ކ. މާލެ
|
2 އޯގަސްޓް 2020 | އާދީއްތަ 09:47
ތަމްރީން ފުރިހަމަ ކުރި ކަލާފާނު ސްކޫލުގެ ޓީޗަރުން
ތަމްރީން ފުރިހަމަ ކުރި ކަލާފާނު ސްކޫލުގެ ޓީޗަރުން
ކަލާފާނު ސްކޫލު
ގޫގުލް އެޑިއުކޭޓަރުންގެ ފާސް ހޯދުން
ކަލާފާނު ސްކޫލުގެ ހުރިހާ ޓީޗަރުން ގޫގުލް އެޑިއުކޭޓަރުންގެ ފާސް ހޯދައިފި
 
މިއީ ސްކޫލަށް ލިބުނު ފަޚުރެއް
 
ސްކޫލް މެނޭޖްމެންޓް ޓީމުގެ ވެސް 18 މުވައްޒަފުން ގޫގުލް އެޑިއުކޭޓަރުންގެ ފާސް ހޯދާފައިވޭ
 
105 ޓީޗަރުން ވަނީ ފާސް ހޯދާފައި

ކަލާފާނު ސްކޫލުގެ ހުރިހާ ޓީޗަރުން ގޫގުލް އެޑިއުކޭޓަރުންގެ ފާސް ހޯދައިފިއެވެ.

ކަލާފާނު ސްކޫލުން ބުނީ، ސްކޫލުގައި ހިމެނޭ 105 ޓީޗަރުންނާއ، ސްކޫލް މެނޭޖްމެންޓް ޓީމުގެ 18 މުވައްޒަފަކު ގޫގުލް އެޑިއުކޭޓަރުންގެ ފާސް ހޯދާފައިވާ ކަމަށް ކަލާފާނު ސްކޫލުން ބުންޏެވެ. އަދި ސްކޫލުގެ ހުރިހާ ޓީޗަރުން ގޫގުލް އެޑިއުކޭޓަރުންގެ ފާސް ހޯދުމަކީ ލިބޭ ފަޚުރެއް ކަމަށާއި، ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ސްކޫލުން ވަނީ ބުނެފައެވެ.

ކޮވިޑް-19އާ ގުޅިގެން މިހާރު ސްކޫލުތަކުގައި އޮންލައިންކޮށް ކިޔަވައިދެމުންދާއިރު، ގޫގްލް ކްލާސްރޫމްސްއަކީ މިހެން ދަރިވަރުންނަށް ކިޔަވައިދިނުމަށް ޓީޗަރުން ބޭނުންކުރާ މަންސައެވެ.

ގޫގްލް ކްލާސްރޫމުގައި ކިޔަވައިދޭން ބޭނުންވާ ޓީޗަރުން ގޫގުލް އެޑިއުކޭޓަރުންގެ ފާސް ހޯދަން ޖެހެއެވެ. އޮންލައިންކޮށް ކިޔަވައިދެވޭނެ ޓީޗަރުން ތަމްރީން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ސްކޫލުތަކާ ގުޅިގެން ގިނަ ޕްރޮގްރާމްތައް ހިންގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
3%
79%
0%
3%
6%
9%
ކޮމެންޓް
2 އޯގަސްޓް 2020 | އާދީއްތަ 10:35
ަިނާހީ
ތޭންކްސް ނުހާ މިސް.
2 އޯގަސްޓް 2020 | އާދީއްތަ 10:02
ރަހޫ
👌👏👏👏💚💯