ކ. މާލެ
|
9 ޖުލައި 2020 | ބުރާސްފަތި 19:18
ކޮވިޑް-19އާ ގުޅިގެން އޭޑީކޭއިން ދެމުންދާ ޚިދުމަތްތަކަށް ވެސް ބަދަލު ގެނެސްފައިވޭ
ކޮވިޑް-19އާ ގުޅިގެން އޭޑީކޭއިން ދެމުންދާ ޚިދުމަތްތަކަށް ވެސް ބަދަލު ގެނެސްފައިވޭ
ރާއްޖެއެމްވީ
ކޮވިޑް-19 ށް ޓެސްޓު ކުރުން
ކޮވިޑް-19 އެންޓިބޮޑީ ޓެސްޓު ހިލޭ ހަދައިދިނުމުގެ ހަރަކާތެއް އޭޑީކޭއިން ހިންގަނީ
 
އަންނަ ހަފްތާ ތެރޭގައި ޓެސްޓު ކުރަން ފެށުމަށް ނިންމާފައިވޭ
 
ޑެލިވަރީ ޚިދުމަތުގައި މަސައްކަތް ކުރާ މީހުންގެ ވެސް ޓެސްޓު ކުރެވޭނެ
 
ޓެސްޓު ކުރުމަށް ނިންމާފައިވަނީ ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެމީހުންގެ ގޭބިސީގެ މީހުން

ކޮވިޑް-19ން ދިވެހިރާއްޖެ ރައްކާތެރިކޮށްދިނުމުގައި ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކޮވިޑް-19 އެންޓިބޮޑީ ޓެސްޓު ހިލޭ ހަދައިދިނުމުގެ ހަރަކާތެއް ހިންގުމަށް އޭޑިކޭ ހޮސްޕިޓަލުން ނިންމައިފިއެވެ.

ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ށް ރާއްޖެ ރައްކާތެރިކުރުމަށްޓަކައި ކުރެވޭ ބުރަ މަސައްކަތުގައި ކުރީ ސަފުގައި މަސައްކަތް ކުރާ އެތައް ބަޔެއްގެ މިންނަތް މަސައްކަތް ފާހަގަކޮށް އޭޑީކޭއިން ބުނީ މިމަސައްކަތްތަކުގައި ދެމިތިބި މީހުން މިބައްޔަށް ހުށަހެޅިފައިވުމަކީ ވަރަށް ކައިރީގައި އޮތް ކަމެއް ކަމަށެވެ.

އެހެންކަމުން މިފަދަ ފަރާތްތަކަކުން މިބައްޔަށް ހުށަހެޅިފައިވާކަން ދެނެގަތުމަށް ބޭނުންވާ ކަމަށާއި، ކޮވިޑް-19 އެންޓިބޮޑީ ޓެސްޓް ހަދައިދިނުމަށް އެދެމުންދާ ކަމަށް އޭޑީކޭއިން ބުނެއެވެ.

އޭޑީކޭއިން ބުނީ ކޮވިޑް-19 ށް ރާއްޖެ ރައްކާތެރިކޮށްދިނުމަށް ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެމީހުންގެ ގޭބިސީގެ މީހުން އަދި ޑެލިވަރީ ޚިދުމަތުގައި މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށްގެން ކޮވިޑް-19 އެންޓިބޮޑީ ޓެސްޓު ހިލޭ ހަދައިދިނުމުގެ ހަރަކާތެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން 3000 އެންޓިބޮޑީ ޓެސްޓު ހަދައިދިނުމަށް ނިންމާފައިވާ ކަމަށާއި، މިޓެސްޓުތައް ކުރަނީ ރޯޗް ކޯބާސް އެލެކްސިސް E411 އިމިއުނޯ އެނަލައިޒަރ ބޭނުން ކޮށްގެން ކަމަށް އޭޑީކޭއިން ބުނެއެވެ.

އޭޑީކޭއިން ބުނީ ކޮވިޑް-19 އެންޓިބޮޑީ ޓެސްޓު ކުރުމުގެ މަސައްކަތުގައި ބޭނުންކުރާނެ އުސޫލުތައް ކަނޑައަޅާ ކަމަށް އެކުލަވާލާ ތާވަލެއްގެ ދަށުން ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަންނަ ހަފްތާ ތެރޭގައި ޓެސްޓު ކުރަން ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
83%
0%
17%
0%
0%
ކޮމެންޓް