ކ. މާލެ
|
3 ޖޫން 2020 | ބުދަ 18:10
އާރްއާރް ޓީމުގެ މެމްބަރެއް: ހައި ރިސްކް ފަރާތްތަކަށް ދުވާލަކަށް 500ރ. ގެ އެލަވަންސެއް ލިބޭ
އާރްއާރް ޓީމުގެ މެމްބަރެއް: ހައި ރިސްކް ފަރާތްތަކަށް ދުވާލަކަށް 500ރ. ގެ އެލަވަންސެއް ލިބޭ
ވީނިއުސް
ފްރަންޓްލައިން ވޯކަރސް އެލަވަންސް ސްކީމް
ފްރޮންޓްލައިން ވޯކަރުންގެ އެލަވަންސް މި މަސް ނިމުމުގެ ކުރިން ޖަމާވާނެ
 
މި މަސް ނިމުމުގެ ކުރިން ހުރިހާ މަހެއްގެ އެލަވަންސް ޖަމާވާނެ: ފިނޭންސް މިނިސްޓްރީ
 
އެލަވަންސް ޖަމާކުރަން ހަމަޖެހިފައިވަނީ މާރޗު މަހުން ފެށިގެން
 
ގިންތިތަކަކަށް ބަހާލައިގެން ފްރަންޓްލައިން ވޯކަރުންނަށް އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައި

ކުރީ ސަފުގައި މަސައްކަތްކުރާ ހެލްތު ވޯކަރުންނާއި އެހެނިހެން ފަރާތްތަކަށް ދޭން ބުނެފައިވާ އެލަވަންސް މި މަސް ނިމޭހާ ހިސާބު ޖަމާވާނެ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

އެ ސެންޓަރުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަބްރޫކް ވިދާޅުވީ ފްރޮންޓްލައިން ވޯކަރުންގެ އެލަވަންސް ލިބުން ލަސްވުމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން މައުލޫމާތު ހޯދާފައިވާ ކަމަށެވެ. ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފައިވަނީ ބޭނުންވާ މައުލޫމާތު އެއްކުރުމަށް ފަހު، މި މަސް ނިމުމުގެ ކުރިން ހުރިހާ މަހަކަށްވާ އެލަވަންސް ޖަމާކުރާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވަނީ، މި މަހުގެ މެދު ތެރެއާއި ހަމައަށް ދާންވާ އިރަށް، އެބޭފުޅުން މިކަމާއި ބެހޭ ހުރިހާ މައުލޫމާތެއް އެއް ކުރައްވާނެ ކަމަށް، އަދި މި މަސް ނިމުމުގެ ކުރިން އެތަކެތި ޕްރޮސެސް ކުރުމަށް ފަހު، މާރޗުން ފެށިގެން ލިބެން ޖެހޭ އެލަވަންސްތަކުގެ ލާރި ދޫކުރުން މި މަސް ނިމޭ ހިސާބުގައި އެބޭފުޅުން ކުރައްވާނެ ކަމަށް
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް

މިހާތަނަށް އެއްވެސް މަހެއްގެ އެލަވަންސް ޖަމާވެފައެއް ނުވާއިރު، މި މަސް ނިމޭއިރު އެލަވަންސް ޖަމާވާނީ ހުރިހާ މަހަކަށް ކަނޑައަޅާފައިވާ އެލަވަންސް ފައިސާ ހިމެނޭ ގޮތަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ. ފްރޮންޓްލައިން ވޯކަރުންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ކަނޑައަޅާފައި ވަނީ މަރޗް މަހުން ފެށިގެންނެވެ.

ފްރޮންޓްލައިން ވޯކަރުންނަށް ހާއްސަ އެލެވަންސެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމެވިކަން އިއުލާނުކުރެއްވީ ނިމިދިޔަ މެއި މަހުގެ 7 ގައެވެ. އެކަން އިއުލާނުކުރައްވާ ދެއްކެވި ވާހަކައިގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަައް ތިން ގިންތިއަކަށް ބަހާލައިގެން "ފްރޮންޓްލައިން" އެލަވަންސެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ފްރަންޓްލައިން ވޯކަރުން ބެހިފައިވާ ގިންތިތައް

  • ހައި ރިސްކް ވޯކަރުން: ބަލި ހުންނަ މީހުންނާ ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އާރްއާރް ޓީމްތަކުގެ މެމްބަރުންނާއި، ލެބް ޓެކްނީޝަނުން އަދި ބަލި މީހުންނާއި ސިއްހީ މަސައްކަތްތެރިން އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތައް [ދުވާލަކަށް 500ރ. ގެ އެލަވަންސެއް]
  • މީޑިއަމް ރިސްކް ވޯކަރުން: ހައި ރިސްކް ވޯކަރުންނާއި އެކުގައި މަސައްކަތްކުރާ ފަރާތްތައް [ދުވާލަކަށް 250ރ. ގެ އެލަވަންސެއް]
  • ލޯ ރިސްކް ވޯކަރުން: ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި މަދުވެގެން ހަ ގަޑިއިރު މަސައްކަތްކުރާ ފަރާތްތައް [ދުވާލަކަށް 200ރ. ގެ އެލަވަންސެއް]

ފްރޮންޓްލައިންގައި މަސައްކަތްކުރި ކަމުގައި ވީނަމަވެސް، މި އެލަވަންސް ނުލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކާއި، ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި އިދާރާތަކަށް ހޮއްވަވާފައި ތިބި ފަރާތްތަކުގެ އިތުރުން މިހާރު ވެސް ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތާއި ގުޅިގެން ކޮންމެވެސް ކަހަލަ އެލަވަންސެއް ލިބޭ ފަރާތްތަކެވެ.

ފްރޮންޓްލައިން އެލަވަންސް ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ. އަދި މި ސްކީމްގައި ބައިވެރިކުރާ މުވައްޒަފުންގެ ލިސްޓެއް ފިނޭންސް މިނިސްޓްރީ އަށް ފޮނުވުމަށް ސަރުކާރުގެ ހުރިހާ މުއައްސަސާއަކަށް އަންގާފައިވާނެ ކަމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
17%
0%
8%
50%
0%
25%
ކޮމެންޓް
1 ޖުލައި 2020 | ބުދަ 11:44
އިންމަން
ޖޫންމަސް ނިމިއްޖެތޯ ބަލާދީބަލަ
1 ޖުލައި 2020 | ބުދަ 11:36
ކިރަން
ޖޫން މަސް އަދިވެސް ނުނިމެނީތޯ. ޖޫންމަސް ނިމުމުގެ ކުރިން ޖަމާކޮށްދެން ބުނި އެލަވަންސަށްވީ ގޮތެއް ބަލާދިނުން އެދެން
4 ޖޫން 2020 | ބުރާސްފަތި 14:11
ޙުސެން
ގޭގައި ތި ބެންޖެހިގެން މުސާރައަށް އުނިވި ބައިކޮ ބާތޯ!!! އެތަނަށް މަސައްކަތް ކުރަންވަކި ބަޔަކުނެރެފަ ނިކުންނަން ބޭނުންވެފަތި ބި ކިތަންމެ ބަޔަކު އެ ބަތި ބި. ބޭނުން ބަޔަކަށްދިނުން އެއީ އިންސާފްވެރި ގޮތެއްކަމަށް ނުދެކެން.