ކ. މާލެ
|
30 މެއި 2020 | ހޮނިހިރު 19:40
ކައިލީ ޖެނަރ
ކައިލީ ޖެނަރ
mail online
ބިލިއަނަރުންގެ ލިސްޓުން ކައިލީގެ ނަން އުނިކުރުން
ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުން ކައިލީގެ ނަން އުނިކޮށްފި
 
އެންމެ ޒުވާން މަހުޖަނުގެ ޖާގަ ލިބުނީ މިދިޔަ އަހަރުގެ މާޗް މަހު

އަމިއްލަ މަސައްކަތުން ދުނިޔޭގެ އެންމެ ޒުވާން ބިލިއަނަރުގެ މަޤާމު މިދިޔަ އަހަރު ހޯދާފައިވާ އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކައިލީ ޖެނަރގެ ނަން ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުން އުނިކޮށްފިއެވެ.

އެމެރިކާގެ މަޝްހޫރު ކަރޑާޝިއަން-ޖެނަރ އާއިލާއަށް ނިސްބަތްވާ، މަގްބޫލު ކައިލީ ކޮސްމެޓިކްސްގެ ބާނީ އަދި ރިއާލިޓީ ޓީވީ ތަރި ކައިލީ ޖެނަރގެ ނަން ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުން އުނިކޮށްފައިވަނީ އޭނާގެ މިލްކިއްޔާތާއި ގުޅިގެން ސައްޚަ ނޫން މައުލޫމާތުތަކެއް ދީފައިވާ ކަމަށް ބުނެއެވެ.

ފޯބްސްއިން ބުނެފައިވަނީ ކައިލީއަށް އާއިލާގެ އެހީގައި ވިޔަފާރި ފަށައިގަންނަން އެހީ ލިބުނުކަމުގައިވީ ނަމަވެސް، އޭނާގެ ވިޔަފާރި "ކައިލީ ކޮސްމެޓިކް" އިން އެކަށީގެންވާ ވަރުގެ ފައިދާއެއް ނެރެވިފައިނުވާ ކަމަށެވެ.

ފޯބްސްއިން އަންދާޒާކުރާގޮތުގައި އުމުރުން 22 އަހަރުގެ ކައިލީގެ މިލްކިއްޔާތުގައި ހުރީ 900 މިލިއަން ޑޮލަރެވެ.

މިކަމާއި ގުޅިގެން ކައިލީ ކޮށްފައިވާ ޓްވީޓެއްގައި ވަނީ ފޯބްސް އަކީ އިތުބާރު ކުރެވޭ ނޫހެއް ކަމަށާއި އޭނާގެ މިލްކިއްޔާތާއި ގުޅޭގޮތުން ދޮގުހަދައިގެން އެއްވެސް ލަގަބެއް ހޯދަން މަސައްކަތްކޮށްފައިނުވާނެ ކަމަށެވެ. އަދި ފަހުންވެސް ކައިލީ ވަނީ އެކަމާއި ފަރުވާލެއްނެތްކަން ދޭހަވާގޮތަށް ޓްވީޓް ކޮށްފައެވެ.

ކައިލީ އަށް ފޯބްސް އެންމެ ޒުވާން މަހުޖަނުގެ ޖާގަ ލިބުނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ މިލްކިއްޔާތު ބިލިއަން ޑޮލަރަށް އަރާ ކަމަށް ނިންމުމަށް ފަހު އެވެ.

އޭރު އެ މަގާމު "ސެލްފްމޭޑް ބިލިއަނަރެއް" ގެ ގޮތުގައި ސިފަކޮށް، ފޯބްސްގެ ލިސްޓުން ޖާގަ ދިނުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ކައިލީއަށް އަމާޒުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް