ކ. މާލެ
|
3 އޯގަސްޓް 2020 | ހޯމަ 12:39
ވަޅިން ޙަމަލާދީ މަރާލާވިފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް: ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވޭ
ވަޅިން ޙަމަލާދީ މަރާލާވިފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް: ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވޭ
ފޭސްބުކް
އަނަސްގެ މަރުގެ މައްސަލަ
އަނަސްގެ މަރު: ދުވަސްތަކަކަށްފަހު އަންގާރަ ދުވަހު އަޑުއެހުމެއް ބާއްވަނީ
 
މި މައްސަލައިގައި ދައުލަތުން ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފައިވާއިރު، ދައުވާ ލިބޭ ހަތް މީހުންވެސް ދައުވާއަށް އިންކާރުކުރޭ
 
އަނަސް މަރުގެ ޝަރީއަތުގެ އަޑުހުން ތާވަލުކޮށްފައިވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އަށް

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އަނަސްގެ މަރުގެ މައްސަލާގައި އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ބޭއްވުމަށް ތާވަލުކޮށްފައިވާ އަޑުއެހުން ބާއްވަން ތާވަލް ކޮށްފައިވަނީ މެންދުރުފަހު 13:00 އަށެވެ.

އެންމެފަހުން، އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހުއެވެ. އެދުވަހު ސިއްރު ނޫން ހެކިވެރިންގެ ހެކިބަސް ނެގުމަށް ތާވަލުކުރި އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

މި މައްސަލައިގައި އަނަސްއަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ދައުވާ ލިބޭ ތިން މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ، އަޙްމަދު ޒަޔާނާއި، މ. ދިމިޝްގު، އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ، އަފްރާހު އަބްދުއްރައްޒާޤެވެ.

އޭގެ އިތުރުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވަނީ ހަތަރު މީހެއްގެ މައްޗަށެވެ. އެއީ ލ. ގަން ތުނޑީ ނަންނާރިގޭ، ޖުނައިހު ޢަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ، ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ، މުޙައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާއެވެ.

މި މައްސަލައިގައި، މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާފައިވެއެވެ.

މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ދައުލަތުގެ ފަރާތުން ގިނަ ހެކިތަކެއް ހުށަހަޅާފައިވާއިރު، ދައުވާ ލިބޭ ފަރާތްތަކުންވެސް ވަނީ ދިފާއީ ހެކި ހުށައަޅާފައެވެ. އެގޮތުން ދިފާއީ ގިނަ ހެކިތަކަކީ ދައުވާ ލިބޭ ފަރާތް ހާދިސާ ހިނގި ވަގުތު އެތަނުގައި ނެތްކަން ސާބިތު ކުރުމުގެ ގޮތުން ހުށައަޅާފައިވާ ހެކިތަކެކެވެ.

އަނަސްގެ މަރާއި ގުޅިގެން އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ގްރޫޕަކުން ތޫނު ހަތިޔާރާއެކު ލިޓަސް ސާވިސް ސެންޓަރު ތެރެއަށް ވަދެ ތޫނު އެއްޗަކުން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވެއެވެ. ލިޓަސް ސާވިސް ސެންޓަރަށް އަނަސް ދުވެފައިގޮސް ވަދެފައިވަނީ އެމީހުން އޭނާގެ ފަހަތުން ދުވެފައި ދިއުމުން ކަން ވީޑިއޯއިން ފެނެއެވެ. އަދި އަނަސްއަށް ހަމަލާދިން އެންމެންވެސް ތިބީ މާސްކް އަޅައިގެންނެވެ.

މި މައްސަލައިގައި ދައުލަތުން ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފައިވާއިރު، ދައުވާ ލިބޭ ހަތް މީހުންވެސް ދައުވާއަށް އިންކާރުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް