ކ. މާލެ
|
3 ޖޫން 2020 | ބުދަ 15:48
އައިޖީއެމްއެޗްގެ ލެބޯޓްރީގައި ހަރަކާތްތެރިވާ ޑޮކްޓަރެއް
އައިޖީއެމްއެޗްގެ ލެބޯޓްރީގައި ހަރަކާތްތެރިވާ ޑޮކްޓަރެއް
ޔޫސުފް ސޮފްވާން ރަޝީދު
ކްރިޓިކަލް ކެއަރގެ ތަމްރީނު
ޑޮކްޓަރުންނާއި ނަރުހުންނަށް ކްރިޓިކަލް ކެއަރއާއި ގުޅޭ ގިނަ ތަމްރީނު ޕްރޮގުރާމުތަކެއް
 
ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިން ޓްރެއިން ކުރެވިފައިވަނީ އެކި ސްޓޭޖްތަކަށް ބަހާލައިގެން

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، ޞިއްޙީ ޚިދުމަތްތެރިންނަށް ކްރިޓިކަލް ކެއަރއާއި ގުޅޭ ގިނަ ތަމްރީން ޕްރޮގުރާމުތަކެއް ހިންގައިފި އެވެ.

ބުދަ ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ޑޮކްޓަރުންގެ ޕެނަލްއަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ މިހާތަނަށް އެކި ގޮތްގޮތަށް ޑޮކްޓަރުން ތަމްރީނު ކުރެވިފައިވާނެ ކަމަށެވެ. އެގޮތުން، ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިން ޓްރެއިން ކުރެވިފައި ވަނީ އެކި ސްޓޭޖުތަކަށް ބަހާލައިގެން ކަމަށެވެ.

މިހާތަނަށް ހިންގުނު ތަމްރީން ޕްރޮގުރާމުތަކާއި ގުޅިގެން އިތުރު މަޢުލޫމާތު ޙިއްސާ ކުރައްވަމުން އައިޖީއެމްއެޗްގެ ޑރ. މޫސާ ހުސެއިން ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ކްރިޓިކަލް ކެއަރ އަށް އިތުރު ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދިޔަ ކަމަށެވެ. އެގޮތުން ރާއްޖޭގައި ކްރިޓިކަލް ކެއަރ ދިނުމަށް ޓްރެއިން ކުރެވިފައިވާ މީހުން މަދު ނަމަވެސް މި ޙާލަތާއި ގުޅިގެން ރާއްޖެއިން ބޭރުން ކްރިޓިކަލް ކެއަރ އަށް ޓްރެއިން ކުރެވިފައިވާ މީހުން ގެނެވެން ނެތް ކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން، ޑޮކްޓަރުން ނިންމެވީ ރާއްޖޭގައި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޞިއްޙީ ޚިދުމަތްތެރިންނަށް ޓްރެއިނިންގް ދިނުމަށްކަމަށެވެ.

އެގޮތުން ކްރިޓިކަލް ކެއަރއާއި ގުޅިގެން ހިންގުނު ދެ ދުވަހުގެ ޓްރެއިނިންގް ޕްރޮގުރާމުގައި އެކި ޤައުމުތަކުގައި ބޭނުންކުރާ ޓްރެއިނިންގް މޮޑެލް ބައިވެރިންނަށް ފޯރުކޮށްދެވުނު ކަމަށާއި 'ހޭންޑްސް އޮން' ޕްރޮގުރާމެއް ކުރިއަށް ގެންދެވުނު ކަމަށެވެ. ހޭންޑްސްއޮން ޕްރޮގުރާމުން ވެންޓިލޭޓަރަށް ފަރިތަވެ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ބޭނުންކުރާގޮތް ދަސްކޮށްދެވިފައިވާނެ ކަމަށެވެ. މި ޕްރޮގުރާމުގައި މާލެ ޞަރަޙައްދުގެ އިތުރުން އެކި ރީޖަނަލް ހޮސްޕިޓަލްތަކުން 600 ފަރާތަކަށް ތަމްރީނު ދެވުނު ކަމަށެވެ.

މީގެއިތުރުން 7 ދުވަހުގެ 'ކޮމްޕްރިހެންސިވް ޓްރެއިނިން' ޕްރޮގްރާމެއް ކުރިއަށް ގެންދުވުނު ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އެކި ރީޖަންތަކުން ހޭނައްތާ ޑޮކްޓަރުންނާއި އެތެރެހަށީގެ ޑޮކްޓަރުން މާލެ ގެނެސް، ކޮވިޑް-19 ފެސިލިޓީތަކުގައި ބަލި މީހުންނަށް އެޓެންޑްކޮށް، އައިސީޔޫގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދެވުނު ކަމަށެވެ. އަދި މި ޕްރޮގުރާމު ި

ހިންގުނީ ކޮންމެ ރަށެއްގައި ކޮވިޑް-19 ގެ ބަލި މީހަކަށް ފަރުވާދިނުމަށްވެސް ޑޮކްޓަރުން ތައްޔާރުކުރުމުގެ ބޭނުމުގައި ކަމަށެވެ.

ތަމްރީނު ކުރުމުގެ ގިނަ ޕްރޮގުރާމުތަކުގެ އިތުރުން، އޮންލައިން ކޮށް ވެބިނަރ އެއްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް