ކ. މާލެ
|
9 ޖުލައި 2020 | ބުރާސްފަތި 11:55
ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިހް (އިށީނދެގެން ކަނާތްފަރާތުގައި): ޖިންސީ ގޯނާކުރި މައްސަލަ ބަލޭނެ މާހައުލެއް ނެތުމުން ވަނީ އިސްތިއުފާ ދެއްވާފައި
ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިހް (އިށީނދެގެން ކަނާތްފަރާތުގައި): ޖިންސީ ގޯނާކުރި މައްސަލަ ބަލޭނެ މާހައުލެއް ނެތުމުން ވަނީ އިސްތިއުފާ ދެއްވާފައި
ޝުއައިބް މުހައްމަދު އިގްބާލް
ގެސްޓްހައުސް އެސޯސިއޭޝަން
ޖިންސީ ގޯނާ: މިފަހަރު ގެސްޓް ހައުސް އެސޯސިއޭޝަން، މައްސަލަ ބެލޭނެ މާހައުލެއް ނެތުމުން ރައީސް އިސްތިއުފާ ދެއްވައިފި
 
މިފަދަ މައްސަލަތައް ބެލޭނެ މާހައުލެއް ނެތް ތަނެއްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވުމަކީ ޒަމީރު ގަބޫލް ކުރާކަމެއް ނޫން
 
އެކްސްކޯގައި ބައެއް މެމްބަރުން ބޭނުންވަނީ މިމައްސަލަ އޮއްބާލަން
 
އިންޓާނަލް ކޮމެޓީ ބެލުމަށްފަހު ހިންގާ ކޮމެޓީއާ ހަވާލު ކުރުމުން، މައްސަލަ ކުރިއަކަށް ނުދިޔަ

ޖިންސީ ގޯނާގެ މައްސަލަތައް ބެލޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަމުގެ މަގާމުން މޫސާ ނާސިހު އިސްތިއުފާ ދެއްވައިފިއެވެ.

ރާއްޖެއެމްވީ މައުލޫމާތުދެއްވަމުން ނާސިހް ވިދާޅުވީ، އެ އެސޯސިއޭޝަންގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް އެ އެސޯސިސޭޝަންގެ ސީނިއަރ އަދި ސިޔާސީ ނުފޫޒު އޮތް ބޭފުޅަކު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވިގެން، މިދިޔަ މަހުގެ 23 ވަނަ ދުވަހު، ހުށަހެޅުނު ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް އިންޓަރނަލް އެފެއާޒް ކޮމެޓީން ފާސްކުރި ކަމަށެވެ. ނަމަވެސް މި މައްސަލަ ބެލުމަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މީހާގެ ފަރާތުން އެއްބާރުލުން ނުލިބި، އަދި އޭނާގެ ނުފޫޒުން، އެ އެސޯސިއޭޝަންގެ އެޒްޒެކެޓިވް ކޮމެޓީ (އެކްސްކޯ) ބައެއް މެމްބަރުން ވެސް މި މައްސަލަ އޮއްބާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، ނާސިހް ވިދާޅުވީ، މިފަދަ، މައްސަލައެއް، އެސޯސިއޭޝަންގެ ތެރޭގައި ހިނގާ ދިޔަކަމުގެ ތުހުމަތު ކުރެވޭއިރު، އަދި މި މައްސަލަ ބެލޭނެ މާހައުލެއް ނެތްއިރު، މަގާމުގައި ދެމިހުރުމަކީ، ރަނގަޅުކަމެއް ކަމަށް ނުފެންނާތީ، މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

މަގާމުން އިސްތިއުފާ ދެއްވަމުން ނާސިހު އާންމުކުރައްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، ގެސްޓްހައުސް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީއަށް 23 ޖޫން 2020 ވަނަ ދުވަހު ހުށަހެޅުނު، މަސައްކަތު މާހައުލުގައި ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް އެ އެސޯސިއޭޝަންގެ އިންޓަރނަލް ކޮމެޓީން ބެލުމަށްފަހު، ހިންގާ ކޮމެޓީއަށް ހުށަހެޅުމުން ވެސް އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތުމުން، އިތުރަށް އެސޯސިއޭޝަންގެ ރައީސް ކަމުގެ މަގާމުގައި ހުރުމަކީ ޒަމީރު ގަބޫލު ކުރާ ކަމަކަށް ނުވާތީ، 8 ޖުލައި 2020 ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ބުދަ ދުވަހުގެ ރޭ ވަނީ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލަތަކެއް ފެންމަތިވެ، މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ. އެހެންނަމަވެސް އަލީ ވަހީދު އިސްތިއުފާ ދެއްވާފައި ނުވާތީ އޭނާ ބުރާސްފަތި ދުވަހު ވަނީ އެ މަޤާމުން ވަކިކުރައްވާފައެވެ.

މިދުވަސްވަރު ޖިންސީ ގޯނާގެ ވަރަށް ގިނަ މައްސަލަތައް ފެންމަތިވަމުންއަންނައިރު، ދައުލަތުގެ ތަންފީޒީ އިދާރާތަކާމެދު ވެސް ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
80%
0%
0%
20%
0%
ކޮމެންޓް