ކ. މާލެ
|
8 ޖުލައި 2020 | ބުދަ 12:32
މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 4-2 ން
މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 4-2 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ފަހަތުން އަރައި މިލާނުން ޔުވެންޓަސް ބަލިކޮށްފި
 
މިލާން ވަނީ 49 ޕޮއިންޓު ހޯދައިގެން ފަސްވަނައަށް ޖެހިލާފައި
 
ޔުވެންޓަސް އެއްވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާއެކު
 
ޔުވެންޓަސް އަތުން މިލާން މޮޅުވީ 4-2 ން

އޭސީ މިލާން އަތުން ބަލިވެ އިޓާލިއަން ލީގުގެ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ޔުވެންޓަސްއަށް ގެއްލިއްޖެއެވެ.

ތާވަލުގެ ދެ ވަނައިގައި އޮތް ލާޒިއޯ ވަނީ އަންގާރަ ދުވަހުގެރޭ ރެލިގޭޝަން ޒޯނުގައި އޮތް ލެއްޗޭ އަތުން 2-1 ން ބަލިވެފައެވެ. އެހެންކަމުން މިލާން އަތުން މޮޅުވެ ލީޑު ފުޅާކުރުމުގެ ފުރުސަތު ޔުވެންޓަސްއަށް އޮތް ނަމަވެސް، އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ޔުވެންޓަސް ވަނީ 4-2 ން ބަލިވެފައެވެ.

މިލާނުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު ޔުވެންޓަސްއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެޑްރިއެން ރަބިއޯ ޔުވެންޓަސްއަށް ލީޑު ނަގައިދިންއިރު، އޭގެ ހަ މިނެޓު ފަހުން އެޓީމަށް ލީޑު ފުޅާކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

އެކަމަކު މިލާނުން ވަނީ ހަ މިނެޓު ތެރޭ ތިން ލަނޑު ޖަހާ އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މެޗުގެ 62 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޒަލަޓާން އިބްރަހިމޮވިޗް މިލާނަށް ފަރަގު ކުޑަކޮށްދިންއިރު، މެޗުގެ 66 ވަނަ މިނެޓުގައި މިލާނަށް ނަތީޖާ އެއްވަރުކޮށްދިނީ ފްރޭންކް ކެސިއޭއެވެ. އަދި އޭގެ މިނެޓެއް ފަހުން ރަފައެލް ލީއޯ ވަނީ އެ ޓީމަށް ލީޑު ނަގާދީފައެވެ. މެޗުގައި މިލާނުން ލީޑު ފުޅާކުރީ 80 ވަނަ މިނެޓުގައި ޖެހީ އަންޓެ ރެބިޗް ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާއާއެކު ޔުވެންޓަސް އެއްވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެ ޓީމަށް 31 މެޗުން 75 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް ލާޒިއޯއަށް 31 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ. އަދި މި މޮޅާއެކު މިލާން ވަނީ 31 މެޗުން 49 ޕޮއިންޓު ހޯދައިގެން ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް