އަންގާރަ 07 ޖުލައި 2020
07 ފުނޯސް
1441 ޒުލްގައިދާ 16
ފަތިސް 04:41
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:23
އިޝާ 19:41
ވިލިމާލެ ފަރަށް ގެއްލުންވާ މައްސަލަ

ވިލިމާލޭ ފަރަށް ގެއްލުންވާ މައްސަލާގައި އީޕީއޭ އާއި ކަމާބެހޭ ފަރާތްތައް ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފި

  • މި މައްސަލަ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އޮތީ މަޖިލީހަށް ހުށަހަޅުއްވާފައި
  • ވިލިމާލޭ ފަރަށް ކިސަޑު ފެތުރި ފަރުތައް މަރުވެދާނެ ކަމުގެ ކަންބޮޑުވުން ތިމާވެށްޓާބެހޭ ފަރާތްތަކުން ދަނީ ފާޅު ކުރަމުން
  • ކަމާބެހޭ ފަރާތްތައް ހޮނިހިރު ދުވަހު ކޮމިޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައި

ކ. މާލެ | 2 ޖޫން 2020 | އަންގާރަ 23:02 | 3,582

މީގެކުރިން ކުރިޔަށް ގެންދިޔަ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން - ޝުއައިބް މުހައްމަދު އިގްބާލް

ކ. ގުޅީފަޅު ގައި ގާއިމު ކުރެވޭ ޕޯޓު މަޝްރޫޢުގެ ދަށުން ގުޅިފަޅު ހިއްކުމުގެ މަސައްކަތުގެ ދަށުން ވިލިމާލޭ ފަރަށް ގެއްލުންވާ މައްސަލާގައި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި އެންވަޔަރްމަންޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ކޮމިޓީން ނިންމައިފި އެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަށްޓަކައި ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މިހާރު ވަނީ ފަށާފަ އެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތުން ވިލިމާލޭ ފަރަށް ކިސަޑު ފެތުރި ފަރުތައް މަރުވެދާނެ ކަމުގެ ކަންބޮޑުވުން ތިމާވެށްޓާ ބެހޭ ފަރާތްތަކުން ދަނީ ފާޅު ކުރަމުންނެވެ. އެ މައްސަލަ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އޮތީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

މިކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެޞަރަޙައްދުގެ ތިމާވެއްޓަށް ގެއްލުންވަމުން ދާތީ އެކި ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. އެހެންކަމުން މި މައްސަލަ މަޖިލީހުގެ އެންވަޔަރަންމަންޓް ކޮމިޓީން ދިރާސާކުރުމަށް ނިންމީ އެކޮމިޓީގެ އިސްނެގުމުގެ މަތިން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުގެ މަތިން މިމައްސަލައާ ގުޅުންހުރި ފުރަތަމަ ބައްދަލުވުން ޖޫން މަހުގެ 1 ވަނަ ދުވަހު ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި އެ ބައްދަލުވުމުގައި މިމައްސަލަ ކޮމިޓީން ބެލުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން އީޕީއޭ އާއި، އެންވަޔަރްމަންޓް މިނިސްޓްރީ އާއި، ޕްލޭނިިން މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އެ މަޝްރޫއުގެ އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ކޮންސަލްޓެންޓް އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:0 ގައި އެ ކޮމިޓީއަށް ހާޒިރު ކުރަން ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މިމައްސަލާގައި މީގެކުރިން އީޕީއޭއިން ބުނެފައި ވަނީ އެ މަޝްރޫއުގެ ސަބަބުން ވިލިމާލޭ ފަރަށް މިހާތަނަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެކަންކަން ބަލައި މޮނިޓަރ ކުރަމުންދާ ކަމަށް ވެސް އީޕީއޭ އިން ބުނެފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.