޮށް ކުރިޔަށް ގެންދެވޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.