ކ. މާލެ
|
14 ޖުލައި 2020 | އަންގާރަ 18:25
ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު (ކ-1) ކްރިމިނަލް ކޯޓަށް އައްޔަނުކުރެވުނު ދުވަހު
ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު (ކ-1) ކްރިމިނަލް ކޯޓަށް އައްޔަނުކުރެވުނު ދުވަހު
މިހާރު
އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތް
އަދީބުގެ މައްސަލަ ބޭރުކޮށްލި ގާޒީގެ މައްސަލަ ޖޭއެސްސީ އަށް ހުށައަޅަނީ
 
ދައުވާ ކުރިއަށް ގެންދަން ފުރުސަތު ނުދިން މައްސަލައިގައި ޕީޖީގެ ފާޑުކިޔުން އަމާޒުވި
 
ދައުވާތައް ބާތިލުކުރި ސަބަބެއް އަދި ގާނޫނީ ހަމައެއް ގާޒީގެ ހުކުމުގައި ބަޔާންކޮށްފައެއް ނުވޭ
 
މައްސަލައިގައި ގާޒީ އަމަލުކުރެއްވި ގޮތާއި ގުޅިގެން ފިޔަވަޅު އަޅާނީ ޖޭއެސްސީން: ޕީޖީ

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއް މައްސަލަ ބާތިލުކުރި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލް ކުރުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވަނީ، މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދުގެ ނިންމެވުމާމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި މައްސަލަ ސާބިތު ކުރި ސަބަބެއް އަދި ހަވާލާދިން ގާނޫނުގެ މާއްދާއެއް ހުކުމުގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، ދައުވާތައް ބާތިލް ކުރި ސަބަބުތަކުގެ ތެރޭގައި އަދީބާއެކު ދައުލަތުން ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ސައްހަކަން ހިމެނެއެވެ. އެގޮތުން، އެއީ އަދީބު ލައްވާ މަޖުބޫރުން ސޮއިކުރުވި އެއްބަސްވުމެއް ކަމަށް ގާޒީ ވަނީ ނިންމަވާފައެވެ. އަދި ގާޒީ މިހެން ނިންމެވީ އަދީބު އެހެން ވިދާޅުވެގެން ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ގާޒީ އިސްމާއިލް ރަޝީދު މި މައްސަލައިގައި އަމަލު ކުރެއްވި ރަނގަޅަށްތޯ ނުވަތަ ނޫންތޯ ނިންމަވާނީ ޖޭއެސްސީން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް، ހުކުމަކާއި ގުޅިގެން މައްސަލައެއް ހިމެނޭ ކަމަށް ގަބޫލުކުރެވޭނަމަ، ވަކި ގާޒީއަކަށް ބެލުމެއް ނެތި އެ މައްސަލަތައް ހުށައަޅުއްވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ގާޒީ އިސްމާއިލް ރަޝީދު ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ، 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މިހާތަނަށް ގާޒީ އިސްމާއިލް ރަޝީދާ ގުޅޭ އެއްވެސް މައްސަލައެއް ޖޭއެސްސީން ބަލަމުންދާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
46%
0%
23%
0%
31%
ކޮމެންޓް